Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގާތުން ކިރު ދިނުން

ގާތުން ކިރު ދެއްވަމުން އޮސްޓްރޭލިއާގެ އެމްޕީ އަކު ޕާލިމެންޓުގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންފި

މިއީ އޮސްޓްރޭލިއާގެ ޕާލިމެންޓުގައި މަންމަޔަކު ދަރިފުޅަށް ގާތުން ދިން ފުރަތަމަ ފަހަރު

ރާއްޖެ އެމްވީ | 22 ޖޫން 2017 | ބުރާސްފަތި 17:00
އޮސްޓްރޭލިއާގެ ސެނެޓަރ ލަރިއްސާ ވޯޓާސް އޭނާގެ ދެމަހުގެ ދަރިފުޅާއެކު ޕާލިމަންޓް ސެޝަންގައި

އޮސްޓްރޭލިއާގެ ސެނެޓަރ ލަރިއްސާ ވޯޓާސް އޭނާގެ ދެމަހުގެ ދަރިފުޅާއެކު ޕާލިމަންޓް ސެޝަންގައި

އޮސްޓްރޭލިއާގެ ކްއީންސްލެންޑްގެ ސެނެޓަރ ލަރިއްސާ ވޯޓާސް އޭނާގެ ދެ މަސްވީ އަންހެން ދަރިފުޅަށް ގާތުން ކިރު ގެންދަވަމުން ގާނޫނު ހަދާ މަޖިލީހުގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންފިއެވެ.

މިއާ އެކު އުމުރުން އެންމެ ދެ މަހުގެ އެލިއާ ޖޯއީ ވެގެން ގޮސްފައިވަނީ އޮސްޓްރޭލިއާގެ ޕާލިމެންޓުގައި މަންމަގެ ގާތުން ކިރު ލިބުނު ފުރަތަމަ ކުއްޖާއަށެވެ.

އޮސްޓްރޭލިއާގެ ގްރީން ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ ގޮތުގައިވެސް ހުންނެވި ސެނެޓަރ ލަރިއްސާ ވޯޓާސް ވިހެއުމުގެ ޗުއްޓީއަށް ފަހު ގާނޫނު ހަދާ މަޖިލިހުގެ މަސައްކަތައް ނުކުންނެވީ ހުސްވި ހަފްތާގެ އަންގާރާ ދުވަހުއެވެ. އޭނާ މަޖިލިހުގެ ސެޝަނަށް ވަޑައިގަތީ ތުއްތު ދަރިފުޅު ގޮވައިގެންނެވެ.

ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަންހެން މެމްބަރުންނަށް ތުއްތު ދަރިންނަށް ކޮށްދޭން ޖެހޭ ކަންކަން ޕާލިމެންޓުގެ ޗެމްބަރުގައި ކުރެވޭނެ މަގު ހުސްވި އަހަރުން ފެށިގެން ގާނޫނީ އޮނިގަނޑަށް ގެނައި އިސްލާހާއެކު އޮސްޓްރޭލިޔާގައި އޮންނަނީ ތަނަވަސްވެފައެވެ.

އަލިއާ އަކީ ޕާލިމެންޓު ޗެމްބަރުގައި މަންމަގެ ގާތުން ދިން ދުނިޔޭގެ ފުރަތަމަ ކުއްޖާއެއް ނޫނެވެ.

2016 ވަނަ އަހަރު އައިސްލެންޑްގެ ބޭކަނބަލަކު އޭނާގެ އެއް މަހުގެ ދަރިފުޅަށް ޕާލިމެންޓުގައި ކުރެވުމުން ދިޔަ ބަހުސްގައި ވާހަކަ ދައްކަމުން ވަނީ ގާތުން ދީފައެވެ. އޭރު ޕާލިމެންޓުގައި ބަހުސް ކުރެވެމުންދިޔައީ ގައުމުން ބޭރު މީހުންނާ ބިލަށެވެ.

އިތުރަށް ކިޔާލަން

28 ޖުލައި 2024

ކިރު ފޮދަކާ ނުލާ، ފެނާއި ވައިގެ ތެރެއިން ބަޓަރު؟

28 ޖުލައި 2024
ކިރު ފޮދަކާ ނުލާ، ފެނާއި ވައިގެ ތެރެއިން ބަޓަރު؟
21 ސެޕްޓެމްބަރު 2023

ކެމަލިޝަސް: ހަނަފަސް ސަހަރާތަކަށް ތިޔާގި ޖަމަލު ކިރުގެ ޖަވާހިރު

21 ސެޕްޓެމްބަރު 2023
ކެމަލިޝަސް: ހަނަފަސް ސަހަރާތަކަށް ތިޔާގި ޖަމަލު ކިރުގެ ޖަވާހިރު
25 ސެޕްޓެމްބަރު 2021

ޑރ. ޒާކިރު ނައިކްގެ ފިރިހެން ދަރިފުޅު ކައިވެނި ކުރުމަށް، ދީނީ، އަޚުލާޤު ރަނގަޅު އަންހެނެއް ހޯދަނީ!

25 ސެޕްޓެމްބަރު 2021
ޑރ. ޒާކިރު ނައިކްގެ ފިރިހެން ދަރިފުޅު ކައިވެނި ކުރުމަށް، ދީނީ، އަޚުލާޤު ރަނގަޅު އަންހެނެއް ހޯދަނީ!
26 ޖެނުއަރީ 2019

ތަމަޅަ ފިލްމެއްގެ 'ނަސީބު އިތުރުކުރުމަށް' 10،000 ލީޓަރުގެ ކިރު ވަގަށް ނަގައިފި

26 ޖެނުއަރީ 2019
ތަމަޅަ ފިލްމެއްގެ 'ނަސީބު އިތުރުކުރުމަށް' 10،000 ލީޓަރުގެ ކިރު ވަގަށް ނަގައިފި
13 ޖޫން 2017

ގެރިކިރު ހުސްވާތީ ވިޔަފާރިވެރިޔަކު 4000 ގެރި މަތިންދާބޯޓުގައި ގަތަރަށް ގެންދަނީ

13 ޖޫން 2017
ގެރިކިރު ހުސްވާތީ ވިޔަފާރިވެރިޔަކު 4000 ގެރި މަތިންދާބޯޓުގައި ގަތަރަށް ގެންދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު