Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ޕީއެސްޖީއާ މެދު ރުއީޒް ހުރީ ހިތްހަމަ ޖެހިފައި

ޕީއެސްޖީ އާއެކު ރުއީޒް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޖުލައި 2024 | އަންގާރަ 02:39
ޕީއެސްޖީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ފަބިއަން ރުއީޒް

ޕީއެސްޖީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ފަބިއަން ރުއީޒް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ މެދު ހިތްހަމަ ޖެހިފައި ހުރި ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ފަބިއަން ރުއީޒް ބުނެފި އެވެ.

އުމުރުން 28 އަހަރުގެ މިޑްފީލްޑަރު ނަޕޯލީ ގައި ހުރުމަށްފަހު ޕީއެސްޖީ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރުއީޒް ޕީއެސްޖީ އަށް ބަދަލުވީ، އޭނާ ހޯދުމުގެ ޝައުޤުވެރިކަން އެހެން ކުލަބުތަކުން ވެސް ގެންގުޅެމުން ދަނިކޮށެވެ. ޕީއެސްޖީ އާއެކު ރުއީޒް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތެރެއިން ވާހަކަ ދައްކަމުން ރުއީޒް ބުނީ، ޕީއެސްޖީ ގައި އޭނާ ހުރީ ހިތްހަމަ ޖެހިގެން އަދި އުފަލުން ކަމަށެވެ. ޕީއެސްޖީ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮތްކަން ފާހަގަކޮށް ރުއީޒް ބުނީ، އެހެން ކުލަބަކާ މެދު އޭނާގެ ވިސްނުން ނެތް ކަމަށެވެ. އަދި ޕީއެސްޖީ ގައި ޙާސިލު ކުރަން ބޭނުންވާ ގިނަ ޓޭގެޓުތަކެއް އޮތް ކަމަށް ވެސް ރުއީޒް ވަނީ ބުނެފަ އެވެ.

ޔޫރޯ މުބާރާތުގައި ރުއީޒް އަންނަނީ ސްޕެއިންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މުބާރާތުގައި ސްޕެއިން އިން މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު، ރުއީޒް ވަނީ ހަތަރު މެޗުގައި ކުޅެފަ އެވެ. ސްޕެއިން ގަައި އޭނާ މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، މުބާރާތުގައި ރުއީޒް ވަނީ މިހާތަނަށް ދެ ލަނޑު ޖަހައި، ދެ ލަނޑު ޖަހަން އެހީތެރިވެދީފަ އެވެ. ޔޫރޯ ގައި ރުއީޒް ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އޭނާ ހޯދަން ކުލަބުތަކުން ބޭނުން ވާނެ ކަމަށް ބެލެވެ އެވެ.

ރުއީޒް ވަނީ މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 72 މެޗުގައި ހަ ލަނޑު ޖަަހައިފަ އެވެ. ޕީއެސްޖީ އާއެކު އޭނާ ވަނީ ފްރާންސް ލީގު ދެ ފަހަރު، ފްރާންސް ކަޕް އެއް ފަހަރު އަދި ޓްރޮފީ ޑީ ޗެެމްޕިއަންސް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

05 މާރިޗު 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު