Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން އިސްރާއިލް ހަނގުރާމަ

ގާޒާ ސިޓީން ފަލަސްތީން މީހުން ނުކުތުމަށް މަޖްބޫރު ކުރުމަށް ފަހު، ނުކުމެގެންދާ މީހުން ގަޔަށް މަގުމަތިން ބަޑި ޖަހަނީ

ގަތަރުގައި ސުލްހައިގެ ވާހަކަތައް ކުރިއަށްދާ ކަމަށް ބުނި ނަމަވެސް، އިޒްރޭލުން ގެންދަނީ ހަމަލާތައް ވަރުގަދަ ކުރަމުން

ރާއްޖެ އެމްވީ | 11 ޖުލައި 2024 | ބުރާސްފަތި 10:17
ގާޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ މަގެއްގައި ހަލާކުވެފައިވާ އިމާރާތްތައް ހުރަސްކޮށް ބަޔަކު ހިނގާފައި ދަނީ

ގާޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ މަގެއްގައި ހަލާކުވެފައިވާ އިމާރާތްތައް ހުރަސްކޮށް ބަޔަކު ހިނގާފައި ދަނީ

އިޒްރޭލް ސިފައިންގެ އަމުރަށް ގާޒާ ސިޓީގެ ރައްޔިތުން އެ ސިޓީ ދޫކޮށް ދާން ފެށުމުން، މަގުމަތިން އެމީހުންގެ ގަޔަށް އިޒްރޭލް މީހުން ބަޑިޖަހާ މަރަމުންދާ ކަމަށް އަލްޖަޒީރާ އިން ބުނެފިއެވެ.

އަނެއްކޮޅުން، ތާލަ އަލް-ހަވާ އަށް ޔަހޫދީ ސިފައިން ދިން ހަމަލާގައި ފަލަސްތީނުގެ 30 މީހުން ވަނީ މަރުވެފައިވާ ކަމަށް ގާޒާގެ ސިވިލް ޑިފެންސް ފޯސް ގެ ތަރުޖަމާން އާ ހަވާލާ ދީ އަލް ޖަޒީރާ އިން ހާމަ ކޮށްފައިވެއެވެ.

ގަދަ ކަމުން ގާޒާ ވަޒަންވެރިން އެ ސިޓީން ނެރުމުން މަދުވެގެން 300،000 ފަލަސްތީނު މީހުން ހާލުގައި ޖެހިފައިވާ ކަމަށް އދ. ގެ ތަރުޖަމާނު ވަނީ ބުނެފައެވެ.

ގަޒާގެ ދާޚިލީ ވުޒާރާއިން ބުނާ ގޮތުގައި ގާޒާ ސިޓީން މީހުން ނެރުމަކީ އިޒްރޭލުން ފަލަސްތީން މީހުން ނަފްސާނީ ގޮތުން ބަލި ކަށި ކުރުމަށް ހިންގާ ޖަރީމާއެކެވެ. ވަޒަނުން ނުކުމެގެން އެމީހުން ދާނެ އިތުރު ރައްކާތެރި ތަނެއް ނެތްކަމަށް ދާޚިލީ ވުޒާރާއިން ބުނެއެވެ.

ގާޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައަށް 9 މަސް ފުރިގެން ދިޔައިރު ހަނގުރާމަ ނިމުމަކަށް އަތެވެދާނެ ކަމުގެ އުއްމީދެއް އަދިވެސް ފެންނާކަށް ނެތެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލުމާ ބެހޭ މަޝްވަރާތައް ގަތަރުގައި ކުރިއަށް ދަނިކޮށް ވެސް މިދިޔަ ދެ ދުވަހެއްގެ ތެރޭގައި ގާޒާގެ ސްކޫލް ތަކަށާއި، އދ ގެ އޮފީސްތަކަށް ހަމަލާ ދިނުމުގެ އިތުރުން އެތައް ސަތޭކަ ހާސް ފަލަސްތީން މީހުން އެމީހުންގެ ވަޒަނުން ނެރެ އިޒްރޭލުން ގެންދަނީ ބޭރު ކުރަމުންނެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 38،295 މީހުން ވަނީ މަރުވެފައެވެ. ފަލަސަތީނުން ޒަޚަމްވީ މީހުންގެ އަދަދު 88،241ށް ވަނީ އަރާފައެވެ. ހަމާސްގެ ހަމަލާގައި އެ މުއްދަތުގައި އިޒްރޭލުން މަރުވެފައިވަނީ 1،139 މީހުންނެވެ.

އިތުރަށް ކިޔާލަން

10 މެއި 2020

މަސް ދުވަސް ފަހުން ވުހާން ސިޓީން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެ

10 މެއި 2020
މަސް ދުވަސް ފަހުން ވުހާން ސިޓީން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެ
22 އެޕްރީލު 2020

އޮކްސްފޯޑް ޔުނިވަރސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ބުރާސްފަތި ދުވަހު އަޖުމަ ބަލަނީ

22 އެޕްރީލު 2020
އޮކްސްފޯޑް ޔުނިވަރސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ބުރާސްފަތި ދުވަހު އަޖުމަ ބަލަނީ
06 ސެޕްޓެމްބަރު 2019

ފަލަސްތީންގެ ރެފިއުޖީން ކެނެޑާގެ ހިމާޔަތަށް އެދެފި

06 ސެޕްޓެމްބަރު 2019
ފަލަސްތީންގެ ރެފިއުޖީން ކެނެޑާގެ ހިމާޔަތަށް އެދެފި
05 އޯގަސްޓު 2019

ސަލާމަތީ ގޮތުން ނުރައްކާ އޮތުމުން ކަސްމީރުން ޓުއަރިސްޓުން ނުކުތުމަށް އިންޑިއާއިން އަންގައިފި

05 އޯގަސްޓު 2019
ސަލާމަތީ ގޮތުން ނުރައްކާ އޮތުމުން ކަސްމީރުން ޓުއަރިސްޓުން ނުކުތުމަށް އިންޑިއާއިން އަންގައިފި
25 މެއި 2019

ސީރިއާގެ ރެފިއުޖީން އަނބުރާ ދިއުމަށް މަޖްބޫރު ކުރާކަމުގެ ތުހުމަތުތައް ލުބްނާންއިން ދޮގުކޮށްފި

25 މެއި 2019
ސީރިއާގެ ރެފިއުޖީން އަނބުރާ ދިއުމަށް މަޖްބޫރު ކުރާކަމުގެ ތުހުމަތުތައް ލުބްނާންއިން ދޮގުކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު