Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޓޯ އިން ޔޫކްރެއިނަށް އެހީ ދޭން އެއްބަސްވުން

43 ބިލިއަން ޑޮލަރުގެ އެހީ ޔޫކްރެއިނަށް ދޭން ނޭޓޯ އިން އެއްބަސްވެއްޖެ

ރަޝިއާ އަކީ ނޭޓޯގެ މެމްބަރު ގައުމުތަކަށް އޮތް އެންމެ ބޮޑު ނުރައްކައު ކަމަށް ބައްދަލުވުމުން ފާސްކުރި ގަރާރުގައި ބުނެފައިވޭ.

ރާއްޖެ އެމްވީ | 11 ޖުލައި 2024 | ބުރާސްފަތި 16:22
ޔޫކޭ ޕްރައިމް މިނިސްޓަރ އާއި ޖޯ ބައިޑްން

ޔޫކޭ ޕްރައިމް މިނިސްޓަރ އާއި ޖޯ ބައިޑްން

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ނޭޓޯ އިން ޔޫކްރެއިނަށް 43 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ދިނުމަށް ނޭޓޯގެ ވެރިން އެއްބަސްވެ ވަޑައިގެންފިއެވެ. މީގެ ތެރޭގައި ފައިޓަރ ޖެޓް އާއި އެއަރޑިފެންސް ސިސްޓަމް ޔޫކްރެއިނަށް ފޯރުކޮށް ދިނުން ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާގެ ވޮޝިންގޓަނުގައި ބުދަ ދުވަހު ބޭއްވި ނޭޓޯ ސަމިޓްގެ ޖޮއިންޓް ކޮމިއުނިކޭގައި ޔޫކްރެއިނަށް އެހީވުމަށް މި ވައުދުގެ ވާހަކަ ހިމެނުމުގެ އިތުރުން ޔޫކްރެއިނަށް އެހީވުމަށް ވަކިވަކި ގައުމުތަކުން ވެސް ވަނީ ޕްލެޖްތައް ކޮށްފައެވެ.

މި ސަމިޓްގައި ނޭޓޯގެ މެމްބަރަކަށް ޔޫކްރެއިން ވުމަށް ވަކި ޓައިމްލައިނަކާ މެދު އެއްބަސްވުމަކަށް އާދެވިފައި ނުވި ނަމަވެސް، ނޭޓޯގައި ހިމެނޭ 32 ގައުމުން ވަނީ ހަނގުރާމައިގައި ޔޫކްރެއިންނަށް ދެގޮތެއް ވުމެއް ނެތި ސަޕޯޓް ދިނުމުގައި ދެމި ތިބޭނެ ކަމަށް ވައުދުވެފައެވެ.

ނޭޓޯގެ މެމްބަރަކަށް ވުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތުގައި ޑިމޮކްރަޓިކް އަދި އިގްތިސާދީ އަދި ސަލާމަތީ ގޮތުން ގައުމީ ފެންވަރުގައި ގެންނަން ޖެހޭ އިސްލާހްތައް ގެނައުމުގައި ޔޫކްރެއިނުން ކުރިއެރުންތަކެއް ހޯދާފައިވާ ކަން ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް ނޭޓޯގެ މެމްބަރަކަށް ޔޫކްރެއިން ހަމަ ޖެހޭނީ އެ ހުރިހާ މިންގަނޑުތަކެއް ފުރިހަމަ ވުމުން ކަމުގައި ބައްދަލުވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، ޔޫކްރެއިނަށް އެހީ ވުމަކީ ސަދަގާތެއް ނޫން ކަމަށާއި އެއީ ހުޅަނގުގެ ގައުމުތަކުގެ އަމިއްލަ މަސްލަހަތުގައި ކުރަން ޖެހޭ ކަމެއް ކަމުގައެވެ.

ރަޝިއާ އިން ޔޫކްރެއިންނަށް އެރި މައްސަލަ ނޭޓޯގެ މިފަހަރުގެ ބައްދަލުވުމުގެ އެންމެ މުހިންމު އައިޓަމްގެ ގޮތުގައި އެޖެންޑާގައި ހިމެނިފައި އޮތް އިރު، މެމްބަރުންގެ އިއްތިފާގުން ފާސް ކުރި ބައްދަލުވުމުގެ ގަރާރުގައި ބުނެފައިވަނީ ރަޝިއާ އަކީ މެމްބަރު ގައުމުތަކުގެ ސަލާމަތައް އޮތް އެންމެ ނުރައްކައުތެރި އެންމެ ބޮޑު ބިރު ކަމުގައެވެ.

ރަޝިއާ އިން ޔޫކްރެއިން ގައި ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިންގެ އަސްކަރީ ގާބިލްކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެފައިވަނީ، އެމެރިކާއިން ބަނދެފައިވާ އެފް-16 ގެ ހަނގުރާމަ މަތީ ޖެޓް ތައް ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް ޑެންމާކް އާއި ނެދަރލޭންޑްސް އިން މިހާރު މަސައްކަތް ކުރަމުން ދާ ކަމުގައެވެ.

މިއީ ޔޫކްރެއިންނަށް މިބާވަތުގެ އެންމެ ޒަމާނީ ފައިޓަރ ޖެޓް ލިބިގެންދާ ފުރަތަމަ ފަހަރެވެ.

ޔޫކްރެއިން އަށް އަސްކަރީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ މަސައްކަތް ތައް ވިލަރެސްކުރާނެ ޔުނިޓެއް އުފެއްދުމަށްވެސް ނޭޓޯގެ ވެރިން ވަނީ މި ބައްދަލުވުމުގައި އެއްބަސްވެ ވަޑައިގެންފައެވެ.

ސަމިޓްގެ ގުޅިފައިވާ ބަޔާނުގައި ޗައިނާ އަށް ވަނީ ވަރަށް ހަރުކަށި އިބާރާތުން ފާޑު ކިޔާފައެވެ. ޗައިނާ އަކީ ރަޝިއާއިން ޔޫކްރެއިނަށް ދޭ ހަމަލާތަކުގެ ވާގިވެރިއެއް ކަމުގައި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. މިއީ ނޭޓޯގެ ގައުމުތަކުން ޗައިނާ އާ މި ހަނގުރާމަ އާ ގުޅުވާ އެންމެ ސީދާކޮށް އެންމެ ހަރުކަށި ބަހުން ފާޑުކީ ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ.

ޗައިނާ އިން ވަނީ މިކަމާ ގުޅިގެން ރުޅިވެރިކަމާއެކު ރައްދު ދީފައެވެ. ޔޫރަޕިއަން ޔޫނިއަންގައި ހުންނަ ޗައިނާގެ މިޝަން އިން ވަނީ، ޗައިނާ އަކީ ނުރައްކަލެއްގެ ގޮތުގައި ދެއްކުމަށް ނޭޓޯ އިން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލާ ކަމަށް ވަނީ ބުނެފައެވެ. ޗައިނާ އިން ބުނެފައިވަނީ ނޭޓޯ އިން ޗައިނާ އެ ގޮތައް ލޭބާލް ކުރުމުގެ ނަތީޖާ އަކީ ކުރިމަތިލުންތަކާ ވާދަވެރިކަން އިތުރުވުމަށް މަގު ފަހިވުން ކަމަށެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ލިން ޖިއާން ބުރާސްފަތި ދުވަހު ބުނީ ނޭޓޯ އިން އިތުބާރު ނުހިފޭ ވާހަކަ ފަތުރައިގެން އުޅެނީ ޗައިނާގެ އަގު ވައްޓާލުމަށް ކަމަށެވެ.

ވޮޝިންގޓަން ގައި ނޭޓޯގެ އަހަރީ ސަމިޓް ބޭއްވުނު އިރު އެ ޖަމާއަތައް 75 އަހަރު ފުރުން ފާހަގަ ކުރެވިގެން ދިޔައެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
25 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

25 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު