Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް

ރެއާލް މެޑްރިޑްގެ ރައީސާއެކު ފްރާންސްގެ ރައީސް މަޝްވަރާ އަށް

އޮލިމްޕިކްސް ފުޓްބޯޅަ މުބާރާތަށް ކުޅުންތެރިން ދޫކޮށްދިނުމަށް އެދި ފްރާންސްގެ ރައީސް އެމެނުއަލް މާކޮން ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ މަޝްވަރާކުރަން ނިންމައިފި އެވެ.

ރާއްޖެ އެމްވީ | 22 ޖުލައި 2024 | ހޯމަ 11:58
ޕެރޭޒް (ކ) އާއި ފްރާންސްގެ ރައީސް އަދި އެމްބާޕޭ (ވ)

ޕެރޭޒް (ކ) އާއި ފްރާންސްގެ ރައީސް އަދި އެމްބާޕޭ (ވ)

އޮލިމްޕިކްސް ފުޓްބޯޅަ މުބާރާތަށް ކުޅުންތެރިން ދޫކޮށްދިނުމަށް އެދި ފްރާންސްގެ ރައީސް އެމެނުއަލް މާކޮން ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ މަޝްވަރާކުރަން ނިންމައިފި އެވެ.

މި ދެ ރައީސް މަޝްވަރާކުރަން ނިންމީ ފްރާންސްގައި ޖުލައި 26ން އޮގަސްޓް 11ށް ބާއްވާ އޮލިމްޕިކްސް އަށް ރެއާލް މެޑްރިޑްގެ ކުޅުންތެރިން ދޫނުކުރާނެ ކަމަށް ބުނެ ރެއާލްއިން ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނަށް ސިޓީ ފޮނުމުންނެވެ.

ރެއާލްއިން ސަބަބެއްގެ ގޮތުގައި ދައްކަނީ މިއީ ޕްރީ ސީޒަން ދުވަސްވަރަށްވުމެވެ. ނަމަވެސް އެ ކުލަބާއެކު މަޝްވަރާކުރަން ފްރާންސުން ބޭނުންވީ އެ ގައުމުގެ މުހިންމު ކުޅުންތެރިންތަކެއް ރެއާލްގައި ތިބުމުންނެވެ. އޭގެ ތެރޭގައި ފާލެންޑް މެންޑީ އާއި އައުރެލިއަން ޗުއާމެނީ އަދި އެޑުއާޑޯ ހިމެނެ އެވެ. އަދި ހުސްވި ހަފުތާގައި ރެއާލް މެޑްރިޑަށް ސޮއިކުރި ފްރާންސްގެ ކެޕްޓަން ކީލިއަމް އެމްބާޕޭ އެވެ.

ޕެރިސް އޮލިމްޕިކްސްގައި ކުޅުމަކީ އެމްބާޕޭ ވެސް ބޭނުންވާ ކަމެކެވެ. ނަމަވެސް އޭނާ އަށް މިހާރު ޖެހިފައިވަނީ ރެއާލްއާއެކު ޕްރީ ސީޒަނަށް އެމެރިކާ އަށް ދާށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްބާޕޭ އޮލިމްޕިކްސްގައި ފްރާންސް ޓީމުގައި ކުޅޭތަން ދެކެން ބޭނުންވާ ކަމަށެވެ. އަދި ފްރާންސްގެ ޕީއެސްޖީ ދޫކޮށް ރެއާލްގައި އެމްބާޕޭ ކުޅޭތަން ދެކެން ބޭނުންނުވީ މިފަދަ އުނދަގޫތައް ދިމާވާނެތީ ކަމަށެވެ.

އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ކުޅެން ބައެއް ކުޅުންތެރިން ބޭނުންވި ނަމަވެސް އެކަމަށް އޮތް ހުރަހަކީ ޔޫރޯގައި ކުޅެފައި، ދެވަނަ މުބާރާތެއް ކުޅޭނަމަ އަރާމުކުރާނެ ދުވަސް ނުލިބޭ މައްސަލަ އެވެ. މި މަހުގެ މެދުތެރޭގައި ނިމުނު ޔޫރޯއިން ފްރާންސް ކެޓީ ސެމީ ފައިނަލުގައި ސްޕޭން އަތުންނެވެ.

ރެއާލް މެޑްރިޑްކީލިއަން އެމްބާޕޭ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު