Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ބަދަލު

ޖަލަށް ދާން އެބަޖެހޭ: ނިޒާރު

11 އޯގަސްޓު 2017 | ހުކުރު 20:43

ރައީސް ޔާމީން މަސައްކަތް ކުރަން އޮތީ އެންމެ ދެ ގޮތް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 11 އޯގަސްޓު 2017 | ހުކުރު 20:43
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެރޭ ބޭއްވި އެއްވުމަށް ފުލުހުން ހުރަސް އަޅަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެރޭ ބޭއްވި އެއްވުމަށް ފުލުހުން ހުރަސް އަޅަނީ

ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ ގައުމީ މަސައްކަތުގެ ތެރެއިން ޖަލަށް ދާންޖެހިއްޖެނަމަ އެކަން ކޮށްގެން ވެސް ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ނިޒާރު ވިދާޅުވިއެވެ.

"ރައްޔިތުންގެ ބަދަލު" ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ މިއަދު ދިވެހި ރާއްޖެ ސިފަކުރެވެނީ ޖަލެއްގެ ގޮތުގައެވެ. ގާނޫނު އަސާސީން ރައްޔިތުންނަން ލިބިދީފައިވާ ހައްގުތައް ރައީސް ޔާމީންގެ ސަރުކާރުން ނިގުޅާއިގަތުމުން، މިނިވަންކަމެއް ނެތް ކަމަށް ނިޒާރު ވިދާޅުވިއެވެ. އެހެންކަމުން ހައްގުތައް ކަށަވަރު ކުރުމަށް، ބާރުތައް ވަކިކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތުގެ ތެރެއިން ހައްޔަރުކޮށް ޖަލަށް ދާން ޖެހިއްޖެނަމަ އެކަން ކޮށްގެން ގެއްލިފައިވާ މިނިވަންކަން އަބުރާ ހޯދަން ޖެހޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.

Advertisement - newsAdvertisement
" މި ފުރުސަތު ދީގެން ތިބި ނަމަ، އަޅުގަނޑުމެން ފަހަތަށް ދާނެ ހިސާބެއް ވެސް ތި ލޮބުވެތި ރައްޔިތުންނަން ފެނިގެން ނުދޭ، ޖަލަށް ދާންޖެހިއްޖެނަމަ، ޖަލަށް ދާން ޖެހިއްޖެނަމަ، ޖަލަށްދާން ތައްޔާރުވެ މިކަން ކުރަން އެބަޖެހޭ، ޖަލަށް ދާން ތައްޔާރު ނުވެއްޖެނަމަ އަޅުގަނޑުމެން ތިބެން ޖެހޭނީ މާ ބޮޑު ޖަލެއްގައި ، މާ ބޮޑު އަނދަ ގޮޑިއެއްގައި، މާ ބޮޑު ކޮއްޓަކަށް އެ ލެވެނީ، މިއީ ސައްކެއް އޮތް ކަމެއް ނޫން" އަލީ ނިޒާރު ވިދާޅުވިއެވެ.

އަލީ ނިޒާރު ވިދާޅުވި ގޮތުގައި ސަރުކާރުން ހިންގާ ކޮންމެ ޕޮރޮޖެކްޓަކީ ވަކި މީހަކަށް މަންފާވާގޮތަށް ކޮރަޕްޝަނުން ހިންގާ ޕްރޮޖެކްޓުތަކެއް ކަމުގެ ތުހުމަތު ކުރެވެއެވެ. އަދި ތަރައްގީގެ ނަމުގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކަކީ ގައުމުތަކުން ލޯން ނައިގައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށާއި، ނަތީޖާއެއްގެ ގޮތުން ދިވެހި ގައުމު ދަރަނިވެރިވެރިވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ބާކީ އޮތް ދޮޅު އަހަރު ދުވަސް އެމަނިކުފާނު ކަންތައް ކުރައްވާނީ ދެ ގޮތަކަށް ކަމަށާއި، އެއީ ދައުރު ނިމުމާއި އެކު ރާއްޖެ ދޫކުރައްވާ ބޭރަށް ވަޑައިގަތުން ކަމަށާއި، ނޫނީ ގަދަބާރުން ވެރިކަން ދިފާއު ކުރެއްވުން ކަމަށް ނިޒާރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެ ހަމަމަގަށް އެޅުވުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދު ކުރާ އާންމު ރައްޔިތުން ގައުމީ ފެންވަރެއްގައި މަސައްކަތް ކުރަންޖެހޭނެ ކަމަށާއި، އެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް