Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަރިސްމާ ކަޕޫރު

ކަރިސްމާ ދެ ވަނަ ކައިވެންޏެއް ކުރަން އުޅެނީބާ

ކަރިސްމާގެ ކައިވެނި ރޫޅުނީ މިދިޔަ އަހަރު

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 21 ފެބުރުއަރީ 2017 | އަންގާރަ 09:57
ކަރިސްމާ އޭނާގެ ލޯބިވެރިޔާއާ އެކު އާއިލީ ބައްދަލުވުމެއްގައި

ކަރިސްމާ އޭނާގެ ލޯބިވެރިޔާއާ އެކު އާއިލީ ބައްދަލުވުމެއްގައި

ބޮލީވުޑުގެ ކުރީގެ މަޝްހޫރު ތަރި ކަރިސްމާ ކަޕޫރު ކުރި ފުރަތަމަ ކައިވެނި ރޫޅާލުމަށް ފަހު ދެވަނަ ކައިވެންޏެއް ކުރަން އުޅޭހެން ހީވާން ފަށައިފިއެވެ.

ކަރިސްމާ އާއި ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރު ވަރިވީ މިދިޔަ އަހަރުއެވެ. އެ ކައިވެންނަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވާއިރު އެ ދެކުދިން ތިބެނީ ކަރިސްމާ ކައިރީގައިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކަރިސްމާ ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާގެ ބޮޑުބޭބެ ޝަޝީ ކަޕޫރުގެ ގޭގައި އާއިލީ ގުޅުން ބަދަހި ކުރުމަށް ބޭއްވި ހަފްލާއަކަށް އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ސަންދީޕް ތޮޝްނިވާލް ގެންގޮސްފައެވެ.

މިއީ އާއިލީ ހަފްލާއަކަށް ކަރިސްމާ، ސަންދީޕް ގެންދިޔަ ދެވަނަ ފަހަރެވެ. މިދިޔަ ހަފްތާގައި ކަރިސްމާގެ ބައްޕަ ރަންދީރު ކަޕޫރުގެ 70ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ވެސް ސަންދީޕު ބައިވެރިވިއެވެ.

ކަރިސްމާ އޭނާގެ އާއިލީ ބައްދަލުވުންތަކަށް ސަންދީޕު ގެންދާނީ ކައިވެނި ކައިރިވެފައިވާތީ ކަމަށް ބެލެވޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އަދި މި ދެމީހުންގެ ގުޅުން އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

ސަންދީޕަކީ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. އޭނާ އަކީ ފާމަސޫޓިކަލް ކުންފުންޏެއް ހިންގާ މީހެކެވެ.

އިތުރަށް ކިޔާލަން

06 ޖުލައި 2024

ހައިރާން ނުވޭ އާޝާއާއި ދަރާ ކައިވެންޏެއް ނުކުރޭ، މިއީ "ކަމަނާގެ" މަންޒަރެއް

06 ޖުލައި 2024
ހައިރާން ނުވޭ އާޝާއާއި ދަރާ ކައިވެންޏެއް ނުކުރޭ، މިއީ "ކަމަނާގެ" މަންޒަރެއް
20 މާރިޗު 2023

އުމުރުން 92 އަހަރުގައި ރުޕަރޓް މަރޑޮކް ފަސްވަނަ ކައިވެންޏެއް ކުރަނީ

20 މާރިޗު 2023
އުމުރުން 92 އަހަރުގައި ރުޕަރޓް މަރޑޮކް ފަސްވަނަ ކައިވެންޏެއް ކުރަނީ
01 މެއި 2020

ރިޝީ، ނީތޫއަށް: ޑޭޓްކުރެވިދާނެ، ނަމަވެސް ކައިވެންޏެއް ނުކުރެވޭނެ

01 މެއި 2020
ރިޝީ، ނީތޫއަށް: ޑޭޓްކުރެވިދާނެ، ނަމަވެސް ކައިވެންޏެއް ނުކުރެވޭނެ
01 އޮކްޓޯބަރު 2019

ޑިޒްނީލޭންޑް ގައި ބޮލީވުޑް ތީމްގެ ކައިވެންޏެއް ކޮށްފި

01 އޮކްޓޯބަރު 2019
ޑިޒްނީލޭންޑް ގައި ބޮލީވުޑް ތީމްގެ ކައިވެންޏެއް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު