Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގައި ލޮނު އުފެއްދުން

ރާއްޖޭގައި ލޮނު އުފެއްދުން

ދިރިހުރުމަށްޓަކާ އިންސާނާއަށް ކޮންމެހެން ލާޒިމު މާއްދާއެއްގެ އެންމެ ސާފު މަންޒިލަކީ ރާއްޖެ ކަމުގައި ހެދުމަކީ ރައީސް ޞޯލިޙްގެ އަމާޒެއް

ރާއްޖެ އެމްވީ | 8 މާރިޗު 2021 | ހޯމަ 18:03
މިޔަންމާގެ ލޮނު އުފައްދާ އިންޑަސްޓްރީއެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ލޮނު ނެގުމުގެ މަސައްކަތުގައި

މިޔަންމާގެ ލޮނު އުފައްދާ އިންޑަސްޓްރީއެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ލޮނު ނެގުމުގެ މަސައްކަތުގައި

ކޮވިޑް-19 އާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ކުރައްސަވަމުން ގެންދަވާ އިގްތިޞޯދީ މުޅިން އައު ކުލަޗާޓެއްވެއެވެ. ގައުމުތަކުގެ ބޯޑަރު ބަންދުވެ، އިގްތިޞޯދީ ހަރަކާތް ހުއްޓި އާމްދަނީ ބޯދަށަށް ޖެހުމުން އޭގެ ނުގްސާން ރައްޔިތުން ތަހައްމަލު ކުރަމުންދާ މިންވަރު އެމަނިކުފާނު ބައްލަވަމުން ގެންދެވީ ނުހަނު ގާތުންނެއެވެ. މިއަހަރުގެ ޖަނަވަރީ މަސް ފެށުނުތަނާހެން މުޅިން އައު އިގްތިޞޯދީ އެހެން ވިސްނުމެއް އެމަނިކުފާނުގެ ސަރުކާރުން ބަލައިގަނެ އިޖާބަ ދެއްވިއެވެ. ސަރުކާރުން ޕްރޮސެސް ކުރައްވަމުން ގެންދަވާތާ ކިތަންމެ ދުވަހެއްވީ ދިވެހި އިގްތިޞޯދީ އައު އިންގިލާބުގެ މި ވިސްނުން ދިވެހިންނައިގެން ދަތުރު ކުރާނެ މަންޒިލްގެ ފުރިހަމަ ތަޞައްވުރެއް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހަށް ފުރިހަމައަށް ފަހުމުވެވަޑައިގަންނަވައެވެ. ކޮންމެ ހާލެއްގައި ކިތަންމެ ދައްޗެއްގައި ބަންދުވެފައި ތިބި ނަމަވެސް ދިރިހުރުމަށްޓަކާ އިންސާނާއަށް ކޮންމެހެން ލާޒިމު މާއްދާއެއްގެ އެންމެ ސާފު މަންޒިލަކީ ދިވެހިރާއްޖެ ކަމުގައި ހެއްދެވުމަކީ ރައީސް ޞޯލިޙްގެ އަމާޒެއެވެ. މިދެންނެވީ ދިވެހިރާއްޖޭގައި ލޮނު އުފެއްދުމުގެ ވިސްނުން ފުޅެއެވެ. ދިރި ހުރުމަށްޓަކާ ލޮނު ބޭނުންވާ ފަދައިން ދިރިއުޅުމަށްޓަކާވެސް ލޮނުގެ މުހުތާދު ވަނީ އިންތިހާގައެވެ.

ކުރިން ބުނެ އުޅެނީ ކާތަކެތި ލޮނާ ނުލާ ސުލްޙަ ނުވާ ވާހަކަ އެކަންޏެއެވެ. ހަގީގަތުގައި ލޮނާ ނުލާ ދިރިއުޅުންވެސް ސުލްހައެއް ނުވެއެވެ.

ތާއަބަދު ލޮނާވެ މުޅިދިރިއުޅުން ވަށާ ލޮނު ދައުރު ކުރާތީ އޭގެ ވިސްނުން އެއްގޯސްވެފައި ތިބި ނަމަވެސް އެގޯހުން އަރައިގަންނާނެ މަގު ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ސަރުކާރުން ކޮއްޓަވާކަމީ ފިސާރި މޮޅުކަމެކެއެވެ. ފީނުމާ ފެތުމަށް މިވަރެއް ނެތް ފަދައިން އެނޫން ބޭނުންތަކަށް ވެސް މިވަރުގެ ލޮނެއް ނެތްކަން ދުނިޔެއަށް ދައްކާ މުޅިދުނިޔެ މިލޮނަށް މިސަރުކާރުން ދަހިކުރުވުން އެއީ އޮތް އުންމީދެއެވެ.

މި މަޝްރޫއުގެ އިދާރީ މަސައްކަތް ސަރުކާރުގެ މޭޒުތަކުގައި ހިނގާތާ ދުވަސް ގަނޑެއް ވީފަހުން މި މައުލޫމާތު ލިބިވަޑައިގެންނެވި ފުރަތަމަ ބޭފުޅަކީ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރެއެވެ. 7 މާރޗް 2021 ގައި ޖާބިރު ފަދަ މަޝްހޫރު ކާމިޔާބު ވިޔަފާރިވެރިއަކަށް މިފަދަ އިންޑަސްޓްރީއެއްގެ މުހިންމުކަން ފާހަގަ ކުރެއްވުމަކީ އޮތް އަނެއް ހެޔޮފާލެއެވެ. 

ކޮންމެ އަކަސް ސަރުކާރުން އެމަގުން ކުރިއަށް ވަޑައިގެން ދުނިޔޭގެ 1 ވަނަ ދަރަޖައިގެ ލޮނު އުފައްދާ ގައުމަކަށް ދިވެހިރާއްޖެވުމަކީ ރައީސް ޞޯލިހްގެ އިގްތިޞޯދީ ތަޞައްވުރުގެ މުޅިން އައު މަންޒަރެކެއެވެ.

ރާއްޖޭގައި ލޮނު އުފެއްދުންއިގްތިސާދީ ތަސައްވުރު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޤްތިސާދީ ތަސައްވުރު ބިނާ ކުރަންވާނީ އާންމު ރައްޔިތު މީހާގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްފަހު: އިމާދު ސާލިޙު

އިޤްތިސާދީ ތަސައްވުރު ބިނާ ކުރަންވާނީ އާންމު ރައްޔިތު މީހާގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްފަހު: އިމާދު ސާލިޙު

22 ސެޕްޓެމްބަރު 2024
ސަރުކާރުގެ އިދާރާތަކުން އެކައްޗެއް ކިޔާ، އިޤްތިސާދީ އަސްލު ޙާލަތު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ފަތުހުﷲ

ސަރުކާރުގެ އިދާރާތަކުން އެކައްޗެއް ކިޔާ، އިޤްތިސާދީ އަސްލު ޙާލަތު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ފަތުހުﷲ

21 ޖުލައި 2024
މި ސަރަހައްދުން މި އަހަރު އެންމެ ބޮޑަށް އިގްތިސާދީގޮތުން ކުރިއަރާނެ ގައުމެއްކަަމަށް ބެލެވެނީ ރާއްޖެ

މި ސަރަހައްދުން މި އަހަރު އެންމެ ބޮޑަށް އިގްތިސާދީގޮތުން ކުރިއަރާނެ ގައުމެއްކަަމަށް ބެލެވެނީ ރާއްޖެ

11 ޖެނުއަރީ 2023
އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމާއި ގުޅޭ ރިޕޯޓު ކޮމިޓީން ފާސްކޮށްފި

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމާއި ގުޅޭ ރިޕޯޓު ކޮމިޓީން ފާސްކޮށްފި

09 މާރިޗު 2022
ބަލިމަޑުކަމެއްގެ ތެރެއިން އިގްތިސާދު ކޮޅަށް ޖަހައި ނަމޫނާ ދައްކައިފި

ބަލިމަޑުކަމެއްގެ ތެރެއިން އިގްތިސާދު ކޮޅަށް ޖަހައި ނަމޫނާ ދައްކައިފި

19 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު