Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އިޤްތިޞާދުގެ ހާލަތު

ހުރިހާ ދާއިރާ އަކުން ވިޔަފާރިތައް ދަށްވެ، ފަތުރުވެރިކަމުގެ ވިޔަފާރި ހީނަރުވެ، ތަކެތީގެ އަގު މައްޗަށް ދާނެ ކަމަށް އެމްއެމްއޭ ގެ ދިރާސާ އިން ހާމަވެއްޖެ!

26 ޖުލައި 2024 | ހުކުރު 10:15

ވިޔަފާރިތަކަށް ކުރެޑިޓް ހޯދުން ފަސޭހަވާނެ ކަމަކަށް ނުބެލެވޭ

ރާއްޖެ އެމްވީ | 26 ޖުލައި 2024 | ހުކުރު 10:15
ރާއްޖޭގެ މުހިއްމު ވިޔަފާރީގެ ދާއިރާތައް އަހަރުގެ ދެވަނަ ކުއަރޓާ ގައި ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފައި

ރާއްޖޭގެ މުހިއްމު ވިޔަފާރީގެ ދާއިރާތައް އަހަރުގެ ދެވަނަ ކުއަރޓާ ގައި ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފައި

މިއަހަރުގެ ނިމި ދިޔަ ކުއަރޓާގައި ވިޔަފާރިތައް ދިޔައީ ދަށަށް ކަމަށާއި، ކުރިއަށް އޮތް ކުއަރޓާ ގައި ތަކެތީގެ އަގުތައް މައްޗަށް ދާނެ ކަމަށް ބެލޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދިރާސާ އިން ހާމަވެއްޖެއެވެ.

މިކަން ހާމަވީ އަހަރުގެ ދެވަނަ ކުއަރޓާ އަށް ޚާއްސަ ކޮށްގެން އެމްއެމްއޭ އިން ހެދި "ކުއަރޓާލީ ބިޒްނަސް ސާވޭ" ގެ ނަތީޖާތަކުގެ މައްޗަށް އާންމު ކުރި ރިޕޯޓުންނެވެ.

Advertisement - newsAdvertisement

އެމްއެމްއޭ އިން އާންމު ކޮށްފައިވާ ސާވޭ ރިޕޯޓުގައި ބުނެފައިވަނީ ވިޔަފާރި ތަކުގެ މާލީ ހާލަތު މިއަހަރުގެ ދެވަނަ ކުއަރޓާ ގައި ދިޔައީ ދަށަށް ކަމަށް ސާވޭ އިން ފެންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ކުއަރޓާ ގައިވެސް ހޯލްސޭލް އަދި ރީޓޭލް ވިޔަފާރިތަކުގެ މާލީ ހާލަތު ދަށަށް ދާނެ ކަމަށް ބެލެވޭ ކަމުގައިވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުން ހާމަވާ ގޮތުގައި ސާވޭ ކުރެވުނު ހުރިހާ ދާއިރާއެއްގައި ވެސް ވިޔަފާރީގެ ހާލަތު ވަނީ މިއަހަރުގެ ފުރަތަމަ ކުއަރޓާއާ އަޅާބަލާއިރު ހީނަރުވެފައެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިނާއަތު ކަމުގައިވާ ފަތުރުވެރިކަމަށް ބަލާއިރު، މިއަހަރުގެ ދެވަނަ ކުއަރޓާ ގައި ފަތުރުވެރިކަމުގެ ވިޔަފާރި ފާހަގަ ކުރެވޭ މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭ ގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އެމްއެމްއޭ ގެ ދިރާސާ އިން ހާމަވާ ގޮތުގައި 99 އިންސައްތަ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ލިބުނު ޖުމްލަ އާމްދަނީ ވަރަށް ބޮޑުތަން ދަށަށް ދިޔައިރު، 97 އިންސައްތަ ވިޔަފާރިތަކުން ބުނެފައިވަނީ ބުކިންގ ވެސް ދެވަނަ ކުއަރޓާގައި ދިޔައީ ވަރަށް ބޮޑަށް ދަށަށް ކަމަށެވެ.

އަހަރުގެ ދެވަނަ ކުއަރޓާގައި ފަތުރުވެރިކަމުގެ ދާއިރާ އިން ވަޒީފާ ލިބުނު މިންވަރާއި އުޖޫރައިގެ ގޮތުގައި ލިބުނު މިންވަރުވެސް ދިޔައީ ދަށަށެވެ.

އެމްއެމްއޭ އިން ފާހަގަ ކުރާ ގޮތުގައި ދެވަނަ ކުއަރޓާގައި ވަޒީފާ އުފެދުނު މިންވަރު އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ ވެސް ފަތުރުވެރިކަމުގެ ދާއިރާ އިންނެވެ. އަނެއްކޮޅުން މި މުއްދަތުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ 97 އިންސައްތަ ވިޔަފާރިތަކުން ބުނެފައިވަނީ ރޫމްރޭޓް ގެ ނިސްބަތް ވެސް ދެވަނަ ދަށަށް ގޮސްފައިވާ ކަމަށެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި އަހަރުގެ ދެވަނަ ކުއަރޓާގައި ދަށަށް ގޮސްފައިވާއިރު، ކުރިއަށް އޮތް ކުއަރޓާގައި ރޫމް ރޭޓްތައް ދާނީ ދަށަށް ކަމަށް ވިޔަފާރިތަކުން ދެކޭ ކަމަށްވެސް އެމްއެމްއޭ ގެ ރިޕޯޓްގައި ވެއެވެ.

މި ސާވޭގައި ހުރިހާ ވިޔަފާރިތަކުން ވެސް ބުނެފައިވަނީ ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދަން ދަތިވެފައިވާ ކަމަށެވެ. އެމްއެމްއޭގެ ހޯދުންތަކުން އެނގޭ ގޮތުގައި ކުރިއަށް އޮތް ކުއަރޓާގައިވެސް ވިޔަފާރި ކުރުމަށް ކްރެޑިޓަށް ފައިސާ ހޯދުމަށް ދަތިވާނެއެވެ.

އެމްއެމްއޭ އިން ހަދާ ކުއަރޓާލީ ބިޒްނަސް ސާވޭ އަކީ އިގްތިސާދުގެ ހާލަތު އޮތް ގޮތް ދެނެގަތުމާއެކު ކައިރި ކުރިމަގުގައި އެކި ދާއިރާތަކުގެ ވިޔަފާރިއަށް އަންނާނެ ބަދަލު އަންދާޒާ ކުރުމުގެ ގޮތުން އަހަރަކު ހަތަރު ފަހަރު ކުރިއަށް ގެންދާ ސާވޭ އެކެވެ.

ސާވޭގައި އެމްއެމްއޭ އަށް މައުލޫމާތު ފޯރުކޮށްދެނީ ވިޔަފާރީގެ އެކި ދާއިރާތަކުގެ އިސް މަގާމުތައް އަދާ ކުރާ ފަރާތްތަކުން ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

އަހަރުގެ ދެވަނަ ކުއަރޓާގެ އިގްތިސާދީ ހާލަތު ދެނެގަތުމުގެ ސާވޭގެ މަސައްކަތް ޖޫން 25ން 11 ޖުލައި ގެ ނިޔަލަށް ކުރިއަށް ގެންދިޔައިރު، ފަތުރުވެރިކަމުގެ ދާއިރާ އާއި އިމާރާތް ކުރުމުގެ މަސައްކަތާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ތަކަށާއި، ދަތުރުފަތުރާއި މުވާސަލަތީ ޚިދުމަތްދޭ 118 ވިޔަފާރިއަކުން މައުލޫމާތު ހޯދާފައިވާނޭ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ގަލޮޅު ގެއަކުން ހަށިވިއްކަމުންދިޔަ މީހަކު އަތުލައިގެންފި

26 ފެބުރުއަރީ 2017
ގަލޮޅު ގެއަކުން ހަށިވިއްކަމުންދިޔަ މީހަކު އަތުލައިގެންފި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް