Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ބަދަލު

ޝިފާޒުގެ ރައްދު: ހައްޔަރުކޮށްގެން ހުއްޓޭނަމަ މިހާރު ހުއްޓުނީސް

11 އޯގަސްޓު 2017 | ހުކުރު 17:49

ރައްޔިތުން ވައްކަމާ ކޮރަޕްޝަނާ ދެކޮޅު ހަދާނެ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 11 އޯގަސްޓު 2017 | ހުކުރު 17:49
ގުޅިފައިވާ ސިޔާސީ ޕާތީތަކުން ބޭއްވި އެއްވުމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވާހަކަދައްކަވަނީ

ގުޅިފައިވާ ސިޔާސީ ޕާތީތަކުން ބޭއްވި އެއްވުމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވާހަކަދައްކަވަނީ

އިދިކޮޅު ފަރާތްތައް ހިފާ ހައްޔަރުކޮށްގެން ސިޔާސީ ހަރަކާތް ހުއްޓުވޭނަމަ މިހާރު ހުއްޓުވުނީސް ކަމަށްވިދާޅުވެ މީހުން ހައްޔަރުކުރާ މައްސަލާގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރައްދު ދެއްވައިފި އެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ރައީސް ޔާމިން, އަނިޔާވެރިކަން އިސްކޮށްގެން އިދިކޮޅު ހަރަކާތް ހުއްޓުވޭނަމަ އެކަން މީހާރު ހުއްޓުވުނީސް ކަމަށެވެ. ޝިފާޒު ވަނީ އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ހުރިހާ ފަރާތްތަކުން ކުރުމަށް ގޮވާލާފަ އެވެ.

Advertisement - newsAdvertisement

"ހިފާ ހައްޔަރުކޮށްގެން، ޖަލުގައި ބަންދުކޮށްގެން މި ހަރަކާތް ހުއްޓުވޭނަމަ މިހާރު އޮންނާނީ ހުއްޓިފަ. އެހެން ނަމަވެސް ޔަގީންކަމާ ކަށަވަރު ކަމާއެކު މި ދަންނަވަނީ އަނިޔާގެ ކުރިމަތީ އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭނަން." ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ މުހައްމަދު ޝިފާޒް ވިދާޅުވި އެވެ.

ގައުމު އިސްލާހް ކުރުމަށް ނިކުމެ ކުރަން ފެށި މަސައްކަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު މިހާރުވެސް ޖަލަށްލާފައިވާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ރައީސް ޔާމިން ވަނީ ރައްޔިތުންގެ މަޖިލިސް "ތަޅުލާފައި" ކަމަށެވެ. އަދި ރައްޔިތުން ނިކުމެ ވައްކަން ނުކުރުމަށާއި ކޮރަޕްޝަންގެ އަމަލުތައް ނުހިންގެވުމަށް ގޮވާލުން ރައީސް ޔާމިން ދެކިވަޑައިގަންނަވަނީ އެއީ ފަނާކުރުވަނިވި ފިކުރުގެ ގޮތުގައި ކަމަށްވެސް ޝިފާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމިން ފަދަ ވެރިއަކު ހުންނަވައިގެން ފުލުހުންނާއި ސިފައިންގެ މުވައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށް އެ މުވައްސަސާއިން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ޖިނާއީ ތަހްގީގުތަކެއް ދަނީ ހިންގަމުންނެވެ. އަދި ބައެއް މެމްބަރުންގެ މައްޗަށް ޖިނާއީ ދައުވާތައް އުފުލައިގެން ކުރިއަށްދާއިރު ސިޔާސީ އިސް ލީޑަރުންތަކެއްގެ މައްޗަށް މިހާރުވެސް ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވާފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާއިރު އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހުންނެވީ 12 އަހަރު ޖަލު ހުކުމެއްގަ އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޖިނާއީ ދައުވާތަކުގެ ޝަރީއަތް މިހާރު ކުރިއަށް އެބަ ދެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖަލުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިޝްގެ މައްޗަށް ހިންގާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުން ވެސް ކުރިއަށްއެބަ ދެ އެވެ. އޭގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު ވެސް ހުންނެވީ ޖަލުގަ އެވެ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
22 ފެބުރުއަރީ 2017

އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި

22 ފެބުރުއަރީ 2017
އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް