Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަރިވަރުން ހާލުގައި ޖެހުން

ބޭރުގައި ކިޔަވަން ތިބި ދަރިވަރުން ނިކަމެތިވަމުންދާއިރު، އެ ވާހަކަ ދައްކަން މަޖިލީހުން ނުކުޅެދުމަކީ ހިތާމަހުރި ކަމެއް: ނާޒިލް

ރާއްޖެއިން ބޭރުގައި ސްކޮލަރޝިޕްގައި ގޮސް ތިބި ކުދިން އަތުގައި ލާރިއެެއް ނެތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ޖުލައި 2024 | ހޯމަ 07:12
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް

ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނާއި ދަރިވަރުންގެ އާއިލާތައް ނިކަމެތިވެ މަގުމަތިވަމުންދާއިރު، އެ ވާހަކަ ދައްކަން ރައްޔިތުންގެ މަޖިލީހުން ނުކުޅެދުމަކީ ހިތާމަހުރި ކަމެއްކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް އެހެން ވިދާޅުވީ އެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ސަރުކާރުގެ މެމްބަރުންގެ ބާރުން ބޭރުކޮށްލުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

ނާޒިލް ވިދާޅުވީ، ހޯމަ ދުވަހުގެ އެޖެންޑާގައި އޮތީ ކޮޕީ ރައިޓްސް ބިލު އެކަނި ކަމަށާއި، މިއީ ނަމޫނާ މަޖިލީހަކަށް ވާނެކަމަށް ރިޔާސަތުން މީގެ ކުރިން ބުނެފައިވާ ކަމަށެވެ.

ނަމޫނާ ދެއްކެނީ ހަމައެކަނި ސަރުކާރުން ފޮނުވާ ބިލުތަކާ ޤަރާރުތަކާ ގުޅިގެންތޯ ނާޒިލް ވަނީ ސުވާލު ކުރައްވާފައެވެ.

ނާޒިލް ވިދާޅުވީ، މިއީ ނަމޫނާ މަޖިލީހެއްގެ ވާހަކަ ދައްކާއިރު ކަޅު، އަނދިރި ދުވަހެއް ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންނާއި ދަރިވަރުންގެ އާއިލާތައް ނިކަމެތިވެ މަގުމަތި ކުރަމުންދާތީ އެ ވާހަކަ ދައްކަން މަޖިލީހުން ނުކުޅެދުމަކީ ހިތާމަހުރި ކަމެއްކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ، ދަރިވަރުންގެ ތެރެއިން އެންމެ ބޭނުން ޖެހިފައިވާ ދަރިވަރުންނަށް ފައިސާ ޖަމާކުރަމުންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައިވާ ކަމަށާއި، އެއީ ކޮން އުސޫލަކުން ކިހިނެއް ކުރަމުންދާ ކަމެއްކަންވެސް ސާފު ނުވާ ކަމަށެވެ.

މިއަދު އެތައް ދަރިވަރުންނަކަށް ފައިސާ ނުލިބި ނިކަމެތިވެފައިވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

މެމްބަރުގެ ވާހަކައިގެ މެދު ތެރެއިން ސަރުކާރުގެ މެމްބަރުން ވަނީ ތަކުރާރުކޮށް ނިޒާމީ މައްސަލަ ނަންގަވައި، ހުށަހެޅިފައިވާ ބިލާ ގުޅޭގޮތުން ނޫނީ ވާހަކަ ދެއްކިގެން ނުވާނެކަމަށް ވިދާޅުވެފައެވެ. ނިޒާމީ މައްސަލަ ބަލައިގަތުމުން ނާޒިލް ވިދާޅުވީ، ތަޅުމުގައި ދަނޑުވެރިކަމާއި އެނޫންވެސް އެތައް އިތުރު ދާއިރާތަކާ ގުޅޭ ވާހަކަ ދައްކާފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު