Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޖެންޓީނާ

މެސީ ނުހިމަނައި، އާޖެންޓީނާގެ ސްކޮޑު އިއުލާން ކޮށްފި

ފައިގެ މަސްގަނޑަަށް ލިބުނު އެ އަނިޔާގެ ސަބަބުން، އަންގާރަ ދުވަހު މެސީގެ އިތުރު ޓެސްޓުތަކެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 މާރިޗު 2025 | އަންގާރަ 05:37
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އަނިޔާގެ ސަބަބުން ކުރިއަށް އޮތް ދެ މެޗުގެ ސްކޮޑުގައި އޭނާ ނުހިމަނާ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އަނިޔާގެ ސަބަބުން ކުރިއަށް އޮތް ދެ މެޗުގެ ސްކޮޑުގައި އޭނާ ނުހިމަނާ

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާ އިން ކުޅެން ޖެހޭ ދެ މެޗަށް އެކުލަވާލި ސްކޮޑު އިއުލާން ކުރި އިރު، ކެޕްޓަން ލިއޮނަލް މެސީ ޓީމުގައި ނުހިމަނަން ނިންމައިފި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މި މަހު އާޖެންޓީނާ އިން ދެ މެޗު ކުޅޭނެ އެވެ. އެގޮތުން ފުރަތަމަ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ނިކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި މި މަހުގެ 26 ވަނަ ދުވަހު ނިކުންނާނީ ބްރެޒިލްއާ ދެކޮޅަށެވެ.

އެ ދެ މެޗަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އެކުލަވާލި ސްކޮޑުން މެސީ އަށް ފުރުސަތު ދީފައެއް ނުވެ އެވެ. އެއީ މެސީ އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ.

މެސީ އަށް އަނިޔާވެފައި ވަނީ މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު) ގައި އިންޓަ މިއާމީން އެޓްލަންޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ފައިގެ މަސްގަނޑަަށް ލިބުނު އެ އަނިޔާގެ ސަބަބުން، އަންގާރަ ދުވަހު މެސީގެ އިތުރު ޓެސްޓުތަކެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ކޮލިފިކޭޝަންގެ ދެކުނު އެމެރިކާ ސަރަހައްދުގެ އެއް ވަނައިގައި އޮތީ އާޖެންޓީނާ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 12 މެޗުން 25 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އުރުގުއޭ އަށް ލިބެނީ 20 ޕޮއިންޓެވެ.

އެ ދެ މެޗުގައި މެސީ އަށް ނުކުޅެވޭއިރު، ދެން އެންމެ އަވަހަށް ވެސް އޭނާ ފެންނާނެ ކަމަށް ލަފާ ކުރެވެނީ މި މަހުގެ 30 ވަނަ ދުވަހު އެމެރިކާ ލީގުގައި މިއާމީން ފިލަޑެލްފިއާއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. ނަމަވެސް، އެ މެޗުގައި ވެސް މެސީ ފެންނާނެކަން ޔަގީން ވާނީ އޭނާގެ އަނިޔާގެ ރިކަވަރީ ކުރިއަށްދާ ގޮތަކުންނެވެ.

މެސީ ވަނީ މިހާތަނަށް އާޖެންޓީނާ އަށް ކުޅެދިން 191 މެޗުގައި 119 ލަނޑު ޖަހައިފަ އެވެ. އާޖެންޓީނާ އިން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގައި ވެސް އެންމެ އިސް ދައުރެއް އަދާ ކުރި އެއް ކުޅުންތެރިޔަކީ މެސީ އެވެ.

އާޖެންޓީނާލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު