Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ ރިޔާސީ އިންތިޚާބު

ބައިޑްން ހުންނެވީ ރިޔާސީ ރޭސް ދޫކުރައްވާ ގޮތަކަށް ނޫން

ޑޮނަލްޑް ޓްރަމްޕް އާއެކު ބައިޑްން ހުސްވި ހަފްތާގައި ފެނިގެން ދިޔަ ބަހުސްގައި ބައިޑްންގެ ޕާފޯމަންސް ދަށް ވުމުގެ ސަބަބުން ޑިމޮކްރަޓިކް ޕާޓީގެ ސަޕޯޓަރުންނާއި ޕާޓީއަށް އެހީވާ ފަރާތްތަކުން ބުނަމުންދަނީ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ބަދަލު ކުރަން ޖެހޭ ކަމުގައެވެ.

ރާއްޖެ އެމްވީ | 4 ޖުލައި 2024 | ބުރާސްފަތި 14:37
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވައިޓް ހައުސްގެ އިންޑިއަން ޓްރީޓީ ރޫމްގައި ޔަހޫދީ މުޖުތަމައުގެ ލީޑަރުންނާ އެކު ބޭއްވި ރައުންޑްޓޭބަލްގައި ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ)

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވައިޓް ހައުސްގެ އިންޑިއަން ޓްރީޓީ ރޫމްގައި ޔަހޫދީ މުޖުތަމައުގެ ލީޑަރުންނާ އެކު ބޭއްވި ރައުންޑްޓޭބަލްގައި ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ)

ޑޮނަލްޑް ޓްރަމްޕް އާއެކު ހުސްވި ހަފްތާގައި ކުރެއްވި ރިޔާސީ ބަހުސްގައި ހެއްދެވުނީ ގޯސް ކަމަށާއި އެހެން ނަމަވެސް ރިޔާސީ ރޭސް ދޫކޮށް ނުލައްވާ ކުރިއަށް ވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވެއްޖެއެވެ.

ސީއެންއެން އިން ބޭއްވި ރިޔާސީ ބަހުސަށްފަހު ބައިޑްން އިންތިޚާބު ކާމިޔާބު ކުރެއްވުމާ މެދު އޮތް އިތުބާރު ދައްވެ، ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ ސެނެޓަރުންނާއި، ޑިމޮކްރަޓެކި ޕާޓީއަށް ފަންޑުހޯދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޮޑެތި ވިޔަފާރި ވެރިންވެސް ވަނީ ބައިޑްން ރޭހާ ދުރަށް ވަޑައިގަތުމަށް ފާޅުގައި ގޮވާ ލައިފައެވެ.

އެމެރިކާގެ ވިސްކޮންސިންގެ ރޭޑިއޯ ސްޓޭޝަނެއްގައި ވާހަކަފުޅު ދައްކަވަމުން ބައިޑްން ވިދާޅުވީ ބަހުސްގައި ރަނގަޅަށް ޕާފޯމް ނުކުރެއްވުނު ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން އޭނާ ޖަޖް ކުރަންވީ ވައިޓް ހައުސްގައި އޭނާ ހޭދަ ކުރެއްވި މުއްދަތުގައި ކުރެއްވި ޚިދުމަތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ބަހުސްގައި ރަނގަޅަށް ފާފޯމް ނުކުރެއްވުމުގެ ސަބަބުން، ބައިޑްންގެ އަމިއްލަ ކެމްޕޭން ޓީމުގެ ތެރޭގައި ވެސް ނުތަނަވަސްކަން ފެތުރިފައި ވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބީބީސީ އިން ބުނެފައިވާ ގޮތުގައި ބުދަ ދުވަހު ކެމްޕެއިން ޓީމު ހަމަޔަކަށަ އެޅުވުމަށް ބައިޑްން ވަނީ މަސައްކަތް ކުރައްވާފައެވެ.

ބުދަ ދުވަހު ކެމްޕޭންގެ މައި ޓީމާ ފޯނުން ގުޅުއްވާ، އޭނާ އަކީ، ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށާއި، ރޭސް ދޫކޮށް ނުލައްވާނެ ކަމަށް ބައިޑްން ވިދާޅުވި ކަމަށް ބައިޑްންގެ އަރިސް ފަރާތަކާ ހަވާލާ ދީ ބީބީސީ އިން ބުނެފައިވެއެވެ. ބައިޑްންގެ މި ކޯލް ގައި ނައިބު ރައީސް ކަމަލާ ހެރިސް ބައިވެރިވަޑައިގެންނެވި ކަމަށާއި، ކަމަލާ ހުންނެވީ ބައިޑްން އާ އެކު ގައި ކަމަށް ވިދާޅުވެ ޓީމާ ވާހަކަފުޅު ދެއްކެވި ކަމަށްވެސް ބީބީސީ އިން ބުނެފައި ވެއެވެ.

ބަހުސްގައި ބައިޑްން ގެ ފެންވަރު މާ ދައްކޮށް ފެނިގެން ދިޔުމާއެކު، ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބަށް ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ބައިޑްންގެ ބަދަލުގައި ނައިބު ރައީސް ކަމަލާ ހެރިސް ހަމަޖައްސަފާނެ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ.

ރިޔާސީ ބަހުސް ގައި އުމުރުން 81 އަހަރުގެ ބައިޑްން ހުއްޓުން އެރުމާއި، އަޑު ފަނޑުވެގެން ގޮސް ވިދާޅުވާ އެއްޗެއް ނޭގުން ފަދަ ކަންކަން ފެނިގެން ދިއުމުން އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމާ މެދު ސުވާލު އުފެއްދުމުގެ އިތުރުން މަގާމަށް ބައިޑްން ފިޓް ވޭތޯ ވެސް ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގައި ވާހަކަ ދެކެވިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ބައިޑްން ރިޔާސީ ރޭސް ދޫކޮށްލުމަށް ގޮވާލާ އަޑު ގަދަވެގެން ގޮސްފައިވަނީ ބަހުސް އަށް ފަހު ނެގި އެކި ޕޮލް ތަކުން ޓްރަމްޕަށް ތާއީދު އިތުރުވި ކަން ހާމަ ވުމާއި އަދި ބައިޑްން އާ ޓްރަމްޕް އާ ދެމެދު ހުރި ތާއީދުގެ ފަރަގު ބޮޑުވެފައިވާ ކަން ހާމަވުމުންނެވެ.

ބަހުސަށް ފަހު ނިއުޔޯކް ޓައިމްސް އިން ކުރިއަށް ގެންދިޔަ ޕޮލް އެއް ގެ ނަތީޖާ ބުދަ ދުވަހު ޝާއިއު ކުރިއިރު، ޓްރަމްޕް އާއި ބައިޑްން ގެ ދެމެދުގައިވާ ތާއީދުގެ ފަރަގަށް ބަލާއިރު އެއީ މިހާތަނަށް ފެނުނު އެންމެ ފަރަގު ބޮޑު ނަތީޖާގެ ކަމަށް ނިއުޔޯކް ޓައިމްސް އިން ބުނެފައިވެއެވެ.

އެމެރިކާޖޯ ބައިޑަންޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު