Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ނަސްރު

ބްރެޒިލްގެ ކީޕަރު ބެންޓޯ އަލް ނަސްރަށް ބަދަލު ވަނީ

އަލް ނަސްރާ އެކު ބެންޓޯ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖުލައި 2024 | ބުދަ 07:41
ބްރެޒިލް ޤައުމީ ޓީމުގައި ހިމެނޭ ގޯލު ކީޕަރު ބެންޓޯ

ބްރެޒިލް ޤައުމީ ޓީމުގައި ހިމެނޭ ގޯލު ކީޕަރު ބެންޓޯ

ބްރެޒިލްގެ ޤައުމީ ޓީމުގެ ގޯލު ކީޕަރު ބެންޓޯ، ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

މީޑީއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އުމުރުން 25 އަހަރުގެ ބެންޓޯ ހޯދުމަށް އަލް ނަސްރުން ކުރި މަސައްކަތުގައި މިހާރު ވަނީ އޭނާ އާއެކު އެއްބަސްވުމަކަށް އާދެވިފަ އެވެ. އެގޮތުން ބެންޓޯ ކުޅެމުން އަންނަ ބްރެޒިލްގެ އެތުލެޓިކޯ ފަރަނައެންސް އަށް 18 މިލިއަން ޔޫރޯ އަލް ނަސްރުން ދައްކާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އަލް ނަސްރުން ބެންޓޯ ހޯދުމުގެ ޑީލް ކާމިޔާބު ކޮށްފައިވާއިރު، އެ ލީގުގެ އަލް އިއްތިހާދުން ވެސް އޭނާ ހޯދުމަށް މަސައްކަތް ކޮށްފައިވެ އެވެ.

ބެންޓޯ އަލް ނަސްރަށް ބަދަލުވާނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން އެ ކުލަބާ އެކު ބެންޓޯ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އަލް ނަސްރަށް ބަދަލުވުމުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ މެޑިކަލްގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބެންޓޯ ފުރިހަމަ ކުރާނެ ކަމަށާއި، އެއަށްފަހު ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބްރެޒިލްގެ ޤައުމީ ޓީމުން ބެންޓޯ އަށް ޖާގަ ލިބުނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އޭރު ބްރެޒިލްގެ ވަގުތީ ކޯޗަކަށް ހުރި ފެނާންޑޯ ޑިނީޒް ވަނީ، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތަކަށް ބްރެޒިލް އިން އެކުލަވާލި ޓީމުގައި އޭނާ ހިމަނައިފަ އެވެ. އެއީ ބޮލީވިއާ އަދި ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. ބްރެޒިލް ޤައުމީ ޓީމުގައި ބެންޓޯ ކުޅުނު އެންމެ ފުރަތަމަ މެޗަކީ މިއަހަރު އިންގްލެންޑާ ދެކޮޅަށް ކުޅުނު ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗެވެ. ދާދި ފަހުން ނިމުނު ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) އަށް ބްރެޒިލް އިން އެކުލަވާލި ސްކޮޑުގައި ވެސް ބެންޓޯ ހިމެނެ އެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް

30 މެއި 2017
އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް
29 މެއި 2017

އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

29 މެއި 2017
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި
17 މެއި 2017

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

17 މެއި 2017
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު