Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލުން ލުބުނާނަށް ހަމަލާ ދިނުން

އިޒްރޭލުން ހަމަލާދީ ލުބުނާނުން ދެ މީހުން މަރާލައިފި

ހަމަލާ ދިނީ ހަނގުރާމަވެރިންނަށް ކަމުގައި އިޒްރޭލުން ބުނާއިރު، މަރުވީ އާންމުންގެ ދެ މީހުން ކަމަށް ލުބުނާނުގެ އޮފިޝަލުން ބުނެއެވެ.

ރާއްޖެ އެމްވީ | 13 ޖުލައި 2024 | ހޮނިހިރު 14:34
އިޒްރޭލުން ދެކުނު ލުބުނާންގެ ދާރު މިނާސް އަށް ދިން ބޮމުގެ ހަމަލާގެ ތެރެއިން

އިޒްރޭލުން ދެކުނު ލުބުނާންގެ ދާރު މިނާސް އަށް ދިން ބޮމުގެ ހަމަލާގެ ތެރެއިން

އިޒްރޭލުން ވައިގެ މަގުން ލުބްނާނަށް ހަމަލާ ދީ އާންމުންގެ ދެ މީހުން މަރާލައިފި ކަމަށް ލުބުނާގެ ސަލާމަތީ އޮފިޝަލުން ބުނެފިއެވެ.

ދެކުނު ލުބުނާންގެ ދާރު މިނާސް އަށް ހޮނިހިރު ދުވަހު ދިން މި ހަމަލާގައި މަރުވީ ގެންގުޅޭ ޖަނަވާރުތަކަށް ފެން ދިނުމަށް ފެން ބަލައި ގޮސް އުޅުނު ދެމީހުންނަށް ކަމަށް ލުބުނާންގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ޑްރޯން ބޭނުން ކޮށްގެން އިޒްރޭލުން ދިން މި ހަމަލާގައި މަރުވީ އާންމުންގެ ދެ މީހުންކަން ލުބުނާންގެ އޮފިޝަލުން ކަށަވަރު ކޮށްދޭއިރު، އިޒްރޭލުން ބުނެފައިވަނީ ހަމަލާ ދިނީ ދެ ހަނގުރާމަވެރިންނަށް ކަމަށާއި އެމީހުން އުޅުނީ އިޒްރޭލަށް ހަމަލާ ދިނުމަށް ކަމަށެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް 500ށް ވުރެ ގިނަ މީހުން ލުބުނާނުން މަރުވެފައިވާ ކަމަށް އޭއެފްޕީ އިން ބުނެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ހިމެނެއެވެ.

ލުބުނާނުގެ ހަނގުރާމަވެރިންގެ ހަމަލާތަކުގައި މި މުއްދަތުގައި އިޒްރޭލުން 29 މީހުން މަރުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އިޒްރޭލުގެ ސިފައިންނެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު