Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ އަސްކަރީ ބޭސް އަކަށް ހަމަލާދިނުން

އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސް އަކަށް ޑްރޯން ހަމަލާތަކެއް ދީފި

ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. މިއީ މިއަހަރު ތެރޭގައި އިރާގުގައި ހުންނަ އެމެރިކާގެ ބޭސް އަކަށް ދިން މިފަދަ ދެވަނަ ހަމަލާއެވެ.

ރާއްޖެ އެމްވީ | 17 ޖުލައި 2024 | ބުދަ 15:22
އިރާގުގެ އަންބާރު ޕްރޮވިންސްގައި ހުންނަ އައިން އަލް އައްސަދު ބޭސްގައި ވައިގެ ހަމަލާތަކުގައި ގެއްލުންލިބުނު ތަނެއް ކައިރީގައި އެމެރިކާ ސިފައިން މަޑުކޮށްލައިގެން

އިރާގުގެ އަންބާރު ޕްރޮވިންސްގައި ހުންނަ އައިން އަލް އައްސަދު ބޭސްގައި ވައިގެ ހަމަލާތަކުގައި ގެއްލުންލިބުނު ތަނެއް ކައިރީގައި އެމެރިކާ ސިފައިން މަޑުކޮށްލައިގެން

އިރާގުގެ އަންބާރު ޕްރޮވިންސްގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސް އަކަށް އަންގާރަ ދުވަހު ޑްރޯން ހަމަލާތަކެއް ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަސްކަރީ ބޭސް އަށް ދެ ޑްރޯން ހަމަލާ ވަނީ އަމާޒުވެފައެވެ. އެހެން ނަމަވެސް މީހަކަށް އަދި އެއްޗަކަށް ވެސް މި ހަމަލާ އިން ގެއްލުމެއް ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ މިއަހަރުގެ ފެބްރުއަރީ މަހު އިރާގުގައި ހުންނަ އެމެރިކާގެ ބޭސްގެ ހަރަކާތްތައް ހުއްޓާލި ކަމަށް އިއުލާން ކުރިފަހުން ދިން ދެވަނަ ހަމަލާއެވެ.

އޭޕްރީމް މަހު ވެސް ވަނީ އިރާގުގެ އައިން އަލް-އަސަދު ބޭސް އަށް ދެ ޑްރޯން ހަމަލާ ދީފައެވެ. އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުގައި ވަނީ އެ ދެ ޑްރޯން އެމެރިކާގެ އަސްކަރިއްޔާ އިން ވައްޓާލި ކަމަށެވެ.

އަންގާރަ ދުވަހު ދިން މި ޑްރޯން ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

އާންމު ގޮތެއްގައި މިފަދަ ހަމަލާތައް އިރާގުގައި ދެމުން އައިސްފައިވަނީ އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓްންސް އިންނެވެ.

އަންގާރަ ދުވަހު މި ހަމަލާ ދީފައިވާއިރު، އަންނަ ހަފްތާގައި، އިރާގުގައި ހަރަކާތްތެރި ވަމުން އައި އެމެރިކާ އާއި އަދި ގުޅިފައިވާ ލަޝްކަރުގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޖެނުއަރީ މަހުގެ ތެރޭގައި އިރާގް ގެ އޮފިޝަލުންނާއި އެމެރިކާގެ އޮފިޝަލުން އެއްބަސްވެފައިވަނީ އިރާގުން އެމެރިކާ ސިފައިން ފޭބުމުގެ ތާވަލެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކޮމިޓީއެއް އެކުލަވާލުމަށެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި

07 ފެބުރުއަރީ 2017
ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު