Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ޑެމްބެލޭގެ ސޮއި ހޯދުުމުގެ ރޭހަށް ރެއާލް މެޑްރިޑް.؟

12 އޯގަސްޓު 2017 | ހޮނިހިރު 12:55

ޕްރެކްޓިހަށް ނުނިކުތް މައްސަލާގައި ޑެމްބެލޭ މިހާރު ހުރީ ސަސްޕެންޑު ކޮށްފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 12 އޯގަސްޓު 2017 | ހޮނިހިރު 12:55
ޑެމްބެލޭ: ގިނަ ކުލަބުތަކަކުން ޝައުގުވެރިވާ ކުޅުންތެރިއެއް.

ޑެމްބެލޭ: ގިނަ ކުލަބުތަކަކުން ޝައުގުވެރިވާ ކުޅުންތެރިއެއް.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް އޮސްމާނޭ ޑެމްބެލޭގެ ސޮއި ހޯދުމުގެ ރޭހަށް ސްޕެއިން އަދި ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ވެސް ބައިވެރި ވުމަށް ތައްޔާރު ވެއްޖެއެވެ.

ކެޓަލަންގެ ބްރޯޑްކާސްޓަރ އާރްއޭސީ 1 އާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ރެއާލުން ބޭނުން ވަނީ، އުމުރުން 20 އަހަރުގެ ފްރާންސް ތަރި، ބާސާއަށް ދިއުން ހުއްޓުވުމަށެވެ.

ޒުވާން ފޯވާޑް ޑެމްބެލޭ ސްޕެއިންގެ ބާސެލޯނާއާ ގުޅެން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވާ މި ދަނޑިވަޅުގައި ރެއާލްއިން އެ ރޭހުގައި ބައިވެރިވާން ތައްޔާރުވަމުން ދާކަމުގައި މީޑިއާ ރިޕޯޓްތަށް ބުނާއިރު

މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ޑޯޓްމަންޑުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ޑެމްބެލޭ ބައިވެރިވެފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން ޑޯޓްމަންޑުން ޑެންބެލޭ ބާސާއަށް ދޫކުރަން ދެކޮޅުހެދިކަމުގައި ވީނަމަވެސް އޭނާހުރީ ބާސާއަށް ދާން ބޭނުންވެފައެވެ. އެހެންވެސް ޑެމްބެލޭ ދޯޓްމަންޑުގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވީކަމަށް ވެސް މި ރިޕޯޓްގައި ވަނީ ތުހުމަތު ކޮށްފައެވެ.

ޑޯޓްމަންޑުގެ ފަރިތަކުރުންތަކުގައި ޑެމްބެލޭ ބައިވެރިވެފައި ނުވާ މަސައްލަ ޑޯޓްމަންޑުން މިހާރު ވަނީ ބެލުމަށް ފަހު އެކަމާ އޭނާ ސަސްޕެންޑް ކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލްއިން މިހާރުވަނީ ޑޯޓްމަންޑާއި ވާހަކަ ވެސް ދައްކާފައެވެ. އެގޮތުން ރެއާލްގެ ޕްރެޒިޑެންޓް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ޑެމްބެލޭ ޑޯޓްމަންޑު ދޫކޮށް އިތުރު ކުލަބަކަށް ދާނަމަ ރެއާލްއަށް އޭނާ ދޫކޮށް ދިނުމަށް ވެސް އެދިފައެވެ. މި ރިޕޯޓް ބުނާގޮތުން ރެއާލްގެ ޕްރެޒިޑެންޓް ފްލޮރެންޓީނޯ ޕެރޭޒް މިކަމަށް އެދިފައި ވަނީ ޑޯޓްމަންޑުގެ ރައީސް ރީންހާޑް ރައުބަލްގެ ކިބައިންނެވެ.

ރެއާލްއިން ވެސް މިހާރު ދަނީ ޑެމްބެލޭ ހޯދުމަށް ޑޯޓްމަންޑަށް ބިޑެއް ހުށައެޅުމަށް ތައްޔާރުވަމުން ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ނޭމާ ޕީއެސްޖީއަށް ދާދި ފަހުން ބަދަލުވެފައިވާއިރު ނޭމާ ނެތްތަން ފޫބެއްދުމަށްޓަކައި ބާސާއިން ކުޅުންތެރިއަކު ހޯދުމަށް މަސައްކަތް ކުރަމުންގެންދާއިރު އެޓީމުން އެންމެ ބޮޑަށް ބޭނުންވެގެން މަސައްކަތް ކުރާ އެއްކުޅުންތެރިއަކީ ޑެމްބެލޭއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް