Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ވެކްސިންގެ އަޖުމަބެލުން

އޮކްސްފޯޑް ޔުނިވަރސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ބުރާސްފަތި ދުވަހު އަޖުމަ ބަލަނީ

ވެކްސިން އުފެއްދުމަށް އިނިގިރޭސި ސަރުކާރުން 24 މިލިއަން ޑޮލަރު ޚަރަދުކުރާނެ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 22 އެޕްރީލު 2020 | ބުދަ 00:48
ވެކްސިން ސާމްޕަލްއެއް

ވެކްސިން ސާމްޕަލްއެއް

އިނގިރޭސި ވިލާތުގެ މަޝްހޫރު އޮކްސްފޯޑް ޔުނިވަރސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން އަޖުމަ ބެލުމުގެ ހުއްދަ އެޤައުމުގެ ސަރުކާރުން ދީފިއެވެ.

އިނގިރޭސި ވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޑް ހެލްތު ކެއަރ މެޓް ހެންކޮކް ވިދާޅުވީ، ކޮވިޑް-19 އަށް ވެކްސިންއެއް އުފެއްދި އޮކްސްފޯޑްގެ ފަންނީ ޓީމުގެ މަސައްކަތް ސަރުކާރުން ބަލައިގަންނަކަމަށެވެ. އަދި އެޓީމުން އެހާ އަވަސް ފުރުޞަތެއްގައި މިފަދަ ކުރިއެރުމެއް ހޯދާފައިވާތީ އެކަމަށް ވަނީ ތަޢުރީފު ކުރައްވާފައެވެ.

މެޓް ވިދާޅުވީ މި ވެކްސިން އުފެއްދުމަށް ކުރަންޖެހޭ ހުރިހައި ހޭދައެއް ކުރަން ސަރުކާރުން ތައްޔާރަށް އޮތްކަމަށެވެ. އަދި ވެކްސިންގެ އަޖުމަ ބެލުމުގެ މަރުހަލާ ކާމިޔާބުވެއްޖެނަމަ، އެ އުފައްދަން އިންވެސްޓްކޮށް، އިގިރޭސި ރައްޔިތުންނަށް ވީހާވެސް އަވަހަށް ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން ބޭނުންވާކަމަށެވެ. އަދި އެންމެ ފުރަތަމަ ކާމިޔާބުކަމާއެކު ނުރައްކާތެރި ވައިރަސްއަށް ވެކްސިން އުފެއްދުނު ޤައުމުގެ ފަޚުރު އިނގިރޭސިވިލާތައް ލިބިގެން ދިއުމަކީ ސަރުކާރުން މިކަމަށް ހޭދަކުރާނެ އެއްކަމެއްގެ ގޮތުގައި އޭނާވަނީ ސިފަކުރައްވާފައެވެ.

މިހާރު އިގިރޭސި ސަރުކާރުން ހަމަޖައްސާފައިވާގޮތުންނަމަ، އޮކްސްފޯޑް ޔުނިވަރސިޓީގެ ޓީމަށް 24 މިލިއަން ޑޮލަރު ޚަރަދުކުރާނެއެވެ. އަދި އިތުރު ވެކްސިންއެއް އުފައްދަން މަސައްކަތްކުރަމުންދާ އިމްޕީރިއަލް ކޮލްޖުގެ ސައިންޓިސްޓުންގެ ޓީމަށް 22.5 މިލިއަން ޕައުންޑް ހޭދަކުރާނެއެވެ.

އޮކްސްފޯޑުގެ ޓީމުން ކުރިން އަންދާޒާކޮށްފައިވަނީ އިންސާނުންނަށް ވެކްސިންގެ އަޖުމަ ބެލުމުގެ މަރުޙަލާ ކާމިޔާބު ވެއްޖެނަމަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1 މިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމަށެވެ. ކޮވިޑް-19 އަށް ވެކްސިން އުފެއްދުމަށް މަސައްކަތް ކުރަމުންދާ އޮކްސްފޯޑު ޔުނިވަސިޓީގެ ޕްރޮޖެކްޓަކީ އެ ޔުނިވަރސިޓީގެ ޖެނަރސް އިންސްޓިޓިއުޓާއި، އޮލްސްފޯޑް ވެކްސިން ގްރޫޕް ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން، މާރޗް މަހު ވަނީ ކްލިނިކަލް ޓްރަޔަލް ގައިބައިވެރިވާން ބޭނުންވާ އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ ޞިއްޙަތު ރަނގަޅު މީހުންނަށް ފުރުޞަތު ހުޅުވާލާފައެވެ. ވެކްސިން އުފެއްދުމުގެ މަސައްކަތް ފެބްރުއަރީ މަހު ފަށާފައިވާއިރު، އަންނަ ބުރާސްފަތި ދުވަހު ވޮލަންޓިއަރކުރި މީހުން ބޭނުންކޮށްގެން އިންސާނުންގެ ހަށިގަނޑުގައި ވެކްސިން އަޖުމަ ބެލުމުގެ މަރުޙަލާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިކަން އިނގިރޭސި ސަރުކާރުންވެސް ވަނީ އަންގާރަ ދުވަހު އިޢުލާނުކޮށްފައެވެ.

މާރޗްމަހު ވެކްސިންއާއި ބެހޭ ގޮތުން އޮކްސްފޯޑް ޔުނިވަރސިޓީގެ ޖެނަރ އިންސްޓިޓިއުޓްގެ ޑިރެކްޓަރ އެޑްރިއަން ހިލް ވިދާޅުވެފައިވަނީ އޮކްސްފޯޑްގެ ޓީމަކީ މިފަދަ ބަލިބައްޔަށް ވެކްސިން އުފެއްދުމުގެ ޤާބިލުކަން ލިބިގެންވާ ޓީމެއް އޮތް ތަނެއްކަމަށާއި، 2014 ވަނަ އަހަރު އެފްރިކާ ބައްރުގައި ފެތުރުނު ނުރައްކާތެރި އެބޯލާ ވައިރަސްއަށް އެޔުނިވަރސިޓީން އުފެއްދި ވެކްސިން މިކަމުގެ ހެއްކަކަށް ފުދޭ ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19 އަށް ވެކްސިންއެއް އުފެއްދުމަކީ ކުރިމަތިވެފަ އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2020

ކޯރޯނާވައިރަހަށް އެންމެ އަވަހަށް ވެކްސިންއެއް ތައްޔާރުވާނީ 2021 ގައި

08 ފެބުރުއަރީ 2020
ކޯރޯނާވައިރަހަށް އެންމެ އަވަހަށް ވެކްސިންއެއް ތައްޔާރުވާނީ 2021 ގައި
27 ޖެނުއަރީ 2020

ކޮރޯނާއަށް އެންމެ އަވަހަށް ވެކްސިންއެއް އުފެއްދޭނީ 6 މަހާއި 1 އަހަރު ދުވަހާ ދޭތެރޭގައި!

27 ޖެނުއަރީ 2020
ކޮރޯނާއަށް އެންމެ އަވަހަށް ވެކްސިންއެއް އުފެއްދޭނީ 6 މަހާއި 1 އަހަރު ދުވަހާ ދޭތެރޭގައި!
30 ޑިސެމްބަރު 2019

ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވެ، ޕާކިސްތާނުގައި ޕޯލިއޯ ފެތުރެނީ

30 ޑިސެމްބަރު 2019
ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވެ، ޕާކިސްތާނުގައި ޕޯލިއޯ ފެތުރެނީ
12 މާރިޗު 2019

ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި

12 މާރިޗު 2019
ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި
02 ޑިސެމްބަރު 2018

އިރާނުން އަމިއްލައަށް އުފެއްދި ހަގުރާމަމަތީ މަނަވަރު ދައްކާލައިފި

02 ޑިސެމްބަރު 2018
އިރާނުން އަމިއްލައަށް އުފެއްދި ހަގުރާމަމަތީ މަނަވަރު ދައްކާލައިފި
28 ޖުލައި 2018

ޖަޕާނުން އުފެއްދި މޮބައިލް މިސްކިތަށް މުސްލިމުން މަރުހަބާ ކިޔައިފި

28 ޖުލައި 2018
ޖަޕާނުން އުފެއްދި މޮބައިލް މިސްކިތަށް މުސްލިމުން މަރުހަބާ ކިޔައިފި
21 މެއި 2018

އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި

21 މެއި 2018
އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް