Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލިޓަންގެ މަރުގެ މައްސަލަ

ލިޓަން މޫދަށް ކޮއްޕާލުމަށްފަހު، ދޯނީގައި ހުރި ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ނިޒާމް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ: ޕީޖީ އޮފީސް

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޙައްމަދު މިސްބާޙު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖުލައި 2024 | ބުދަ 07:02
މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު

މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު

ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޙައްމަދު މިސްބާޙުއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ހެކިރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ގޮތެއް ނިންމާފައެވެ. އޭރު ދިފާއީ ވަކީލަށް ލިއެކިއުންތައް ލިބިފައިނުވާތީ ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެއީ 6 ޑިސެމްބަރު 2023 ގައެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ދިފާއީ ވަކީލު ވިދާޅުވީ، ދައުލަތުން އޭޖީ އޮފީހާ ހިއްސާ ކޮށްފައިވާ ލިއެކިއުން ލިބިފައިވާ ކަމަށާއި، ނަމަވެސް އޭގެ ތެރޭގައި ނުހުޅުވޭ ފައިލްވެސް އެބަހުރި ކަމަށެވެ.

ގާޒީ ވަނީ މިހާރު ދޫކޮށްފައިވާ ހުރިހާ ލިއެކިއުންތަކުގެ ސޮފްޓް ކޮޕީއެއް ކޯޓު މެދުވެރިކޮށް ވަކީލަށް ހިއްސާ ކުރެއްވުމަށް އެދިލައްވާފައެވެ.

އެއަށްފަހު ކުރިއަށް ދިޔައީ ދައުލަތުން ދައުވާ ހުށަހެޅުމެވެ.  

މި މައްސަލައިގައި އޭނާގެ މައްޗަށް 3 ދައުވާއެއް ކޮށްފައިވެއެވެ. އެއީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއާއި ވައްކަމުގެ ކުށުގެ ދައުވާ އަދި ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ދައުވާ އިއްވާފައިވާއިރު، ދައުލަތުން ވަނީ އޭނާ ލިޓަން މޫދަށް ކޮއްޕާލާފައިވާކަމަށް ތުހުމަތު ކުރެވޭކަމަށް ބުނެފައެވެ.

އަދި މޫދަށް ވައްޓާލުމަށްފަހު، ދޯނީގައި ހުރި 51،000 ރުފިޔާ ވަގަށް ނަގާފައިވާކަަމަށް އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެއެވެ.

އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ އަތުގައި މަސްތުވާތަކެތި ހުރި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަމުން ނިޒާމް ބުނީ، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރާއިރު، ބަންދު ކުރެވެނީ އެކަށީގެންވާ ތަނެއްގައިތޯ ބެލުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އޭނާ ވަނީ ދައުވާތަކަށް އިންކާރު ކުރާކަމަށްވެސް ބުނެފައެވެ.

އޭނާ ބުނި ގޮތުގައި އޭނާ އިންކާރު ކުރަނީ މި މައްސަލައިގައި ފުލުހުންގެ މައްޗަށް ނުފޫޒުތަކެއް އޮތްކަމަށް އޭނާއަށް ޤަބޫލު ކުރެވޭތީއެވެ. ނަމަވެސް އެ ދައުވާތަކުގައިވެސް އޭނާ އިތުރަށް ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި ވަކީލު އައްޔަނު ވެފައިވަނީ ހަމައެކަނި އެނގި ހުރެ މީހަކު މެރުމުގެ ދައުވާގެ ބައިގައެވެ.

އެހެންކަމުން ގާޒީ ވަނީ ވަކީލެއްގެ ފުރުސަތު ބޭނުންވާނަމަ އަމިއްލައަށް އެ ފުރުސަތަށް އެދި ހުށަހަޅަންޖެހޭނެކަމަށް ވިދާޅުވެފައެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއަށް ޖަވާބުދާރީވުމެވެ.

މައްސަލައިގެ ފަސްފަހަތް:

ލިޓަން އާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ހަބަރެއް ނުވެގެން އެ މީހުން ހޯދަން ފެށީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ހުޅުލެ ނެރު ކައިރިން ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ފެނިފައެވެ.

ނިޒާމް ވެސް ގެއްލިފައިވާކަމަށް ބުނެ ފުލުހުން އޭނާ އާއި ލިޓަން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ގެއްލުނުތާ ތިން ދުވަސް ފަހުން ނިޒާމް ވަނީ ފެނިފައެވެ. އޭނާ މާލެއިން ފެނިގެން ފުލުހުން ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ 3ގައި އޭނާ ހައްޔަރުކޮށްފައެވެ.

އަދި ދޯނީގައި ހުރި ފައިސާ ވަގަށް ނެގިކަމަށްވެސް އޭނާގެ މައްޗަށް ތުހުމަތުކޮށް ދައުވާކޮށްފައިވެއެވެ.

ލިޓަންގެ ހަށިގަނޑު ފެނިފައިނުވި ނަމަވެސް ނިޒާމް ކުރި ކަމަކީ މީހަކު މަރުވެދާނެ ފަދަ ކަމެއް ކަމަށާއި، އެއީ އެނޫން ނަތީޖާއެއް ނުނިކުންނާނެ ކަމެއްކަން ދައުލަތުން ކޯޓުގައި ސާބިތުކޮށްދޭނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އޭނާ ދައްކާފައި ހުރި ވާހަކަތަކާއި، އެހެން ހެކިތަކުން އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު