Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިހާދުގެ ކޮރަޕްޝަން މައްސަލަ

ކޯޓުން ބޭރުކޮށްލި ޖިހާދުގެ މައްސަލައަކީ ކޮމިޝަނުން ތަހުގީގުކުރި މައްސަލައެއް ނޫން - އޭސީސީ

5 ޖުލައި 2020 ގައި މި މައްސަލަ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ބަލާފައިވާކަމަށް ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 ޖުލައި 2024 | ބުރާސްފަތި 17:48
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު - ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ ވަނީ ބޭރުކޮށްލާފައި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު - ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ ވަނީ ބޭރުކޮށްލާފައި

ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވާ، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރި މައްސަލައެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުން ވަނީ ބުރާސްފަތި ދުވަހު ބޭރުކޮށްލާފައެވެ.

Advertisement - newsAdvertisement

މި މައްސަލައާއި ގުޅިގެން އޭސީސީން ބުނީ ކ. ފުށިދިއްގަރު ފަޅުން އެއްވެސް ފައިދާއެއް ނުލިބޭގޮތަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ބޭރު ބަޔަކަށް ދިންކަމަށް ބުނާ، މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް، ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް، 16 ފެބްރުއަރީ 2016 ގައި ނިންމާފައިވާ ކަމަށެވެ.

އަދި އޭރު، ސިވިލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން، ކ. ފުށިދިއްގަރު ފަޅުގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކުރުމުގެ ގޮތުން، އެއިރުގެ ސިޔާސަތުތަކާއި އެއްގޮތަށް ފަޅުގެ ބޮޑުމިނަށް ބަލައި، ދައުލަތުން އަކަފޫޓަކަށް ކަނޑައަޅާފައިވާ މިންވަރަކަށް އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުން ނޫނީ، އެ ފަޅު ކުއްޔަށް ދީގެން ނުވާނެކަމަށް މި މައްސަލައިގައި، ޓުއަރިޒަމް މިނިސްޓްރީން ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

އަދި މި މައްސަލަ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން، ރިވިއުކޮށް އެ މައްސަލައަކީ އެ ފަރާތުން އަލުން ބަލަން ނިންމާފައިވާ މައްސަލައެއްކަން ކޮމިޝަނަށް ސިޓީއަކުން 5 ޖުލައި 2020 ގައި އަންގާފައިވާ ކަމަށެވެ.

25 ޖުލައި 2024 ގައި ކްރިމިނަލް ކޯޓުން ނިންމި، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ މައްސަލައަކީ އެ ކޮމިޝަނުން ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެއް ނޫންކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދުކްރިމިނަލް ކޯޓްއެންޓި ކޮރަޕްޝަން ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު