Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އިސްރާއީލާ އެކު ފަލަސްތީން މައްސާލައިގައި ނެގޯޝިއޭޓް ކުރުމަކީ މައާފު ނުކުރެވޭނެ ގޯހެއް: އިރާނުގެ ރޫހީ ލީޑަރު

ސައުދީގެ ވަލީއަހުދު ވިދާޅުވެފައި ވަނީ އިސްރާއީލުގެ ރައްޔިތުންނަށް ސުލްހަވެރިކަމާ އެކު އެބައިމީހުންގެ ބިމުގައި ދިރިއުޅުމުގެ ހައްގު އޮންނާނެ ކަަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 5 އެޕްރީލު 2018 | ބުރާސްފަތި 14:36
އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ

އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ

އިސްރާއީލާ އެކު ފަލަސްތީނުން މައްސާލާގައި ނެގޯޝިއޭޓް ކުރުމަކީ "މައާފު ނުކުރެވޭނެ ގޯހެއް" ކަމަށް އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.

އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ރަސްމީ ވެބްސައިޓްގައި ބުދަ ދުވަހު އާންމު ކުރި ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވީ "ދޮގުހަދާ، މަކަރު ހަދާ އިސްރާއީލާ އެކު ނެގޯޝިއޭޝަނަކަށް ދިއުން ނުވަތަ އެފަދަ އެއްވެސް ކަމަކަށް މަގުފަހިވާނެ ކަމެއް ކުރުމަކީ މައާފު ނުކުރެވޭނެ ގޯހެއް" ކަމަށާއި އަދި ފަލަސްތީނު ރައްޔިތުންނަށް ލިބެން އޮތް ނަސްރު ނުވަތަ ކާމިޔާބީ ފަހަތަށް ދާނެ ކަމެއް ކަމަށެެވެ.

ވަކި މުސްލިމު ގައުމެއްގެ ނަން ބަޔާންނުކޮށް ހާމަނާއީގެ ބަޔާނުގައި އިތުރަށް އެމަނިކުފާނު ވިދާޅުވީ ފަލަސްތީނު ރައްޔިތުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް "ދެކޮޅުހެދުމުގެ ގޮތުން ހިންގާ ހަރަކާތްތަކަށް" އެހީވުމަކީ ހުރިހާ މުސްލިމުންގެ ޒިންމާއެއް ކަމަށާއި އަދި ފަލަސްތީނުގެ ހަމާސް ޖަމާއަތަށް އިރާނުން ތާއިދު ކުރުން މަތީ ދެމިތިބޭނެ ކަމަށެވެ.

ހާމަނާއީ ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ތާއިދު ހާމަކުރެއްވި އިރު ދާދިފަހުން ސައުދީގެ ވަލީއަހުދު އަދި ސައުދީ ރަސްގެފާނުގެ ދަރިކަލުން އަދި ތަޚުތައް އަރާވަޑައިގަންނަވަން ތައްޔާރަށް ހުންނެވި މުހައްމަދު ބިން ސަލްމާން ވިދާޅުވެފައި ވަނީ އިސްރާއީލުގެ ރައްޔިތުންނަށް ސުލްހަވެރިކަމާ އެކު އެބައިމީހުންގެ ބިމުގައި ދިރިއުޅުމުގެ ހައްގު އޮންނާނެ ކަަމަށެވެ. އެމެރިކާގެ މަޖައްލާއެއް ކަމަށްވާ "ދި އެޓްލާންޓިކް މެގަޒިން" އަށް އުމުރުން 32 އަހަރުގެ މުހައްމަދު ވިދާޅުވީ "ކޮންމެ ބަޔަކަށް ވެސް އެ ބަޔަކަށް ލިބިފައިވާ ގައުމެއްގައި ހަމަޖެހިގެން އުޅުމުގެ ހައްގު އޮންނަންވާނެ" ކަމަށެވެ. މީގެ އިތުރުން މުހައްމަދު ބިން ސަލްމާން ވިދާޅުވެފައި ވަނީ "ގުދުސްގައި ހުރި މުސްލިމުންގެ މުގައްދަސް މިސްކިތާއި އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ މެދު ކަންބޮޑުވުން އެބަ އޮތް ކަމަށާއި އެކަމާ މެދު ދެބަސްވުމެއް ނެތް،" ކަމަށެވެ.

ސައުދީ ވަލީއަހުދުގެ ވާހަކަފުޅާ ގުޅިގެން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލް އަޒީޒް ވިދާޅުވެފައި ވަނީ ފަލަސްތީނުގެ އަމިއްލަ ދައުލަތަކަށް ތާއީދު ކުރައްވާ ކަމަށާއި އަދި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ލިބިދޭން ޖެހޭ ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ސައުދީ ރަސްގެފާނު ކުރައްވާ ތާއިދު ހާމަކުރައްވަމުން، ސައުދީ ދައުލަތުގެ ރަސްމީ ނޫސް އެޖެންސީ އެސްޕީއޭ އިން އާންމުކުރި ސައުދީ ރަސްގެފާނުގެ ބަޔާނެއްގައި ވަނީ "ސައުދީ ރަސްގެފާނު ހުންނެވީ ދެގޮތެއް ނުވެ ފަލަސްތީނުގެ ރައްޔިތުންނާ އެކީގައި" ކަމަށެވެ. އަދި "ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ލިބެން ޖެހޭނެ" ކަމަށާއި އަދި "ފަލަސްތީނުގެ ވެރިރަށަކީ ޖެރޫސަލަމް އަށް ވާން ޖެހޭ" ކަމަށެވެ.

ސައުދީ އަރަބިއްޔާއަކީ ރަސްމީ ގޮތުން، އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ގައުމެއް ނޫނެވެ. އެހެންނަމަވެސް ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްރާއީލާ ބެހޭ ގޮތުން ވިދާޅުވެފައިވާ ބަސްފުޅުން ދެގައުމުގެ ގުޅުން ރަނގަޅުވަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ

ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ

09 ޖޫން 2017
ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން

ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން

08 ޖޫން 2017
އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

31 މެއި 2017
މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

15 މެއި 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު