Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮލިމްޕިކްސް 2024

މޮރޮކޯއިން އާޖެންޓީނާ ބަލިކޮށްފި، މެޗު ދެ ގަޑިއިރަށް މެދުކަނޑާލި!

މޮރޮކޯ މެޗު ކާމިޔާބުކުރީ 2-1 ންނެވެ.

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 25 ޖުލައި 2024 | ބުރާސްފަތި 05:03
އާޖެންޓީނާއާއި މޮރޮކޯ ވާދަކުރު މެޗު މެޗު ކަނޑާލާފައި: ފޮޓޯ-ރޮއިޓަރސް

އާޖެންޓީނާއާއި މޮރޮކޯ ވާދަކުރު މެޗު މެޗު ކަނޑާލާފައި: ފޮޓޯ-ރޮއިޓަރސް

ފްރާންސްގެ ޕެރިހުގައި ފެށި އޮލިމްޕިކްސްގައި މޮރޮކޯއިން ވަރުގަދަ އާޖެންޓީނާ ބަލިކޮށްފި އެވެ.

މޮރޮކޯ އިން މެޗު ކާމިޔާބުކުރިއަސް މެޗުގެ ނަތީޖާއަށްވުރެ ބޮޑު ސަމާލުކަމެއް ލިބުނީ ދެ ގަޑިއެއްހާ އިރަށް މެޗު މެދުކަނޑާލުމުންނެވެ. ސަޕޯޓަރުންގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވި މެދު ކަނޑާލީ އިތުރު ވަގުތުގެވެސް އެންމެ ފަހު ވަގުތުކޮޅުގެވެ. މެޗު މެދުކަނޑާލީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 15 މިނިޓްގެ ތެރެއިން ފަހު ވަގުތުކޮޅު އާޖެންޓީނާއިން ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރުމުން ހިތްހަމަ ނުޖެހި, މޮރޮކޯ ސަޕޯޓަރުން ދަނޑަށް އެރުމުންނެވެ. ނަތީޖާ ހަނމަހަމަ ކުރަން އާޖެންޓީނާއިން ޖެހި ލަނޑު ވީއޭއާރުން ބެލިއިރު އޮފްސައިޑް ވުމުން ލަނޑު ކެންސަލް ކުރިއެވެ. އަދި އަލުން މެޗު ފެށި ސަޕޯޓަރުން ބޭރުކުރުމަށްފަހު އެވެ. މެޗު ނިންމާލީ ސަޕޯޓަރުން ނުވައްދައެވެ. ދެ ގަޑިއިރަށްފަހު ސަޕޯޓަރުން ނުވައްދާ ކުޅުނީ އެންމެ 3 މިނިޓެވެ.

މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާ ކުރި ހޯދީވެސް މޮރޮކޯ އިންނެވެ. އެޓީމްގެ ދެ ލަނޑު ޖެހީ ސޫފިއަން ރަހީމީ އެވެ. އާޖެންޓީނާއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ބަދަލަކަށް ނިކުމެ ޖިއުލިއާނޯ ސިމިއޯނީ އެވެ. ރެފްރީ ކެންސަލް ކުރި އިތުރު ވަގުތުގެ 15 ވަނަ މިނިޓްގައި މެޑީނާ ޖެހި ލަނޑެވެ. މެޗަށްފަހު އާޖެންޓީނާގެ ކޯޗު މަޝެރާނޯ ބުނީ މިފަދަ މެޗެއް އަދި ނުދެކޭ ކަމަށެވެ. މިގްރޫޕްގައި ދެން ހިމެނެނީ ޔުކްރެއިން އާއި އިރާގެވެ.

ޕެރިސް އޮލިމްޕިކްސް 2024އާޖެންޓީނާ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
27 އޮކްޓޯބަރު 2025

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
20 މާރިޗު 2025

މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

20 މާރިޗު 2025
މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު