Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫރޯ 2024

ސައުތުގޭޓް ބުއްދިވެރި ނުވެއްޖެ ނަމަ، އިންގްލެންޑަށް ޔޫރޯ ގައި އޮތީ ނިކަމެތިކަން

އަލުން ފުޓުބޯޅައިގައި ރީތި ނަމަކާއި، ޝަރަފެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އިންގްލެންޑުގައި މިވަގުތު އޮތީ ވަރުގަދަ އަދި ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ސްކޮޑަކަށް ވާތީ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ޖުލައި 2024 | އަންގާރަ 08:49
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް އަދި ބައެއް ކުޅުންތެރިން

އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް އަދި ބައެއް ކުޅުންތެރިން

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އިންގްލެންޑު ދިރި ދެމި އޮތް ނަމަވެސް، މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ސްލޮވޭކިއާ އަތުން ލިބުނު އުނދަގޫ މޮޅާއެކު، ކޯޗު ގަރެތު ސައުތުގޭޓްގެ ނިންމުންތާ މެދު އިތުރު ސުވާލުތަކެއް އުފެދިގެން ދިޔަ އެވެ. ގިނަ ބައެއްގެ ނަޒަރުގައި މިފަހަރުގެ ޔޫރޯގައި އިންގްލެންޑަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކޭއިރު، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ވެސް ސައުތުގޭޓް އެވެ.

ސައުތުގޭޓަކީ ފުޓުބޯޅައިގައި މިވަގުތު މަސައްކަތް ކުރަމުން އަންނަ އެންމެ ނަސީބުވެރި މީހާގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން އަންނަނީ ސިފަ ކުރަމުންނެވެ. އެއީ ގާތް ގަނޑަކަށް، އިންގްލެންޑުގެ ކޯޗުކަމުން އޭނާ ވަކި ކުރާނެ ހިސާބަށް ދިޔަ ކަމަށާއި، ނަމަވެސް ނަސީބު ރަނގަޅު ކަމުން އިންގްލެންޑުގެ މޮޅާއެކު ސައުތުގޭޓަށް ފިނި ކަމެއް ލިބިފައިވާ ކަމަށް ބައެއް މީހުން ބުނެ އެވެ.

މީގެ އަށް އަހަރު ކުރިން، ގްރޫޕް ސްޓޭޖުގައި އައިސްލޭންޑް އަތުން ބަލިވެ، އިންގްލެންޑަށް ކުރިމަތިލާން ޖެހުނީ ހިތްދަތި ހަނދާނަކާ އެވެ. އޭގެ ފަހުން އިންގްލެންޑުން ކުރަމުން އައި މަސައްކަތުގައި، ގަދަ 16 ވަނަ ބުރުގައި ސްލޮވޭކިއާ އަތުން ބަލިވުން އެއީ ބަލައި ގަންނަން ވެސް އުނދަގޫ ކަމަކަށް ވާނެ އެވެ. ސަބަބުތަކެއް ވެސް އޭގެ ފަހަތުގައި އޮތް ކަމަށް ތަޖުރިބާ ކާރުން ދަނީ ބުނަމުންނެވެ. އެއީ އަލުން ފުޓުބޯޅައިގައި ރީތި ނަމަކާއި، ޝަރަފެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އިންގްލެންޑުގައި މިވަގުތު އޮތީ ވަރުގަދަ އަދި ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ސްކޮޑަކަށް ވާތީ އެވެ.

އެކަމަކު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ވެސް އެންމެ ފަހު ވަގުތުގައި އިންގްލެންޑު ސަލާމަތްވީ ނަސީބު ރަނގަޅު ކަމުންނެވެ. ޖޫޑް ބެލިންހަމް ޖެހި ހިތްގައިމު ލަނޑާއެކު، ސައުތުގޭޓް ވެސް ވަނީ ބެލިންހަމް އަށް ތައުރީފުގެ ބަސްތައް އޮއްސާލައިފަ އެވެ. ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލިންހަމް ޖެހި އެ ލަނޑަކީ، މިފަހަރުގެ ޔޫރޯގައި އިންގްލެންޑުގެ ކުޅުންތެރިޔަކު ޖެހި އެންމެ މުހިންމު އެއް ލަނޑެވެ.

އޭގެ ފަހުން މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ކެޕްޓަން ހެރީ ކޭން ޖެހި ލަނޑާއެކު، އިންގްލެންޑަށް ހިންދަމާ ލެވުނެވެ. މިފަހަރުގެ ޔޫރޯގައި އިންގްލެންޑުގެ ކެޕްޓަން ކޭން އަށް އޭނާގެ އެންމެ މޮޅު ކުޅުން ނުދެއްކޭއިރު، އިންގްލެންޑަށް މުބާރާތް ކާމިޔާބު ކޮށްދޭން އެންމެ ބޭނުންވާނެ އެއް ކުޅުންތެރިޔަކީ އޭނާ އެވެ. އެއީ ފުޓުބޯޅައިގެ ކެރިއަރުގައި ތައްޓެއް ހޯދުމަށް ކޭން ކުރަމުން އަންނަ އުންމީދުގެ މަތީގައި ހުރެ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި އިންގްލެންޑު ނިކުންނަން ޖެހެނީ ސްވިޒަލެންޑާ ދެކޮޅަށެވެ. ސްވިޒަލެންޑަކީ މުބާރާތުގައި އާދައިގެ ކުޅުމެއް ދެއްކި ޓީމެއް ނޫނެވެ. އެމީހުން ވަނީ ގަދަ 16 ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީގެ މައްޗަށް ކުރި ހޯދައި، އިޓަލީ މުބާރާތން ކަޓުވާލައިފަ އެވެ. އެހެންކަމުން، ކުއާޓާ ފައިނަލްގައި އިންގްލެންޑަށް އޮތީ ދަތި ހަނގުރާމައެއް ކަމަށް ތަޖުރިބާ ކާރުން ދަނީ ސިފަ ކުރަމުންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލަށް އިންގްލެންޑު ނިކުންނައިރު، މީގެ ކުރިން މުބާރާތުގައި ދެއްކި ފަދަ ކުޅުމެއް ދައްކައިފި ނަމަ، އެމީހުންގެ ހުރިހާ އުންމީދެއް ވިއްސި ވިހާލިވެގެން ދާނެ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. ސްވިޒަލެންޑާ ދެކޮޅަށް ކާމިޔާބު ހޯދުމަށް، ސައުތުގޭޓަށް ޖެހެނީ ބުއްދި ބޭނުން ކުރާށެވެ. އޭނާގެ ސިކުނޑި އިންތިހާ އަށް ގާނަން ޖެހޭނެ އެވެ. ވަކި ވަކި ކުޅުންތެރިންގެ ކުޅުމާއި، މުޅި ޓީމު އެކުލެވިގެން ކުޅޭ ކުޅުން ރަނގަޅު ނުވެއްޖެ ނަަމަ، އިންގްލެންޑަަށް ސަލާމަތުގެ އައްސޭރިއެއް ލިބުން ދުރު ކަމަށް ތަޖުރިބާ ކާރުން ބުނެ އެވެ.

ޔޫރޯ ގައިި އަދި ވަކިން ޚާއްސަކޮށް ފުޓުބޯޅައިގައި ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރަމުން އަންނަ މަސައްކަތުގެ އެންމެ ބޮޑު ޒިންމާއެއް އޮތް މީހަކީ ވެސް ސައުތުގޭޓް އެވެ. އޭނާގެ ވިސްނުމާއި، ނިންމުންތައް ޚަރުދަނާ ވާން ޖެހޭ ކަމަށް އިންގްލެންޑުގެ ސަޕޯޓަރުން އަދި ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ވެސް އަންނަނީ ބުނަމުންނެވެ.

ޚާއްސަކޮށް، އެންމެ ފަހުން އަމިއްލަ ޤައުމުގައި އޮތް ޔޫރޯގެ ފައިނަލްގައި ވެސް ކުޅެފައިވާ އިންގްލެންޑު، މިއަހަރުގެ މުބާރާތުގައި އެއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކެން ޖެހޭނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ. އެއީ އެ ޓީމުގައި ތިބި ކުޅުންތެރިންނާއި، އެ ކުޅުންތެރިންގެ ހުނަރާއި، ކުލަބުގައި އެ ކުޅުންތެރިން ދައްކާފައިވާ ކުޅުމަށް ބަލާއިރު އެވެ. ޤައުމީ ޓީމުގައި އެ ހުރިހާ ކަމެއް ވެސް ގޮސް ގުޅޭ ހިސާބަކީ ސައުތުގޭޓް އެވެ.

ޔޫރޯ 2024 (ޖަރުމަނު)އިންގްލެންޑުގެ ގައުމީ ޓީމުގެރެތު ސައުތުގޭޓްކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

07 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު