Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އަހަރެން އަބަދުވެސް ސައުދީ އަރަބިއްޔާ ރައްކާތެރި ކޮށްދޭނަން: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ، ސައުދީ އަރަބިއްޔާ އަކީ ރައްކާތެރިވެފައި އޮތް ގައުމެއް ނޫން ކަމަށާއި، އެ ގައުމަށް ބޭނުންވާ ރައްކަތެރިކަން އޭނާ އަބަދުވެސް ދެއްވާނެ ކަމަށެވެ.

ރާއްޖެ އެމްވީ | 17 ޖުލައި 2024 | ބުދަ 17:51
ޖަޕާނުގައި ކުރިއަށްދިޔަ ޖީ-20 ލީޑަރުންގެ ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ވާހަކަ ދައްކަވަނީ

ޖަޕާނުގައި ކުރިއަށްދިޔަ ޖީ-20 ލީޑަރުންގެ ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ވާހަކަ ދައްކަވަނީ

އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ވެއްޖެނަމަ ސައުދީ އަރަބިއްޔާ އަބަދުވެސް ހިމާޔަތް ކޮށް ރައްކައުތެރި ކޮށްދެއްވާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އަންނަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ޓިކެޓް ގައި ދެވަނަ ފަހަރަށް އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާ ޓްރަމްޕް ވަނީ އޭނާގެ ރިޔާސީ ފުރަތަމަ ދައުރުގައި 2017 ވަނަ އަހަރު ޒިޔާރަތް ކުރެއްވި ފުރަތަމަ ގައުމު ކަމުގައި ސައުދީ އަރަބިއްޔާ ހައްދަވާފައެވެ.

ބްލޫމްބާގް ބިޒްނަސް ވީކް އަށް ދެއްވި ބަސްދީ ގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ބައިޑްން ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާ ހުޅަނގާ ދުރުކޮށް ޗައިނާ އާ ދިމާއަށް ގެންގޮސްފައެވެ. ސައުދީ އަރަބިއްޔާ މިހާރު އޮތީ އެމެރިކާ އާ އެކު ނޫން ކަމަށާއި، ޗައިނާ އާ އެކުގައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު، އިރާނާ ސައުދީ އަރަބިއްޔާގެ ގުޅުން ހީނަރުވެފައި ވަނިކޮށް، ދެ ގައުމުގެ ގުޅުން އަލުން ގާއިމް ކުރުމަށް މެދުވެރިއެއްގެ ދައުރު ހުސްވި އަހަރު އަދާ ކުރިތަން ފެނުނީ ޗައިނާ އިންނެވެ.

އަނެއްކޮޅުން ބައިޑްން ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާ އިން ރަޝިއާ އާ އެއްކޮޅަށް މަސައްކަތް ކުރާ ކަމުގެ ޝަކުވާ ވެސް ކޮށްފައެވެ.

ބައިޑްން ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ހުސްވި އަހަރުގެ އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް އިންތިޚާބު ފަހި ކޮށްދިނުމުގެ ގޮތުން ސައުދީ އަރަބިއްޔާ އިން ވަނީ ގަސްދު ގައި އެދުވަސް ވަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ޖައްސާފައެވެ.

ޓްރަމްޕްގެ މި ބަސްދީ ގަތުމުގައި ސައުދީ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން އަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވިއެވެ. މި ދިޔަ ހައެއްކަ މަހުގެ ތެރޭގައި ވަލީ އަހްދު އާ ފޯނުން ވާހަކަ ދެއްކެވި ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، އެމެރިކާގައި ތެލާއި ގޭސް އަގު އުފެއްދުން އިތުރު ކުރިއަސް ސައުދީ އަރަބިއްޔާ އިން އަދި ވަލީ އަހްދު މުހައްމަދު ވެސް ކަންބޮޑުވެ ވަޑައިނުގަންނަވާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ، ސައުދީ އަރަބިއްޔާ އަށް ރައްކައުތެރިކަން އަބަދުވެސް ބޭނުން ވާނެ ކަމަށާއި، އެއީ ގުދުރަތީ ގޮތުން ރައްކައުތެރި ކަން ލިބިފައި އޮތް ގައުމެއް ނޫން ކަމަށާއި، އެހެން ކަމުން އޭނާ އަބަދުވެސް ސައުދީ އަރަބިއްޔާ ރައްކައުތެރި ކޮށްދެއްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

31 މާރިޗު 2017
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު