Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކްރިޕްޓޯކަރެންސީ

އެކްސް ގައި ކުރެއްވުނު ޕޯސްޓަކާ ގުޅިގެން އާޖެންޓިނާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި

އިދިކޮޅު ފަރާތްތަކުން މިލެއީ އަށް ތުހުމަތު ކުރަނީ މަކަރުން ފައިސާ ހޯދުމަށް ހިންގި ހަރަކާތެއް ޕްރޮމޯޓް ކުރައްވަން މަސައްކަތް ކުރެއްވި ކަމަށެވެ.

ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2025 | އަންގާރަ 19:35
އާޖެންޓީނާގެ ރައީސް ހާވިއާ މިލެއީ، ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އާޖެންޓީނާގެ ރައީސް ހާވިއާ މިލެއީ، ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ކްރިޕްޓޯކަރަންސީ އެއް ޕްރޮމޯޓު ކުރެއްވިގެން އާޖެންޓީނާގެ ރައީސް ހާވިއަރ މިލެއީ ގެ އިއަށް އިތުބާރު ނެތްކަމަށް ހުށަހަޅާނެ ކަމަށް އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އާޖެންޓިނާގެ ރައީސްގެ މައްސަލަ ހޫނުވީ، މާ މަޝްހޫރު ނޫން ކްރިޕްޓޯކަރަންސީ އެއް ޕްރޮމޯޓު ކުރެއްވުމުގެ ގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން އޭގެ އަގު ކުއްލި އަކަށް މައްޗަށް ގޮސް މަދު ވަގުތު ކޮޅެއްގެ ތެރޭގައި އަގުވެއްޓި އިންވެސްޓް ކުރި އެތައް ހާސް ފަރާތްތަކަށް ބޮޑު ގެއްލުމަކާ ކުރިމަތި ވުމާ ގުޅިގެންނެވެ.

މި ކަމާ ހެދި އާޖެންޓީނާގައި ސިޔާސީ ބޮޑު ހަމަ ނުޖެހުމެއް އުފެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން މިލެއީ އަށް ތުހުމަތު ކުރަނީ މަކަރުން ފައިސާ ހޯދުމަށް ހިންގި ހަރަކާތެއް ޕްރޮމޯޓް ކުރައްވަން މަސައްކަތް ކުރެއްވި ކަމަށެވެ. މި ތުހުމަތު ރިޔާސީ އޮފީހުން ދޮގުކޮށްފައިވެއެވެ.

މިކަން ފެށުނީ ރައީސް އެމަނިކުފާނުގެ އެކްސް އެކައުންޓުން ކުރެއްވި ޓްވީޓަކުންނެވެ. 3.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި މި އެކައުންޓުން ކުރެއްވި ޕޯސްޓުގައި. "މި އަމިއްލަ މަޝްރޫޢު އަމާޒު ކުރެވިފައި ވަނީ އާޖެންޓީނާގެ އިޤްތިޞާދު ކުރިއެރުވުމަށް ހިތްވަރުދިނުމަށެވެ،" އޭނާ ލިޔުއްވާފައިވެއެވެ. އަދި $LIBRA ކްރިޕްޓޯކަރަންސީ މަޝްރޫޢުގެ ލިންކެއްވެސް ހިމަނުއްވާފައިވެއެވެ.

ގަޑިއިރުތަކެއް ފަހުން، މިލެއީ އެ މެސެޖު ފޮހެލެއްވި އެވެ. އަދި އިތުރު ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އާ އެ މަޝްރޫޢާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. "އަޅުގަނޑަކަށް މަޝްރޫޢުގެ ތަފްސީލުތަކެއް ނޭނގެއެވެ. އަދި އެކަން އެނގުމާއެކު އެކަން އިތުރަށް ނުފެތުރުމަށް ނިންމީމެވެ،" އޭނާ ވިދާޅުވިއެވެ.

ސީއެންއެންގެ ސުވާލަކަށް ޖަވާބުދެމުން، މިލެއީގެ ޓީމުން މި ހާދިސާ ސިފަކޮށްފައިވަނީ މިސްޓޭކެއްގެ ގޮތުގައެވެ.

ހޮނިހިރު ދުވަހު ރިޔާސީ އޮފީހުން މިކަމާ ގުޅޭ ތަޙުޤީޤެއް ހިންގާނެކަން އިޢުލާނު ކޮށްފައި ވެއެވެ. "ރައީސް ހާވިއަރ މިލެއީ ވަނީ ވަގުތުން އެންޓި-ކޮރަޕްޝަން އޮފީސް މިކަމުގައި ބައިވެރި ކުރުމަށް ނިންމާފައެވެ. މިއީ މައި ސަރުކާރުގެ އެއްވެސް މެންބަރެއްގެ، ރައީސް ވެސް ހިމެނޭގޮތަށް، ނުރަނގަޅު ޢަމަލެއް ހިނގާފައިވޭތޯ ބެލުމަށެވެ."

މި ކްރިޕްޓޯކަރަންސީ ފެށުނު އިރު، އޭގެ ބޮޑު ބައެއް ހުރީ މަދު ޑިޖިޓަލް ވޮލެޓްތަކެއްގައެވެ. އަދި އޭގެ އަގު ހުރީ ގާތްގަނޑަކަށް ސުމެއްގައެވެ. ރައީސްގެ ޕޯސްޓަށްފަހު، އޭގެ އަގު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި 5 ޑޮލަރާ ހަމައަށް މައްޗަށް ދިޔައެވެ.

ނަމަވެސް 3 ގަޑިއިރަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި އޭގެ އަގު މަދު ސެންޓުތަކަކަށް ވެއްޓިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިލެއީ އާ ގާތް ފަރާތްތަކުން ވަނީ މިކަމާ ގުޅުވާފައި ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާނެ ފުރުސަތު ނުލިބޭނެ ކަމަށް ބުނެފައިވެއެވެ. އާޖެންޓިނާގެ ކޮންގްރެސް ގެ މެމްބަރު ޑިއޭގޯ ސަންޓިލީ ބުނެފައިވަނީ މިފަދަ ގޮވާލުންތަކަކީ ރައީސް ވެރިކަމުން "ވައްޓާލުމަށް" ކުރާ މަސައްކަތެއް ކަމަށެވެ.

ޖަވިއަރު މިލީއާޖެންޓީނާކްރިޕްޓޯކަރެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން 2.9 މިލިއަން ރުފިޔާ ނަގައިފި

ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން 2.9 މިލިއަން ރުފިޔާ ނަގައިފި

19 އޯގަސްޓު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު