Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިހުރު ހެދި މައްސަލަ

ޝަމްނާޒް ސިހުރުު ހެދިކަމަށް ދެކެވޭ ވާހަކަތަކުގެ ފަހަތުގައި އަޑި ނޭނގޭ ބޮޑު ޕްލޭނެއް؟ ރަމީޒް އާ ދެކޮޅަށް ބަޔާން ދިނުމަށް އޮފަރތަކެއް

އާދަމް ރަމީޒް ޖިނާއީ ކުށެއްގެ ތުހުމަތުގައި ބައްދާލުމަށް ޝަމްނާޒަށް "އޮފަރ" އަންނަމުން ދާކަމަށް އޭނާގެ ވަކީލު ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖުލައި 2024 | ބުދަ 13:05
ޝަމްނާޒް އާއި ރަމީޒް

ޝަމްނާޒް އާއި ރަމީޒް

ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ބަންދުގެ މުއްދަތު އަނެއްކާވެސް މިވަނީ ޖަހާފައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޝަމްނާޒުގެ ވަކީލު އަލީ ޝާހު ވިދާޅުވީ، އޭނާ ހައްޔަރު ކޮށްފައިވަނީ އެއްވެސް ޤާނޫނީ އަސާސެއް އަދި ތުހުމަތެއް ނެތި ކަމަށެވެ. އެގޮތުން އޭނާ ހައްޔަރު ކޮށްފައިވަނީ ހަމައެކަނި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ.

އޭނާ ވިދާޅުވީ، މި މައްސަލައިގައި ސިހުރު ހެދި މީހެއް، އަދި ސިހުރު އަމާޒުވި މީހެއް އެނގޭކަށް ނެތް ކަމަށެވެ. 

އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ދެމަފިރިން ގާތް ކުރުމަށް/ދުރު ކުރުވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތެވެ. އޭނާގެ ވަކީލު ވިދާޅުވި ގޮތުގައި ރައީސް ޑރ މުޙައްމަދު މުއިއްޒަށް ނުވަތަ ސަރުކާރުގެ އެނޫންވެސް ވެރިއަކަށް ސިހުރު ހެދިކަމުގެ އެއްވެސް ތުހުމަތެއް އޭނާގެ މައްޗަކަށް ކުރެވިފައެއް ނެތެވެ.

ވަކީލު ވިދާޅުވި ގޮތުގައި މި މައްސަލަ ފެންމަތިވީ މީގެ އެތައް އަހަރެއް ކުރިން ޝަމްނާޒުގެ ކޮށްކޮ ސަނާއަށް ނިދުމުގެ ދަތިތަކާ ކުރިމަތިވެ، ބެލި ބެލުމުން އޭނާއަށް ސިހުރުގެ އުނދަގޫތަކެއް ވާކަމަށް ބެލެވި، ރުޤްޔާ ކޮށްފައިވާތީއެވެ. ސަނާއާއި، ރުޤްޔާ ކޮށްދިން މީހާއަކީ މި މައްސަލައިގައި ދެން ހައްޔަރުކުރި 2 މީހުންނެވެ.

ޝާހު ވިދާޅުވީ، މި މައްސަލައިގެ މުއްދަތު މަޖިލިސް ސިއްރު ކޮށްގެން ގެންދިއުމަކީވެސް ދިފާއުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން މުއްދަތު މަޖިލީހުން ސިއްރު ކޮށްފައިވަނީވެސް ފުލުހުންގެ އެދުމުގެ މަތިންކަން ޝާހު ފާހަގަ ކުރެއްވިއެވެ.

ޝާހު ވިދާޅުވީ، މިއީ ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ނޫން ކަމަށާއި، ނަމަވެސް 3 ފަހަރުވެސް މުއްދަތު މަޖިލިސް ސިއްރު ކޮށްފައިވަނީ ސަރުކާރުން ނުވަތަ ފުލުހުން އެދިގެންކަމަށެވެ.

މި މަޖިލިސްތަކުގައި ޝަރީއަތުގެ މަޖިލީހަށް ވަނުން ހުއްދަ ނެތް ފަރާތްތަކުންވެސް ބައިވެރިވާ ކަމަށާއި، އެގޮތުން ސްޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ޝަރީއަތުގެ މަޖިލީހުން ފެންނަ މަންޒަރު ކޯޓުގެ ވީޑިއޯ ރެކޯޑިންގ ތަކަށް އަރާފައި ހުންނާނެކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، ޝަމްނާޒު ބަންދުގައި ހުއްޓައި އޭނާގެ ކުރީގެ ފިރިމީހާ އާދަމް ރަމީޒް ޖިނާއީ ކުށެއްގެ ތުހުމަތުގައި ބައްދާލުމަށް އޭނާއަށް "އޮފަރ" އަންނަމުންދާ ކަމަށާއި، ރަމީޒާ ދެކޮޅަށް ބަޔާން ދީފިނަމަ އޭނާ ސަލާމަތްވާނެކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ސިހުރު ހެދިކަމަށް ތުހުމަތުކޮށް، ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް އަދި އެމަނިކުފާނުގެ އާއިލާ އިން ވެސް އެއްވެސް މައްސަލަ އެއް ހުށަހަޅާފައި ނުވާކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް މިއީ ސިޔާސީ ކަމެއް ކަމަށް ބުނެ އާއްމުންނާއި ސިޔާސީ ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2024

ރާއްޖެ، އިންޑިއާ - މަޝްވަރާތަކުގައި ދެކެވޭ ވާހަކަތައް ސާފު ނުވެ އޮޅުންބޮޅުން ބޮޑުވަނީ

19 ޖެނުއަރީ 2024
ރާއްޖެ، އިންޑިއާ - މަޝްވަރާތަކުގައި ދެކެވޭ ވާހަކަތައް ސާފު ނުވެ އޮޅުންބޮޅުން ބޮޑުވަނީ
09 ފެބުރުއަރީ 2022

ދޫނިތަކާއެކު، ކިނބުލާއި ކުކުޅާއި، ކާޅާއި ވެލާ މަރާ ވާހަކަތަކުގެ އަޑުވެސް ގަދަވެއްޖެ

09 ފެބުރުއަރީ 2022
ދޫނިތަކާއެކު، ކިނބުލާއި ކުކުޅާއި، ކާޅާއި ވެލާ މަރާ ވާހަކަތަކުގެ އަޑުވެސް ގަދަވެއްޖެ
31 ޖުލައި 2020

ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި ކަޝްމީރަށް އެއް އަހަރު، އޭރު ދެއްކި ވާހަކަތަކުގެ ހަގީގަތަކީ ކޮބާ؟

31 ޖުލައި 2020
ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި ކަޝްމީރަށް އެއް އަހަރު، އޭރު ދެއްކި ވާހަކަތަކުގެ ހަގީގަތަކީ ކޮބާ؟
15 ޖުލައި 2020

އަދީބުގެ ޤާނޫނީ ވަކީލަކަށް މިހާރުގެ ޕީޖީ އުޅުއްވި ކަމަށް ދެކެވޭ ވާހަކަ: ކަން ހިނގާ ދިޔައީ ކިހިނެއް؟

15 ޖުލައި 2020
އަދީބުގެ ޤާނޫނީ ވަކީލަކަށް މިހާރުގެ ޕީޖީ އުޅުއްވި ކަމަށް ދެކެވޭ ވާހަކަ: ކަން ހިނގާ ދިޔައީ ކިހިނެއް؟
31 ޖެނުއަރީ 2020

ވޫހާން މޭޔަރ ވިދާޅުވަނީ ކޮރޯނާވައިރަސްއާއި ބެހޭ މަޢްލޫމާތު ނުދެވިގެން އުޅެނީ ބެއިޖިންގއާ ހެދިކަމަށް

31 ޖެނުއަރީ 2020
ވޫހާން މޭޔަރ ވިދާޅުވަނީ ކޮރޯނާވައިރަސްއާއި ބެހޭ މަޢްލޫމާތު ނުދެވިގެން އުޅެނީ ބެއިޖިންގއާ ހެދިކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު