Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީފާގެ ބިރުވެރިކަން

އާދައިގެ ވަޒީފާތަކުގައި ތިބި މީހުން ވަކިކުރުން ހުއްޓާލަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ވެސް ބޭރުކޮށްލައިފި

9 ޖުލައި 2024 | އަންގާރަ 06:38

އެ މައްސަލަ ސަރުކާރު މެމްބަރުންގެ ބާރުން ވަނީ ބޭރުކޮށްލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޖުލައި 2024 | އަންގާރަ 06:38
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ބޮޑެތި މަޤާމުތަކަށް މީހުން އައްޔަނުކުރާއިރު، އާދައިގެ ވަޒީފާތަކުގައި ތިބި މީހުން ވަކިކުރުން ހުއްޓާލަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރެވެ.

Advertisement - newsAdvertisement

މައުރޫފު ވިދާޅުވީ، ސިޔާސީ މަޤާމުތަކުގެ އަދަދު ދެހާހާ ގާތްކުރާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށާއި، ނަމަވެސް މި ސަރުކާރު އައީ ސިޔާސީ މަޤާމުތައް ވަކި އަދަދެއްގައި ހިފަހައްޓާނެކަމުގެ ވައުދާއެކު ކަމަށެވެ.

އޭގެ އިތުރުން، ރައީސުލް ޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ބޭނުންވާ މީހުން އައްޔަންކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ނާޖާއިޒު ބޭނުން ހިފަމުންދާ ކަންވެސް މައުރޫފް ފާހަގަ ކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ، މި ސަރުކާރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަސައްކަތާ އެކަށީގެން ނުވާ ގިނަ އަދަދަކަށް ބޮޑު މުސާރައިގައި މީހުން އައްޔަނު ކުރަމުންދާ ކަމަށެވެ.

އެހެންނަމަވެސް، އެތައް ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނު ކުރަމުންދާއިރު، އަނެއްކޮޅުން ސަރުކާރުގެ ކުންފުނިތަކުގެ އާދައިގެ މަގާމުތަކުން މީހުން ވަކިކުރަމުންދާ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

އެ މައްސަލަ ސަރުކާރު މެމްބަރުންގެ ބާރުން ވަނީ ބޭރުކޮށްލާފައެވެ. އެގޮތުން ބިލަށް ބަހުސް ކުރަން ނުފެންނަކަމަށް 57 މެމްބަރަކު ވޯޓު ދެއްވާފައިވާއިރު، ބަހުސް ކުރަން ފެންނަކަމަށް ލިބުނީ 12 ވޯޓެވެ.

ހިނގަމުން މިދާ މަޖިލީހުގެ ސަރުކާރު ނިސްބަތްވާ ޕާޓީގެ މެމްބަރުން ވަނީ މަސްވެރިންނަށް ފައިސާ ދިނުން ލަސްވާތީ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައާއި، ބޭރުގައި ތިބި ދަރިވަރުންނަށް ފައިސާ ދިނުން އަވަސް ކުރުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަވެސް ބޭރުކޮށްލައި، އެއީ ބޭކާރު މައްސަލަތަކެއްކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

22 މާރިޗު 2017

ރޯގާއާ ގުޅިގެން 11 މީހަކު އައިސީޔޫގައި އެބަތިބި: އައިޖީއެމްއެޗް

22 މާރިޗު 2017
ރޯގާއާ ގުޅިގެން 11 މީހަކު އައިސީޔޫގައި އެބަތިބި: އައިޖީއެމްއެޗް
22 މާރިޗު 2017

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

22 މާރިޗު 2017
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
19 މާރިޗު 2017

މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި

19 މާރިޗު 2017
މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް