Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސިމްބޮލިކް ރެކޯޑްސް

 އެޑިލްގެ ލަވައާ އެކު ދިވެހި ލަވައިގެ އިންޑަސްޓްރީއަށް އިންޒާރެއް

މިއީ އެޑިލްގެ އަޑު ތިން އަހަރަށް ފަހު އިވޭ ފުރަތަމަ ފަހަރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 ޖެނުއަރީ 2018 | ހޯމަ 04:35
އިންޒާރުގެ ކަވަ ލަވައިގެ ޕޯސްޓަރ

އިންޒާރުގެ ކަވަ ލަވައިގެ ޕޯސްޓަރ

ރާއްޖޭގައި ވިދަމުން އަންނަ މިއުޒިކް ލޭބަލް، ސިމްބޮލިކް ރެކޯޑްސްގެ ލަވަކިޔުންތެރިޔާ އަހުމަދު އާދިލް (އެޑިލް) ގެ ލަވަ "އިންޒާރު" އަޑުއެހުންތެރިންނަށް ދޫކޮށްލައިފިއެވެ.

މިއީ އެޑިލްގެ އަޑު ތިން އަހަރަށް ފަހު އިވޭ ފުރަތަމަ ފަހަރެވެ.

މި ލަވަ ސައުންޑް ކްލައުޑް އިން މިހާރު އަޑުއިވޭނެއެވެ. މީގެ ހަތަރު ދުވަސް ކުރިން ނެރެފައިވާ "އިންޒާރު" އަށް ދަނީ އާންމުގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ސިމްބޮލިކް ރެކޯޑްސްގެ މެންބަރަކު ބުނީ ކޮޕީ ރާގުގެ ލަވަތަކަށް މިއުޒިކް ހެދުމުގެ އުސޫލާ ދެކޮޅަށް ސިމްބޮލިކް ރެކޯޑްސް އިން ނެރެފައިވާ "އިންޒާރު" ލަވައާ އެކު "ހަނގުރާމަ" އިއުލާންކޮށް ހާއްސަ ކެމްޕޭނެއް ފަށާފައިވާ ކަމަށެވެ. ނާއިލް ބުނީ އަމިއްލަ ރާގުގެ ލަވަތަކަށް ފެށުނީއްސުރެ ސިމްބޮލިކް ރެކޯޑްސް އިން އިސްކަންދޭ ކަމެއް ކަމަށާއި އަމިއްލަ ރާގުގެ ލަވަތައް ހެދުމަށް އިސްކަން ދިނުމަށް ރާއްޖޭގެ މިއުޒީޝަނުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި އެފަރާތްތަކުގެ އެއްބާރުލުން ވެސް ލިބެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ސިމްބޮލިކް ރިކޯޑްސްގެ ފުރަތަމަ އަލްބަމަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހިޕް ހޮޕް އަލްބަމް ކަމަށްވާ "މަގުމަތި" އެވެ. އެ އަލްބަމުގެ ލަވަތަކަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އޭގެ ފަހުން، އެ ލޭބަލް އިން ވަނީ "ސްޓޭޓް އޮފް އެރަރ" ގެ ނަމުގައި އީޕީ އަލްބަމެއް ވެސް ނެރެފައެވެ.

ހަމައެކަނި ހިޕް ހޮޕް މިއުޒިކަށް ހާއްސަވެގެން 2013 ވަނަ އަހަރު ސިމްބޮލިކް ރެކޯޑްސް އުފެދުނު ނަމަވެސް މިހާރު ލޭބަލްގެ މަސައްކަތްތައް ފުޅާވެ ހުރިހާ ވައްތަރެއްގެ މިއުޒިކް ވެސް ދަނީ އާންމުންނާ ހަމައަށް ގެނެސްދެމުންނެވެ. އެ ލޭބަލުން ގެނެސްދޭ ހުރިހާ ލަވައަކީ ވެސް އަމިއްލަ ރާގެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު