Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާ - ލުބްނާން

ސީރިއާގެ ރެފިއުޖީން އަނބުރާ ދިއުމަށް މަޖްބޫރު ކުރާކަމުގެ ތުހުމަތުތައް ލުބްނާންއިން ދޮގުކޮށްފި

ސީރިއާ ރެފިއުޖީން އަނބުރާ ގައުމަށް ދާން އެއްބަސްވާކަމުގެ ފޯމެއްގައި ލުބްނާންގެ ކަމާބެހޭ ފަރާތަތްކުން ސޮއި ކުރަން މަޖްބޫރު ކުރުވަމުންދާކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ތުހުމަތުކޮށްފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 25 މެއި 2019 | ހޮނިހިރު 19:03
ލުބްނާންގައި ހުންނަ ރެފިއުޖީ ކޭމްޕް ސައިޓެއް

ލުބްނާންގައި ހުންނަ ރެފިއުޖީ ކޭމްޕް ސައިޓެއް

ސީރިއާގެ ރެފިއުޖީން އަނބުރާ ދިއުމަށް މަޖްބޫރު ކުރާ ވާހަކަ ލުބްނާންގެ ސެކިއުރިޓީ އޮފިޝަލުން ދޮގުކޮށްފިއެވެ.

'ހިއުމަން ރައިޓްސް ވޮޗް' އިން ހުކުރު ދުވަހު އާންމު ކުރި ރިޕޯޓެއްގައި ސީރިއާގެ ރެފިއުޖީން އަނބުރާ ގައުމަށް ދާން އެއްބަސްވާކަމުގެ ފޯމެއްގައި ލުބްނާންގެ ކަމާބެހޭ ފަރާތަތްކުން ސޮއި ކުރަން މަޖްބޫރު ކުރުވަމުންދާކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އަދި މިގޮތަށް މަދުވެގެން 16 މީހެއް ލައްވާ ސޮއިކުރުއްވާފައިވާކަން އެނގިފައިވާކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެތަނުން ފަސް މީހުންނަކީ ލުބްނާންގައި ރަޖިސްޓަރވެފައިވާ ރެފިއުޖީންނަށްވާއިރު، 13 ފަރާތެއް ސީރިއާއަށް އަނބުރާ ދިއުމުން އަނިޔާ ނުވަތަ ދައުވާކޮށްފާނެ ކަމުގެ ބިރުއޮތްކަމަށް ބުނެފައިވާކަމަށް 'ހިއުމަން ރައިޓްސް ވޮޗް'އިން ބުންޏެވެ.

ނަމަވެސް، ލުބްނާންގެ ޖެނެރަލް ސެކިއުރިޓީ ޑައިރެކްޓަރޭޓްއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ލުބްނާންގެ 'އެންއެންއޭ ނިއުސް އޭޖެންސީ'އަށް ދިން ބަޔާނެއްގައި އެ އިދާރާއިން ބުނީ، ސީރިއާއިން ލުބްނާންއަށް ދާ ކޮންމެ ފަރާތެއްގެ ފުރިހަމަ ވާން ޖެހޭ ކަންތައްތަކެއް ހުންނާނެކަމަށާއި، އެ ނޫންނަމަ ނުވަތަ އެހެން ސަބަބަކާ ހުރެ ނަމަވެސް އެ މީހުން ގައުމަށް އަނބުރާ ދާން ބޭނުންވެއްޖެ ނަމަ ފޯމެއްގައި ސޮއި ކުރަންޖ ޖެހޭކަމަށެވެ.

މީގެ އިތުރުން، ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވުމަށް ބައިނަލްއަގްވާމީ ޖަމިއައްޔާތަކާ އެކު މަސައްކަތް ކުރަމުންދާކަމަށް އެ އިދާރާއިން ފާހަގަ ކުރިއެވެ.

ނަމަވެސް، ލުބްނާންއިން އެންމެ ފަހުން ފޮނުވާލާފައިވާ ސީރިއާ ރެފިއުޖީންތައް ބުނެފައިވާ ގޮތުގައި އެ ގައުމުގެ ސެކިއުރިޓީ އޭޖެންސީން ވަނީ އެމީހުންނަށް އެއާޕޯޓްގައި ވެސް "ޕްރެޝަރ"ތަކެއް ކޮށްފައެވެ.

ސީރިއާގައި 2011ގައި ފެށުނު ދާހިލީ ހަނގުރާމައަށް ފަހު ލުބްނާންއިން ވަނީ 1.5 މިލިއަން ސީރިއާ ރެފިއުޖީންއަށް ހިމާޔަތް ދީފައެވެ. މިހާރު ސީރިއާގެ ބައެއް ސަރަހައްދުތަކުގައި ހަނގުރާމަތައް ހުއްޓިފައިވާކަމަށް ރިޕޯޓް ކުރެވިފައިވާ އިރު، އދ އިން ނިންމާފައިވަނީ އެއްވެސް ރެފިއުޖީއަކަށް އަނބުރާ ގައުމަށް ދިއުމަށް މަޖްބޫރު ނުކުރުމަށެވެ.

ސެކިއުރިޓީ ރިޕޯޓަށް ހަވާލާދީ 'އެންއެންއޭ ނިއުސް އޭޖެންސީ'ން ރިޕޯޓް ކުރާ ގޮތުގައި މޭ މަހުގެ 7ން 20އާ ހަމައަށް ލުބްނާނުންވަނީ 301 ސީރިއާ ރައްޔިތުން އަނބުރާ ފޮނުވާލާފައެވެ.

ސީރިއާގެ ދާހިލީ ހަނގުރާމާގައި 370،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އެތައް މިލިއަން މީހުންނެއް ވަނީ ގެދޮރު ނެތި ހާލުގައި ޖެހިފައެވެ.

އިތުރަށް ކިޔާލަން

05 މެއި 2017

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް
17 އެޕްރީލު 2017

އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް

17 އެޕްރީލު 2017
އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
03 މާރިޗު 2017

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު