Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލެޓާއި ގޯތި މައްސަލައިގައި މުޒާހަރާކުރުން

ގަރުދިޔަ ކައްކައިގެން ކެވޭނީ ވެސް ފްލެޓުތައް ދޫކޮށްގެން، ސަރުކާރުން ޖަވާބުދާރީވޭ: މުޒާހަރާގެ ބައިވެރިން

49 އަހަރު ފަހުން ލިބުނު ބޯހިޔާވަހިކަމަށް ވެސް މިސަރުކާރުން ވަނީ ހުރަސްއަޅާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޖުލައި 2024 | ބުރާސްފަތި 17:01
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ގަރުދިޔަ ކައްކައިގެން ކެވޭނީ ވެސް ފްލެޓުތައް ދޫކޮށްގެން ކަމަށާއި، ސަރުކާރުން ޖަވާބުދާރީވުމަށް މުޒާހަރާގެ ބައިވެރިން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ 8:45 ގައި ލޮނުޒިޔާރަތްކޮޅުގައި ވަނީ ފުލެޓާއި ގޯތި މައްސަލައިގައި ސުލްހަވެރި މުޒާހަރާއެއް ކުރިއަށް ގެންގޮސްފައެވެ. މި މުޒާހަރާގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވެފައިވެއެވެ. މުޒާހަރާގެ ބައިވެރިން ތިބީ އެކިއެކި ޝުއޫރުތައް ލިޔެފައިވާ ބެނަރތަކާއި ޕޯސްޓަރުތައް ހިފައިގެންނެވެ.

Advertisement - newsAdvertisement

މުޒަހާރާގެ ބައިވެރިން ވަނީ އެމީހުންގެ ޝުއޫރުތައް މީޑީއާތަކާ ހިއްސާކޮށްފައެވެ. އެ މީހުން ބުނެފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ރައްޔިތުންނަށް ލިބިފައި އޮތް އެއްޗެއް ލިބިފައި އޮތްތާކުން ދެއްވަންޖެހޭ ކަމަށެވެ. ރައްޔިތުންނަށް ދޫކޮށްފައިވާ އެގްރިމެންޓްތައް ހުސްލިޔުމެއްގެ ގޮތުގައި ދޫނުކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ.

ބައެއް މީހުން ބުނެފައިވަނީ 49 އަހަރު ފަހުން ލިބުނު ބޯހިޔާވަހިކަމަށް ވެސް މިސަރުކާރުން ހުރަސްއަޅާފައިވާ ކަމަށާއި، ފްލެޓު ދޫކުރުން ލަސްވާ ކޮންމެ ދުވަހަކީ އެމީހުންގެ ހައްގުތައް ގެއްލިގެންދާ ދުވަހެއް ކަމަށެވެ. ދިރިއުޅެމުން ގެންދަނީ ވަރަށް ދަތިހާލުގައި ކަމަށާއި، ކުލި ދައްކުމަށްފަހު އިތުރު ކަމެއް ކުރުމަށް އަތުގައި ފައިސާ ނުހުންނަ ކަމަށެވެ. އަދި ގަރުދިޔައާއި ބަތާއި ކެއްކެން ވެސް އޮތީ ބޯހިޔާވަހިކަން ލިބިގެން ކަމަށެވެ.

މީގެ އިތުރުން ދަރިން ބޮޑެތިވެ ގިނަ ބަޔަކު އެއްތަނެއްގައި ދިރިއުޅެމުން ޖެހުމުން އިޖްތިމާއީ ގިނަ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް އެމީހުން ބުނެއެވެ.

މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން ފްލެޓުތަކަށް ވާނުވާ ނޭނގޭ ކަމަށެވެ. ރައީސް އަކަށް އެންމެ ފަސޭހައިން ފުއްދޭނެ ވައުދުފުޅަކީ ހަދާނިމިފައިވާ ފްލެޓުތައް ދޫކޮށްލުން ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.

ފްލެޓުތައް ދޫކުރާނެ ދުވަހެއް ހާމަކުރުމަށް ސަރުކާރަށް ގޮވާލަމުންދާއިރު، ކުރީ ސަރުކާރުގައި ދޫކޮށްފައިވާ ބިންތައް ދޫކުރުމުގައި ވެސް ލަސްތައް ކުރިމަތިވެފައިވާ ކަމަށް ބުނެ ބައެއް މީހުން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ. ކުރީ ސަރުކާރުގައި ނުހިއްކާ ސަރަހައްދުތަކުން ބިން ދޫކޮށްފައިވާތީ މިސަރުކާރުގެ ބޭފުޅުން ފާޑު ވިދާޅުވުމަށްފަހު މިހާރު ހިއްކާފައިވާ ސަރަހައްދުތަކުން ވެސް ބިން މިސަރުކާރަށް ދޫކުރެވިފައިނުވާ ކަމަށާއި، އެމަސައްކަތް އަވަސް ކޮށްދިނުމަށް އެމީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރުގެ އިސްތިއުފާ ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ. އަދި މައްސަލައަށް ހައްލެއް ލިބެންދެން ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދާނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2021

ހިޔާ ފްލެޓުތައް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ހާއްޔަކަށް

16 ނޮވެމްބަރު 2021
ހިޔާ ފްލެޓުތައް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ހާއްޔަކަށް
30 ޖޫން 2021

ހިޔާ ފްލެޓުތައް ބެލުމަށް މިހާތަނަށް 4000ށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި

30 ޖޫން 2021
ހިޔާ ފްލެޓުތައް ބެލުމަށް މިހާތަނަށް 4000ށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި
14 ޖޫން 2021

ޕިއުބަރޓީގެ ވާހަކަ ރަނގަޅަށް ދެކެވޭނީ ތައުލީމި ނިޒާމުގެ ތެރެއިން - ފަސްޓް ލޭޑީ

14 ޖޫން 2021
ޕިއުބަރޓީގެ ވާހަކަ ރަނގަޅަށް ދެކެވޭނީ ތައުލީމި ނިޒާމުގެ ތެރެއިން - ފަސްޓް ލޭޑީ
04 ޖޫން 2021

ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ހިމެނޭ ސަރަހައްދުގައި ވާރޭފެން ތާނގީ ބަހައްޓަނީ

04 ޖޫން 2021
ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ހިމެނޭ ސަރަހައްދުގައި ވާރޭފެން ތާނގީ ބަހައްޓަނީ
25 ނޮވެމްބަރު 2020

ރަށްތައް ދޫކޮށްގެން އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި 231 މިލިއަން ރުފިޔާގެ ލިބޭނެކަމުގެ އަންދާޒާއެއް!

25 ނޮވެމްބަރު 2020
ރަށްތައް ދޫކޮށްގެން އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި 231 މިލިއަން ރުފިޔާގެ ލިބޭނެކަމުގެ އަންދާޒާއެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު