Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލްގެ ބޮޑުވަޒީރުގެ އިތުބާރު ނެތް މައްސަލަ

ނޭޕާލްގެ ބޮޑުވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފި

އަލަށް އެކުލަވާލެވޭ ކޯލިޝަން ސަރުކާރު ވެގެން ދާނީ ރަސްކަން އުވާލި ފަހުން އެގައުމަށް ގެންނަ 14 ވަނަ ސަރުކާރު ކަމުގައެވެ.

ރާއްޖެ އެމްވީ | 12 ޖުލައި 2024 | ހުކުރު 18:27
ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް

ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް

ނޭޕާލްގެ ބޮޑު ވަޒީރު ޕުޝްޕާ ކަމާލް ދަހަލް ގެ އިތުބާރު ނެތް ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ހުކުރު ދުވަހު ފާސް ކޮށްފިއެވެ.

އެއާ އެކު ހަމަ ނުޖެހުންތަކުގެ ތެރޭގައި ހިނގަމުން އައި 20 މަސް ދުވަސްވީ އޭނާގެ ސަރުކާރު ވަނީ ނިމުމަކަށް އައިސްފައެވެ.

މަޖިލީހުގެ މި ވޯޓާއެކު ނޭޕާލްގައި އަނެއްކާވެސް އުފެދެނީ ކޯލިޝަން ސަރުކާރެއް ކަމަށާއި އެ ކޯލިޝަންގެ ވެރިއަކަށް ހުންނަވާނީ ކޭޕީ ޝަރުމާ އޯލީ ކަމަށް ރޮއިޓާސް އިން ބުނެއެވެ.

އޯލީ އަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނޭޕާލްގެ ބޮޑު ވަޒީރު ކަން ކުރައްވާފައިވާ ފަރާތެކެވެ.

ނޭޕާލް 239 އަހަރުވީ ރަސްކަން 2008 ވަނަ އަހަރު ނިމުމަކަށް އައި ފަހުން އެ ގައުމު ފާހަގަ ކުރެވިފައިވަނީ ސިޔާސީ ގޮތުން ހަމަ ނުޖެހުން ބޮޑު ގައުމެއްގެ ގޮތުގައެވެ. އަލަށް އެކުލަވާލެވޭ އޯލީ ގެ ސަރުކާރު ވެގެން ދާނީ ރަސްކަން އުވާލި ފަހުން އެގައުމަށް ގެންނަ 14 ވަނަ ސަރުކާރު ކަމުގައެވެ.

ނޭޕާލް އަކީ އިންޑިއާ އާއި ޗައިނާ އާއެކު ސަރަހައްދީ ރޮނގު ހިއްސާ ކުރާ ގައުމަކަށް ވުމުގެ އިތުރުން، އެ ދެ ގައުމުން ގިނަ އިންވެސްޓްމަންޓް ތަކެއް ކޮށްފައިވާ ގައުމަކަށް ވެފާ ނޭޕާލް ގުދުރަތީ ގޮތުން އޮންނަ ސަރަހައްދުގެ ގޮތުން އިންޑިއާ އިންނާއި ޗައިނާ އިންވެސް އެގައުމުގެ ސިޔާސީ މަސްރަހަށް ޚާއްސަ ޝައުގެއް ބަހައްޓާކަން ސިޔާސީ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.

ބޮޑު ވަޒީރު ދަހަލްގެ އިތުބާރު އޮތްތޯ ބެލުމަށް 275 ގޮނޑީގެ މައްޗަށް އެކުލެވޭ ނޭޕާލުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުން އޭނާގެ އިތުބާރު އޮތް ކަމަށް ވޯޓު ދިނީ ހާޒިރުވެ ތިބި 258 މެމްބަރުންގެ ތެރެއިން އެންމެ 63 މެމްބަރުންނެވެ. އިތުބާރު ނެތް ކަމަށް 194 މެމްބަރުން ވޯޓު ދީފައިވެއެވެ.

ނޭޕާލްގެ ބޮޑުވަޒީރު ކަން ތިން ދައުރެއްގައި ކުރެއްވި އުމުރުން 69 އަހަރުގެ ދަހަލް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެށުނު އޭނާގެ އޭނާގެ 3 ވަނަ ދައުރުގައި، ތިން ފަހަރެއްގެ މަތިން ކޯލިޝަން ޕާޓްނަރުން ބަދަލު ކުރައްވާފައިވެއެވެ. އެއާއެކު އޭނާގެ ތިންވަނަ ދައުރުގެ ތެރޭގައި، ހުކުރު ދުވަހު ނެގި ވޯޓާ އެކު 3 ފަހަރުގެ މަތިން އިތުބާރު އޮތްތޯ މަޖިލީހުގައި ވޯޓް ނަގައިފައި ވެއެވެ.

އައު ސަރުކާރު އެކުލަވާލާ ސަރުކާރުގެ މަސައްކަތް ފަށާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
14 އެޕްރީލު 2017

އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި

14 އެޕްރީލު 2017
އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު