Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުުރު ޚުތުބާ- ތައުޙީދު

އިސްލާމްދީނުގެ އަސާސަކީ ތައުޙީދު، ތައުޙީދުގެ ތިން ބައިގައި ވަރުގަދަޔަށް ހިފަހައްޓަންޖެހޭ: ޚުތުބާ

ތައުޙީދަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް، ޝިރުކުގެ އެންމެހައި އަމަލަކުން ދުރުހެލިވެ ރައްކައުތެރިވުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 ޖުލައި 2024 | ހުކުރު 08:11
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

އިސްލާމްދީން އެ އަސާސެއްގެ މައްޗަށް ބިނާވެފައިވާ އަސާސަކީ ތައުޙީދު ކަމަށާއި، ތައުޙީދުގެ ތިން ބައިގައި ވަރުގަދަޔަށް ހިފެހެއްޓުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ތައުޙީދު'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިސްލާމްދީނުގެ އަސާސަކީ ތައުޙީދު ކަމަށާއި، އެއީ އެންމެ ފުރަތަމަ ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ އަޅުތަކުންނަށް އެ ކަމަކަށް އީމާންވުމަށް އަމުރުކުރައްވައިފައިވާ ކަންތައް ކަމަށެވެ. އަދި، އެންމެހައި ޖިންނީންނާއި އިންސީން އެ ކަމަކަށް ޓަކައި ހެއްދެވުނު މަގުސަދު ކަމަށެވެ.

ތައުޙީދަކީ ﷲ سُبْحَانَهُ وَتَعَالَىގެ އެއްކައުވަންތަކަން ގަބޫލުކޮށް، ޝިރުކުގެ އެންމެހައި އަމަލަކުން ދުރުހެލިވެ ރައްކައުތެރިވުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ތައުޙީދުގެ ބައިތަކުގެ ތެރޭގައި ހިމެނޭ ތިން ބައިގައި ވެސް އެކަލާނގެ އެއްކައުވަންތަކޮށްގެން މެނުވީ މި މަތިވެރި އަގީދާ ހާސިލް ނުކުރެވޭނެ ކަމަށެވެ.

ވަރަށް ތަފްސީލްކޮށް ތައުޙީދުގެ ތިން ބައި ޚުތުބާގައި ހިއްސާކޮށްފައެވެ.

ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްތަކުގެ އަލީގައި އިލްމުވެރިން ތައުޙީދު ބައްސަވާފައިވާއިރު ފުރަތަމަބަޔަކީ ރުބޫބިއްޔަތުގައި އެކަލާނގެ އެއްކައުވަންތަ ކުރުން ކަމަށާއި، އެއީ ﷲ سُبْحَانَهُ وَتَعَالَىއަށް ޚާއްސަވެގެންވާ ކަންކަމުގައި އެކަލާނގެއަށް ޝަރީކުކުރުމުން ދުރުހެލިވުން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ޚަލްގުކުރެއްވުމާއި، ދިރުއްވުމާއި، މަރުގެންނެވުމާއި، ރިޒުގުދެއްވުމާއި، ކައުނުގައިވާ ކަންކަން ތަދުބީރުކުރައްވައި ހިންގެވުމާއި މި އެންމެހައި ކަންކަން މިލްކުވެވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަމާއި، މިކަންކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވާކަމަށް ޝައްކެއްނެތި ގަބޫލުކުރުމެވެ.

ޚުތުބާގައި ބުނީ ތައުޙީދުގެ ދެވަނަ ބަޔަކީ ހުރިހައި އަޅުކަމެއް ހަމައެކަނި މާތް ﷲ އަށް އަދާކުރުން ކަމަށެވެ.

ތައުޙީދުލްއުލޫހިއްޔާއަކީ އަޅުކަމުގެ ގޮތުން ކުރެވޭ ހުރިހައި ކަމެއް އެކަލާނގެއަށް ޚާލިސްކުރުމާއެކު އަޅުކަމުގެ އެއްވެސް ކަމެއްގައި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ބައިވެރިކުރުމަކާނުލައި އަޅުކަންކުރުމެވެ. ނަމާދުކުރުމާއި، ރޯދަހިފުމާއި، ދުއާކުރުމާއި، ނަދުރުބުނުމާއި، ގުރުބާންކުރުމާއި، ބިރުވެތިވުމާއި، ކަންކަމުގައި ވާތްގަށް އެދި ދެންނެވުމާއި، އަޅުކަމުގެ ގޮތުން ކުރާ މި ފަދަ ހުރިހައި އަމަލެއް ހަމައެކަނި އެކަލާނގެއަށް ޚާލިސްކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ﷲ سُبْحَانَهُ وَتَعَالَى ފޮނުއްވި އެންމެހައި ނަބީ ބޭކަލުންނާއި ރަސޫލުބޭކަލުން، އެބޭކަލުންގެ ގައުމުގެ މީސްތަކުންނަށް އެންމެ ބޮޑަށް ގޮވައިލައްވާން ޖެހިވަޑައިގަތީ ތައުޙީދުގެ މި ބަޔަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ތައުޙީދުގެ ތިންވަނަ ބަޔަކީ ތައުޙީދުލްއަސްމާއި ވައްޞިފާތި ކަމަށެވެ. މާތް ﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ. އެންމެ ފުރިހަމަވެގެންވާ، މަތިވެރި ނަންފުޅުތަކާއި ސިފަފުޅުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަން ގަބޫލުކުރުމެވެ. ތައުޙީދުގެ މި ބަޔަށް އީމާންވުމުގައި ވަރަށް މުހިންމު ދެ އަސާސެއް ހިމެނޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ ފުރަތަމަ އަސާސަކީ ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ ޛާތުފުޅަށް ނިސްބަތްކުރައްވައިފައިވާ ސިފަފުޅުތަކާއި، އަދި ނަބިއްޔާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘް ބަސްފުޅުތަކުގައި އައިސްފައިވާ އެކަލާނގެ ސިފަފުޅުތަކަށް އީމާންވުމެވެ. އެ ނަންފުޅުތަކާއި ސިފަފުޅުތައް ސާބިތުކުރާންވާނީ އެކަލާނގެ މަތިވެރިވަންތަކަމާއި ފުރިހަމަވަންތަކަމާ ލާއިޤުވެގެންވާ ގޮތުގެ މަތީންނެވެ. ދެވަނަ އަސާސަކީ އެންމެހައި މަހުލޫގުންގެ އުނިސިފަތަކާއި އެއް ވައްތަރުވުމުން އެކަލާނގެ ހުސްދުރުވެވޮޑިގެންވާކަން ގަބޫލުކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ތައުޙީދުގެ މަތިވެރި އަސާސުގައި ހިފަހައްޓައިފި ނަމަ، އަހުރެމެންނަކީ ކާމިޔާބުވެފައިވާ ބަޔަކަށްވާނެ ކަމަށާއި، އަހުރެމެން ކުރާ ކޮންމެ އަމަލެއް الله سُبْحَانَهُ وَتَعَالَىއަށް ޚާލިސްކޮށް ޝިރުކުން އެއްކިބާ ކުރެވިއްޖެ ނަމަ، ސީދާމަގުގައި ފައިތިލަ ސާބިތުކޮށްފައިވާ ބާއްޖަވެރި ބަޔަކަށް ވާނެ ކަމަށެވެ. ނަމަވެސް މި މަތިވެރި އަގީދާ ދޫކޮށް ބާތިލު އަގީދާތަކަށް ތަބާވެ، الله سُبْحَانَهُ وَتَعَالَىގެ މަގަށް ފުރަގަސްދީ، ކުރާ އަމަލުތަކުގައި ޝިރުކު ހިމެނިއްޖެ ނަމަ، ހުރިހާ އަމަލުތަކެއް ބާތިލުވެ، ގެއްލެނިވެގެން ހިނގައިދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު