Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ފްރާންސް އިން ސްޕެއިންގެ ކޮންމެ ކުޅުންތެރިޔަކަށް ސަމާލުވާނެ!

ސްޕެއިން ކުޅޭ ކޮންމެ މެޗަކުން ވެސް އެކަން ފެންނަމުންދާ ކަމަށާއި، އެ މެޗުތަކަކީ ޝައުޤުވެރި މެޗުތަކެއް ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޖުލައި 2024 | އަންގާރަ 02:44
ފްރާންސް ޤައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް

ފްރާންސް ޤައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ނިކުންނައިރު، އެ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް ފްރާންސް އިން ސަމާލުވާނެ ކަމަށް، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

އޭނާ މިހެން ބުނީ ސްޕެއިންއާ ދެކޮޅަށް ފްރާންސް ކުޅޭ ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މުބާރާތުގެ ސެމީ ފައިނަަލަށް ނިކުންނައިރު، ފްރާންސް އަށް މުބާރާތުގައި ލަނޑު ޖެހުމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މީގެ ކުރިން ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.

ޑެޝޯމްްޕްސް ބުނީ މިއަހަރުގެ ޔޫރޯގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައި، އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ޓީމަކީ ސްޕެއިން ކަމަށެވެ. ޚާއްސަކޮށް ސްޕެއިން ކުޅޭ ކޮންމެ މެޗަކުން ވެސް އެކަން ފެންނަމުންދާ ކަމަށާއި، އެ މެޗުތަކަކީ ޝައުޤުވެރި މެޗުތަކެއް ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.

ޚާއްސަކޮށް ސްޕެއިންގެ މިޑްފީލްޑުގައި ކުޅެމުން އަންނަ ކުޅުންތެރިންގެ ހުނަރުވެރިކަން އޭނާ ފާހަގަ ކުރި އެވެ. އެ ކުޅުންތެރިންނަކީ މުޅި މެޗު ކޮންޓްރޯލް ކުރެވޭ ފެންވަރު ހުރި ކުޅުންތެރިން ކަމަށް ވެސް އޭނާ ބުންޏެވެ. ޚާއްސަކޮށް ސްޕެއިންގެ ރޮޑްރީގެ ނަން ޑެޝޯމްޕްސް ވަނީ ފާހަގަ ވެސް ކޮށްފަ އެވެ. ސްޕެއިން ޓީމުގައި އޭނާ އަންނަނީ މުޅިން އާދަޔާ ޚިލާފު ކުޅުމެއް ދައްކަމުންކަން ފާހަގަކޮށް ޑެޝޯމްޕްސް ބުނީ، ސްޕެއިންގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ފްރާންސް އިން ސަމާލުވާނެ ކަމަށެވެ.

މީގެ އިތުރުން ޑެޝޯމްޕްސް ބުނީ ސެމީ ފައިނަލް މެޗުގެ ކުރިން ފަރިތަކުރުންތައް ކުރިއަށް ގެންދެވުނު ގޮތާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އަށް އަމާޒުކޮށް ޑެޝޯމްޕްސް ބުނީ، އެމްބާޕޭ ހުރީ މުޅިން ފިޓުކޮށް ނޫން ނަމަވެސް، ކޮންމެ ކަމެއް ވެސް ޕޮޒިޓިވްކޮށް ދެކެން ޖެހޭ ކަމަށެވެ.

މުބާރާތުގެ ވަކި ހިސާބަކުން އެމްބާޕޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން، އޭނާ 100 އިންސަައްތަ މުޅިން ފިޓު ނުވި ނަމަވެސް، އެމްބާޕޭ އަކީ އިދިކޮޅު ޓީމަށް ނުރައްކާވާނެ ކުޅުންތެރިޔެއްކަން އޭނާ އަށް އިނގޭ ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ. ޚާއްސަކޮށް އިދިކޮޅު ޓީމުތަކުން އެމްބާޕޭ ހުއްޓުވަން އެކި ގޮތްތައް ރާވާނެ ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

ޑެޝޯމްޕްސް ބުނީ ފްރާންސްގެ ކުޅުންތެރިންނަށް އޭނާގެ އިތުބާރު އޮންނާނެ ކަމަށާއި، ފްރާންސް ނިކުންނާނީ ސެމީ ފައިނަލް މެޗު ކާމިޔާބުކޮށް ފައިނަލްގައި ކުޅެން އަޒުމު ކަނޑައަޅައިގެން ކަމަށް ވެސް އޭނާ ބުންޏެވެ. ކުރިން ވެސް ފާހަގަ ކޮށްފައިވާ ގޮތަށް، ފްރާންސް ބޭނުންވާ މިސްރާބުގައި ކަންކަން ގެންދެވޭނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި، ލަނޑު ޖަހައިގެން ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.

ފްރާންސް އިން ސްޕެއިންއާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ: ސާންތި

ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ: ސާންތި

24 އެޕްރީލު 2017
  ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

11 އެޕްރީލު 2017
މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ

މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ

01 އެޕްރީލު 2017
އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން

އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން

29 މާރިޗު 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު