Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބ ފުޅަދޫ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އައު އިމާރާތެއް އެޅުމަށް ބަޖެޓެއް ނުލިބޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 9 މާރިޗު 2019 | ހޮނިހިރު 07:20
މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ

މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ

ފޮޓޯއިން ތި ފެނިވަޑައިގަންނަވަނީ ފަޅުގެއެއް، ނުވަތަ ވީރާނާ ވަމުންދާ ގެއެއް ނޫނެވެ. އެއީ މާޅުސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާއެވެ. ގަބޫލު ކުރަން ކިތަންމެ ދަތި ކަމުގައި ވީ ނަމަވެސް އެ ފެންނަނީ އެތަނުގެ ހާލަތެވެ. އެ ފެންނަނީ އެންމެ ދުވަހަކުން އައިސްފައިވާ ބަދަލުތަކެއް ނޫނެވެ.

ފުޅަދޫ ކައުންސިލް އިދާރާ

ފުޅަދޫ ކައުންސިލްގެ އިދާރާ ހިންގަމުންދާ އިމާރާތަކީ މީގެ އެތައް އަހަރެއް ކުރިން ބޭނުންކުރަން ފެށި އިމާރާތެކެވެ. އުވައިން އޮފީސްތައް ރޭނިއިރުގެ އިމާރާތެކެވެ. އިމާރާތުގެ ފާރުގައި ޖަހާފައިވާ އުވަ ވެރި، ކުލަ ގޮސް، މުޅި އިމާރާތް ފެންނަނީ ފަޅު ތަނެއް ގޮތަށެވެ. ބައެއް މަރާމާތުތައް ކުރި ނަމަވެސް، ކުޑަ ދޮރުތައް ވެސް ހުރީ ވަރަށް ބަލިކަށިވެ، ނެއްޓިގެންދާ ހާލަތުގަ އެވެ.

ކައުންސިލް އިދާރާ

ކައުންސިލް އިދާރާގެ އެތެރޭގެ ހާލަތު ވެސް ވަރަށް ދަށެވެ. ކައުންސިލްގެ މެމްބަރުން ތިއްބަވާނެ މޭޒެއް ނެތެވެ. ރަށުގައި ހަތަރު ކައުންސިލަރުން ތިބޭ އިރު މި ބޭފުޅުން އިށީންނާނެ މޭޒެއް ނެތެވެ. ތަނުގެ ޖާގައިގެ ދަތިކަމުން އިދާރީ މަސަތްކަތް ކުރާ މުވައްޒަފުން ބައިތިއްބާނެ ތަނެއްވެސް ނެތެވެ. ރަށްކުރިއަރުވާ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިއަސް، ނުވަތަ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރަން ޖެހުނު ކަމުގައި ވިޔަސް ދާންޖެހެނީ އެހެން ތަނަކަށެވެ. ރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ވެސް ނުދެވެއެވެ. ބޯކޮށް ވާރޭ ވެހިއްޖެނަމަ ކައުންސިލް އިދާރާއަށް ފެން ނުފައިބައި ހުންނަނީ ވެސް ކިރިޔާއެވެ. ކައުންސިލް ގެ އިދާރާ ހިންގުމަށް އައު އިމާރާތެއް ހޯދައި ދިނުމަށް ރައްޔިތުންނާއި ކައުންސިލުން، ސަރުކާރުގައި އާދޭސް ކުރާތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. ކޮންމެ ބަޔަކުވެސް އެ އާދޭހަށް ދެނީ ބީރުކަންފަތެކެވެ. ރައީސް ޔާމިންގެ ސަރުކާރުގެ ފަހު ދުވަސްވަރުގައި ފިނޭންސް މިނިސްޓްރީއާއީ ހަމަޔަށް ޕްލޭން އެއް ގެންގޮސް އުއްމީދުތަކެއް އާކުރުމަށްފަހު ވެސް، ، އައު އިމާރާތެއް ނުލިބި އެ އުއްމީދުތައް ވެސް ފުނޑުވެގެން ދިޔައީއެވެ.

މި ހުރިހާ ވާހަކައެއް އިވުމަށް ފަހު އެންމެންގެ ހިތުގައިވެސް އުފެދިދާނެ އެއް ސުވާލަކީ ރަށު ކައުންސިލަށް އައު އިމާރާތެއް ކައުންސިލްގެ ބަޖެޓުން ނުހެދެނީ ކީއްވެގެންތޯ އެވެ. އާބާދީ ކުޑަ، ބަނދަރެއް ވެސް ނެތް ރަށެއްގައި ރައްޔިތުންނަށް ބޮޑު ބަޖެޓެއް ލިބޭނެތޯއެވެ ؟ ދާއިރާއަށް ހޮވޭ މެމްބަރުވެސް ވޯޓާޢި ކައިރިވީމައި ރައްޔިތުމީހާ ފައިބުޑަށް ވެއްޓި އާދޭސް ކޮށް ގޮނޑި އަށް ހޮވުނީމައި އެއީ ކޮންބައެއްކަމެއް ވެސް ހަނދާނެއް ނުހުރެއެވެ. މިހާރުވެސް މަޖިލީހުން ވެސް ފެންނަމުންދާ ހަގީގަތަކީ ، ރައްޔިތުންގެ ޝަކުވާތައް އަޑުއިއްވައިދޭ މެމްބަރެއް ނެތުމެވެ. އާދޭސް އެބަކުރެވެއެވެ. ރައްޔިތުމީހާ ފައިބުޑަށް ވެއްޓި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް މި ދަތިތައް ހިއްސާ އެބަކުރެއެވެ. އުމްރާނީ ތަރައްގީގެ އެހީއެއް ވެސް ނުލިބެއެވެ. އައު ސަރުކާރާއެކު ރައްޔިތުން ދެކެމުންދާ ހުވަފެނަކީ މި ޝަކުވާތައް އަޑުއަހައި އެކަށީގެންވާ ހައްލެއް ލިބުމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު