Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު

ރައީސް ވަޑައި ނުގެންނެވީ ކީއްވެ؟

އެތައް ގަޑިއިރުތަކެއް ވަންދެން ގެއެއްގެ ތެރޭގައި ބަޔަކު ތާށިވެފައި ތިބިއިރު، އެމީހުންގެ ޙާލު ބައްލަވާލައްވަން ރައީސުލްޖުމްހޫރިއްޔާ ވަޑައި ނުގެންނެވީ ކީއްވެ ހެއްޔެވެ؟ އެއީ ވެސް ހަމަ އާންމު ދިވެހި ރައްޔިތުން ނޫން ހެއްޔެވެ؟

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2024 | އާދީއްތަ 07:32
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

މިފަހުން ގިނަ މީހުންގެ ސަމާލުކަން ލިބުނު އެއް ހާދިސާ އަކީ، މާލޭގެ ހުދުފިނިފެންމާ ގޭގައި ހިނގައިދިޔަ ކަންތައްތަކުގެ ވާހަކަ އެވެ. ރޭގަނޑު ބަޔަކު ނިދާފައި ތިއްބާ، ފާރެއް ރޭނުމުގެ ސަބަބުން އެ ގޭގައި ތިބި މީހުންނަށް ބޭރަށް ނުނިކުމެވެ ތާށިވެފައި ތިބެން ޖެހުނެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކާއި، ކުޑަ ކުދިން ވެސް ހިމެނެ އެވެ.

އެތައް ވަގުތަކަށް ދެމިގެން ދިޔަ އެ މައްސަލަ އަށް ޙައްލެއް ލިބުނީ އިރު ވެސް އޮއްސުނު ފަހުންނެވެ. ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު، މާލޭ ސިޓީ ކައުންސިލުން ވަނީ ފާރު ތަޅާލައި، ތާށިވެފައިވާ މީހުން ސަލާމަތްކޮށްފަ އެވެ. އެތައް ގަޑިއިރުތަކެއް ވަންދެން އެ ގޭގައި މީހުން ތާށިވެފައި ތިބިއިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ވަނީ އެ ގެއަށް ގޮސް، ތާށިވެފައި ތިބި މީހުންނާ ބައްދަލު ކޮށްފަ އެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވާހަކަ ދައްކައި، ޝުއޫރު ފާޅުކޮށްފައިވާ ބައެއް މީހުންގެ ޝުއޫރުތަކަށް ބަލާއިރު، އެ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ވަޑައި ނުގެންނެވީ ކީއްވެގެންތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ. މީގެ ކުރިން ބޮޑެތި ކަންކަން ހިނގާފައިވާ ސަރަހައްދުތަކަށް، ނުވަތަ ތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިއިރު، ހުދުފިނިފެންމާ ގޭގައި ހާދިސާ ހިނގި ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ވަޑައި ނުގެންނެވީ ކީއްވެތޯ ސުވާލު އުފެއްދި އެވެ.

އެ ސުވާލު އުފައްދަން ޖެހުމުގައި ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. ބޯކޮށް ވާރޭ ވެހި، ބައެއް ގެތަކަށް ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި އެވެ. އެ ގެތަކުގައި ދިރިއުޅުއްވާ އާންމު ރައްޔިތުންގެ ޙާލު ބައްލަވައި، ރައްޔިތުންނާ ވާހަކަ ދައްކާލަަން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި އެވެ. އެހެންވީއިރު، އެތައް ގަޑިއިރުތަކެއް ވަންދެން ގެއެއްގެ ތެރޭގައި ބަޔަކު ތާށިވެފައި ތިބިއިރު، އެމީހުންގެ ޙާލު ބައްލަވާލައްވަން ރައީސުލްޖުމްހޫރިއްޔާ ވަޑައި ނުގެންނެވީ ކީއްވެ ހެއްޔެވެ؟ އެއީ ވެސް ހަމަ އާންމު ދިވެހި ރައްޔިތުން ނޫން ހެއްޔެވެ؟

އެ ރައްޔިތުންގެ ޙާލު ބައްލަވާ ލެއްްވުމާއި، އެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ވަޑައިގެންނެވެން ވާނެ އެވެ. އެމަނިކުފާނު ހުންނެވީ ވެސް ޤައުމުގަ އެވެ. އެ ސަރަހައްދަށް ވަޑައިގެން، އެ ގޭގައި ތިބި ކުޑަ ކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ ޙާލު ރައީސުލްޖުމްހޫރިއްޔާ ބައްލަވަން ވާނެ ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ. ރައްޔިތުންގެ އިޙުސާސްތަކާއި، ވިންދު އެހާ ބޮޑަށް އިނގިލައްވާ ރައީސަކު، އެ ސަރަހައްދަށް ވަޑައި ނުގެންނެވުމުން އެ ވާހަކަ އާންމުން ދައްކާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ސިޔާސީ މީހުންނަށް ރައްޔިތު މީހާ ފެންނަ ދުވަސް ވަރަކީ އިންތިޚާބުގެ ދުވަސް ވަރެވެ. ނުވަތަ އެމީހުންގެ ކޮންމެ ވެސް އެދުމެއް އޮންނަ ދުވަސްވަރެއްގަ އެވެ. އެ ނޫން ދުވަސްވެރެއްގައި ނުވަތަ ދުވަހެއްގައި ރައްޔިތު މީހާ ފެންނަ ކަމަށް ވެސް ނުވަނީ އެވެ. ކުނި ކަހަން މަގު މަތީ ހުންނަ ދައްތަ އާއެކު ކުނި ވެސް ކަހާނެ އެވެ. މަސް ބާނަން ދާ ބޭބެ އާއެކު، މަސް ބާނަން ވެސް ގޮސްދާނެ އެވެ. ގޭގައި ރިހާ ކުރު އޮލަކުރަން ހުންނަ މާމަ އާއެކު، އެ މަސައްކަތް ވެސް ކުރާނެ އެވެ. ޖަނާޒާއެއް އޮތިއްޔާ ބައިވެރި ވެސް ވާނެ އެވެ.

ރައްޔިތުންނާ ގާތްކަން ބޮޑީ އެވެ. އެކަމަކު ދެރައީ، އެ ގާތްކަން އޮންނަނީ އިންތިޚާބު ނިމެންދެކަށެވެ. އިންތިޚާބު ނިމި މަޤާމު ލިބުމުން، ރައްޔިތު މީހަކު އުޅޭ ކަމެއް ވެސް ދެނަ ހުރި ހެއްޔެވެ؟ ފައިވާނުގެ ވަދު ކެނޑި، އެއޮށް ވަރުގަދަ ކަމަށް ބުނި ދާނި ދަނޑި ވެސް ބިނދޭނެ އެވެ. ބޭބެ މަސް ބާނަން ދިޔަ ކަމެއް ވެސް ނޭނގޭނެ އެވެ. ރިހާކުރު އޮލަކުރަން އުޅެނިކޮށް ދިމާވި މާމަ، ވީތަނެއް ވެސް ނޭނގޭނެ އެވެ. ގޭ ދޮށް ކުނި ކަހަން ނިކުމެ އުޅުނު ދައްތަ، ދުނިޔޭ ހުރިތޯ ނުވަތަ ނޫންތޯ ވެސް އިނގޭނީ އަނެއް އިންތިޚާބަށް ދައްތަ ހޯދަން އެ ގެޔަށް ދިޔައީމަ އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
08 ޖެނުއަރީ 2017

ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.

08 ޖެނުއަރީ 2017
ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު