Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިކަމުގެ މައްސަލަ

ގޯތި ލިބުނު މީހުން އަތުން ގޯތި އަތުލަން ވާނީ އެ ސަބަބު ސާފުކޮށް ވަކިވަކިން ކިޔާދިނުމަށް ފަހު - އާޒިމް

18 ޖުލައި 2024 | ބުރާސްފަތި 09:20

ހިޔާ ފްލެޓްގައި ވެސް ބައެއް އާއްމުން އުޅެނީ ޕާޓްޝަން ޖަހައިގެން ކަމަށް އާޒިމް ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 ޖުލައި 2024 | ބުރާސްފަތި 09:20
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގަިއ ވާހަކަދައްކަވަނީ

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގަިއ ވާހަކަދައްކަވަނީ

ގޯތި ލިބުނު މީހުން އަތުން ގޯތި އަތުލަން ވާނީ އެ ސަބަބު ސާފުކޮށް ވަކިވަކިން ކިޔާދިނުމަށް ފަހުގައި ކަމަށް މާލެސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޭޔަރ އާދަމް އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވާ ކަމަށާއި އެ މަސައްކަތް ލަސްވަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އާޒިމް ވިދާޅުވީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި އެކަމުގެ ހައްގުގައި އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާނެ ކަމަށެވެ. އަދި އޭނާ މަޤާމަށް ވަޑައިގަތީ ވެސް ނިމިދިޔަ ސަރުކާރުން ދީފައިވާ ފްލެޓްތައް ހޯދާ ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަޤީންކަމާއި އެކުގައި ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިހާރު އާއްމުން އެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެ ރައްޔިތުންނާއި އެކުގައި އެމަނިކުފާނު ހުންނަން ޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އާޒިމް ވަނީ ސަރުކާރުން އެކަމަށް އިޖާބަ ނުދޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އާޒިމް ވަނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އޮތީ ވަރަށް ދަތި ހާލަތުގައި ކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން ހިޔާ ފްލެޓްގައި ވެސް ބައެއް އާއްމުން އުޅެނީ ޕާޓްޝަން ޖަހައިގެން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ދާދިފަހުން އާޒިމް ވަނީ ގޯތި ލިބުނު މީހުންގެ ޝަކުވާތައް އަޑު އައްސަވާ ގޯތި ދިނުމުގެ މަރުހަލާ އަވަސްކުރުމަށް ގޮވާލައްވާ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވަވާފައެވެ. އެގޮތުން މުޅި ސަރުކާރުގެ ވަގުތު ހުސް ކުރައްވައިގެންވެސް ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އާޒިމް ސަރުކާރަށް ގޮވާލެއްވިއެވެ. އާޒިމް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލު ނުކުރުމަށް ދައްކާ ބަހަނާ ރައްޔިތުން އަޑުއަހަން ބޭނުން ނުވާ ކަމަށެވެ. ފްލެޓު މައްސަލައަށް އަވަހަށް ގޮތެއް ނިންމައިދިނުމަށް އާޒިމް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް