Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ސައުތުގޭޓްގެ ޔަގީންކަން: "މިތިބީ ހުރިހާ ޙާލަތަކަށް ތައްޔާރުވެގެން"

10 ޖުލައި 2024 | ބުދަ 06:49

ކުއާޓާ ފައިނަލް މެޗުގައި އިންގްލެންޑުން ދެއްކި ކަހަލަ ކުޅުމެއް ދައްކައިފި ނަމަ، އިންގްލެންޑުން ބޭނުންވާ ގޮތަށް އިތުރު ފިޔަވަޅެއް ކުރިއަށް ޖެހިލެވޭނެ ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖުލައި 2024 | ބުދަ 06:49
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް

އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗަށް ނިކުންނައިރު، އިންގްލެންޑު އޮތީ ހުރިހާ ޙާލަތަކަށް ތައްޔާރުވެގެން ކަމުގެ ޔަގީންކަން އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ދީފި އެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ މުބާރާތުގެ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި އިންގްލެންޑު ނިކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. އެ މެޗަށް އިންގްލެންޑު ނިކުންނައިރު، އެ ޓީމުން ވަނީ މީގެ ކުރިން އަމިއްލަ ޤައުމުގައި 2021 ވަނަ އަހަރު އޮތް މުބާރާތުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. މިއަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅެ، މުބާރާތުގެ ތަށި އުފުލާލުމަކީ އިންގްލެންޑު އަދި ސައުތުގޭޓް ވެސް އެންމެ ބޭނުންވާ ކަންތަކެވެ.

ނެދަލެންޑްސް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން އަކީ ވަރަށް ތަޖުރިބާ ހުރި ކޯޗެއް ކަމަށެވެ. އޭނާގެ އިރުޝާދުގެ ދަށުން ނެދަލެންޑްސް އިން ވެސް ދައްކަމުން އަންނަނީ ރަނގަޅު ކުޅުމެއްކަން އޭނާ ފާހަގަ ކުރި އެވެ. އެހެން ނަމަވެސް، މުބާރާތުގެ ކުއާޓާ ފައިނަލް މެޗުގައި އިންގްލެންޑުން ދެއްކި ކަހަލަ ކުޅުމެއް ދައްކައިފި ނަމަ، އިންގްލެންޑުން ބޭނުންވާ ގޮތަށް އިތުރު ފިޔަވަޅެއް ކުރިއަށް ޖެހިލެވޭނެ ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސައުތުގޭޓް ބުނީ، ސެމީ ފައިނަލް މެޗަށް ނިކުންނައިރު އިންގްލެންޑު އޮތީ ކޮންމެ ޙާލަތަކަށް ވެސް ތައްޔާރަށް ކަމަށެވެ. ޚާއްސަކޮށް ދެ ޓީމުގައި ވެސް މޮޅެތި އަދި ހުނަރުވެރި ކުޅުންތެރިން ތިބިއިރު، ސެމީ ފައިނަލްގެ އެ މެޗަކީ ވަރަށް ޝައުޤުވެރި މެޗަކަށް ވާނެ ކަމަށް ސައުތުގޭޓް ބުންޏެވެ. ނެދަލެންޑްސް އަކީ ވެސް ފެންވަރު ރަނގަޅު ޓީމަކަށްވާއިރު، އެ ޓީމާ ދެކޮޅަށް އިންގްލެންޑު ފުރިހަމަ އަށް ތައްޔާރު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އިންގްލެންޑުގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވީ ސައުތުގޭޓަށް އަބަދު ވެސް އެކި އެކި ފާޑު ކިޔުންތައް އަމާޒުވެ އެވެ. މިއަހަރުގެ ޔޫރޯ މުބާރާތް އިންގްލެންޑަށް ކާމިޔާބުކޮށް ނުދެވިއްޖެ ނަމަ، އިންގްލެންޑުގެ ކޯޗު ކަމުން ވަކިވާނެ ފަދަ އިޝާރާތެއް ވެސް މީގެ ކުރިން ސައުތުގޭޓް ވަނީ ދީފަ އެވެ.

ސެމީ ފައިނަލްގައި ނެދަލެންޑްސްއާ ދެކޮޅަށް އިންގްލެންޑު ނިކުންނާނީ، ބުދަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2019

ސިޓީގެ ކޯޗު ކަމުން ވަކިނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް: ގާޑިއޯލާ

14 ޑިސެމްބަރު 2019
ސިޓީގެ ކޯޗު ކަމުން ވަކިނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް: ގާޑިއޯލާ
23 ނޮވެމްބަރު 2019

ސިޓީގައި މަޑު ކުރާނެ ކަމުގެ ޔަގީންކަން ގާޑިއޯލާ ދީފި

23 ނޮވެމްބަރު 2019
ސިޓީގައި މަޑު ކުރާނެ ކަމުގެ ޔަގީންކަން ގާޑިއޯލާ ދީފި
24 ސެޕްޓެމްބަރު 2019

ކްލަބުތަކަށް ފައިސާ ދޭނެކަމުގެ ޔަގީންކަން ދީފައެއް ނުވާނެ: މަހްލޫފް

24 ސެޕްޓެމްބަރު 2019
ކްލަބުތަކަށް ފައިސާ ދޭނެކަމުގެ ޔަގީންކަން ދީފައެއް ނުވާނެ: މަހްލޫފް
21 އޯގަސްޓު 2019

ސަޕޯޓަރުން ކެތްތެރިވާނެ ކަމުގެ ޔަގީންކަން އެބައޮތް: ލަމްޕާޑް

21 އޯގަސްޓު 2019
ސަޕޯޓަރުން ކެތްތެރިވާނެ ކަމުގެ ޔަގީންކަން އެބައޮތް: ލަމްޕާޑް
21 އެޕްރީލު 2019

އެރިކްސަންގެ އެއްބަސްވުން އާކުރާނެކަމުގެ ޔަގީންކަން ޓޮޓެންހަމްއަށް އެބައޮތް

21 އެޕްރީލު 2019
އެރިކްސަންގެ އެއްބަސްވުން އާކުރާނެކަމުގެ ޔަގީންކަން ޓޮޓެންހަމްއަށް އެބައޮތް
21 ޖޫން 2018

މިސްރުގެ ސްކޮޑްގައި މައްސަލަ ނެތްކަމުގެ ޔަގީންކަން ސަލާހު ދީފި

21 ޖޫން 2018
މިސްރުގެ ސްކޮޑްގައި މައްސަލަ ނެތްކަމުގެ ޔަގީންކަން ސަލާހު ދީފި
09 ޖޫން 2018

ސަލާހުގެ ރައްދު ރާމޯސްއަށް: ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމުގެ ޔަގީންކަންދެވޭނެ؟

09 ޖޫން 2018
ސަލާހުގެ ރައްދު ރާމޯސްއަށް: ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމުގެ ޔަގީންކަންދެވޭނެ؟
31 މާރިޗު 2018

އިސްކޯ ރެއާލްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ޒިދާން ދީފި

31 މާރިޗު 2018
އިސްކޯ ރެއާލްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ޒިދާން ދީފި
21 މާރިޗު 2018

ވޯލްޑް ކަޕަށް ނޭމާ ފިޓުވާނެ ކަމުގެ ޔަގީންކަން ދީފި

21 މާރިޗު 2018
ވޯލްޑް ކަޕަށް ނޭމާ ފިޓުވާނެ ކަމުގެ ޔަގީންކަން ދީފި
21 ނޮވެމްބަރު 2017

ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: ޒިދާން

21 ނޮވެމްބަރު 2017
ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: ޒިދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް