Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާތިރު މަރާލި މައްސަލަ

ފާތިރު މަރާލި މައްސަލައިގެ ޝަރީއަތް ފަށައި ހެކިބަސް ނަގަން ފަށައިފި

ހާޒިރުވި ހެކިވެރިޔާއަކީ ސީން އޮފް ކްރައިމް އޮފިސަރެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 ޖުލައި 2024 | އަންގާރަ 10:01
މ. ކުރިރުއްމަގު، އިރުފާން ރުޝްދީ

މ. ކުރިރުއްމަގު، އިރުފާން ރުޝްދީ

ތޫނު އެއްޗަކުން ހަމަލާދީ މ. ސަރުމާގެ، ފާތިރު މުހައްމަދު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިރުފާން ރުޝްދީގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަހުމަދު ޝަކީލެވެ. ނަމަވެސް ޝަކީލު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރައްވާފައިވާތީ މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް ޛިހުނީއެވެ.

އުމުރުން 14 އަހަރުގެ ފާތިރު މަރާލާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:20 ހާއިރު އެވެ.

އަންގާރަ ދުވަހު އިފްތިތާޙީ ބަޔާން އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ފާތިރު މަރާލާފައިވަނީ ގޭންގް މާރާމާރީއެއްގެ ތެރެއިން ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން ހިލްމީ މަރާލި މައްސަލައިގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

ފާތިރު މަރާލި މީހާއަށް އިރުފާން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ދައުލަތުން ބުނެއެވެ. އެގޮތުން ޙަމަލާދިން ތަނުގައި ހުރެ، ޙަމަލާ ދިނުމުން އެކަން ކުރި ފަރާތް ގޮވައިގެން ފާތިރު އެތަނުން ގޮސްފައިވާކަންވެސް ދައުލަތުން ފާހަގަކުރިއެވެ.

މި ކުށް ސާބިތުވެއްޖެ ނަމަ އަންނާނީ 15 އަހަރާއި 25 އަހަރުގެ ޖަލު ޙުކުމެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އިފްތިތާޙީ ބަޔާން އިއްވަވަމުން ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލަ ގޮސްފައިވަނީ ނުހަނު ތައައްސުބުގެ ދަށުން ކަމަށެވެ.

ދެފަރާތުން އިފްތިތާޙީ ބަޔާން އިއްވުމާއެކު މިވަނީ މި މައްސަލައިގެ ޝަރީއަތް ފެށިފައެވެ. އެގޮތުން އަންގާރަ ދުވަހު ހެކިބަސް ނެގުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި އަޑުއެހުމުގައި ހާޒިރުވި ހެކިވެރިޔާއަކީ ސީން އޮފް ކްރައިމް އޮފިސަރެކެވެ. އޭނާ ވިދާޅުވީ، އެ ގޭގައި ގިނަ އަދަދެއްގެ ލޭތަކެއް ހުރިކަމަށް މައުލޫމާތު ލިބުމުން އެ ސީނަށް ގޮސް ސީންގެ ފޮޓޯ ނަަގައި، ހެކިތައް ނަގާފައިވާ ކަމަށެވެ.

ސީނަށް ދިޔައިރު އެތަނުގައި މައްސަލައިގެ ތަހުގީގު އޮފިސަރުވެސް ހުންނެވިކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގޭގެ ސިޑިމަތީގަޔާއި ގޭތެރޭގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށެވެ.

އޭނާ ވަނީ ސީނުން މާއްދީ ހެކީގެ ގޮތުގައި ލޭގެ ސާމްޕަލްއާއި، ފައިވާނަކާއި، އަނިޔާ ލިބުނު ކުއްޖާގެ އަންނައުނާއި، ބައެއް އިތުރު ސާމާނު ނަގާފައެވެ.

މި އަޑުއެހުމުގައި ދެން ހާޒިރުކުރި ހެކިންގެ ހެކިބަސް ނެގިފައެއް ނުވެއެވެ. އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައިވެސް އޮންނާނީ ހެކިބަސް ނެގުމެވެ.

ކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު