Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

މިހާރު އޮތް ޙާލަތުގައި އަމަލު ކުރާނެ ގޮތުގެ ލަފައެއް ހޯދަން ފީފާ ގައި އެދެނީ!

ޠަލާލް ވިދާޅުވީ އެފްއޭއެމްގެ މައްސަލައިގައި ފީފާ އިން އަންގާނެ އެންގުމަކަށް އިންތިޒާރު ކުރަމުން އަންނަ ކަަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖުލައި 2024 | އަންގާރަ 02:47
ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް

ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް މިހާރު ކުރިމަތިވެފައިވާ ޙާލަތުގައި އަމަލު ކުރާނެ ގޮތުގެ ލަފަޔަކަށް. ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގައި އެދެން ނިންމާފައިވާ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގައި އެންމެ ފަހުން އޮތް ހިންގާ ކޮމެޓީގެ ދައުރު ވަނީ ހަމަވެފަ އެވެ. މިމަހުގެ އެއް ވަނަ ދުވަހަށް އެ ހިންގާ ކޮމެޓީގެ ދައުރު ހަމަވެ، އެފްއޭއެމް ވަނީ ހުސްކަމެއްގެ ތެރެއަށް ގޮސްފަ އެވެ. އެ ޙާލަތުގައި އެފްއޭއެމާ ގުޅުން ހުރި އިދާރީ ކަންކަން ކުރިއަށް ގެންދިޔުމަށް ހަވާލު ކޮށްފައި ވަނީ، އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު)އާ އެވެ. ޖައުޝަން ވެސް އަމަލު ކުރަން ޖެހެނީ ފީފާ އިން އަންގާ ގޮތެއްގެ މަތިން، އަންގާ ކަމެއްގަ އެވެ.

"ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ސްޕޯޓްސް ޠަލާލް ވިދާޅުވީ މިވަގުތު އެފްއޭއެމަށް ދިމާވެފައިވާ ޙާލަތުގައި އަމަލު ކުރާނެ ގޮތަކާމެދު ފީފާގެ ލަފަޔަކަށް އެދެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި މަސައްކަތް ކުރައް ވަނީ ވީ އެންމެ އަވަހަކަށް ފީފާ އަށް ސިޓީ އެއް ފޮނުއްވުމަށް ކަމަށް ވެސް ޠަލާލް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޠަލާލް ވިދާޅުވީ އެފްއޭއެމްގެ މައްސަލައިގައި ފީފާ އިން އަންގާނެ އެންގުމަކަށް އިންތިޒާރު ކުރަމުން އަންނަ ކަަމަށެވެ. އަދި އަވަސް ތާރީޚެއްގައި ފީފާ އިން އެންގުމެއް އަންގާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް ޠަލާލް ވަނީ ވިދާޅުވެފަ އެވެ. އެފްއޭއެމްގެ މައްސަލައިގައި ރަނގަޅު ޙައްލެއް ހޯދުމަށް، ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކުން ވެސް ބޭނުންވާ ކަމުގައި ވެސް ޠަލާލް ވިދާޅުވި އެވެ. އެގޮތުން ފުޓުބޯޅަ ކުލަބުތަކުން ވެސް އޮތީ އެކަމަށް އަވަސް ޙައްލެއް ގެނެސް، ފުޓުބޯޅަ އަށް އުޖާލާ ކަމެއް ހޯދަން ވެސް ކުލަބުތަކުން ބޭނުންވާ ކަމަށް ޠަލާލް ބުންޏެވެ.

އެފްއޭއެމްގެ މައްސަލައިގައި ރާއްޖެ އަށް ވަޑައިގެންނެވި ފީފާ މަންދޫބުން ވެސް ވަނީ ކޮމިޝަނަރުގެ އިތުރުން، ކުޅިވަރު ވުޒާރާ، އަދި ފުޓުބޯޅައިގެ ކަމާ ގުޅުން ހުރި ފަރާތްތަކާ ބައްދަލު ކޮށްފަ އެވެ. އެ ދަތުރަށް ފަހު ފީފާ އިން އެފްއޭއެމް މައްސަލައިގައި އަމަލު ކުރާނެ ގޮތެއް އަންގާނެ ކަމަށް ވަނީ ބުނެފަ އެވެ. އެއާއެކު ކޮމިޝަނަރު އަދި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވެސް ވިދާޅުވެފައި ވަނީ، އިންތިޒާރު ކުރަމުން ދަނީ ފީފާ އިން އަންގާނެ އެންގުމަކަށް ކަމަށެވެ. އަދި ފީފާ އިން އަންގާ ކޮންމެ އެންގުމަކަށް ވެސް އިޙުތިރާމް ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
22 މާރިޗު 2017

ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

22 މާރިޗު 2017
ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
09 މާރިޗު 2017

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު