Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް މެމްބަރުން އިތުރުވަމުން ދިއުން

މަޖިލިސް މެމްބަރުން އިތުރުވަމުން ދަނީ އޮބި ނޯންނަ ވަރަށް، ތިބެން ޖެހެނީ 72-80 މެމްބަރުން - ނާޒިމް

މިހާރު މި ދާ ގޮތަށް ދާ ނަމަ 2029ގެ ނިޔަލަށް 108 ގޮނޑި އަދި 2033 ވަނަ އަހަރު 115 މެމްބަރުން މަޖިލީހަށް އަންނާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ޖުލައި 2024 | އަންގާރަ 10:20
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިތުރުވަމުން ދަނީ އޮބި ނޯންނަ ވަރަށް ކަމަށާއި މަޖިލީހުގެ މެމްބަރުން ތިބެން ޖެހެނީ 72 އާއި 80 އާއި ދެމެދުގެ އަދަދަކަށް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ ޤަރާރަށް ބަޙުސްކުރައްވަމުންނެވެ.

Advertisement - newsAdvertisement

މިހާރު މި ދާ ގޮތަށް ދާ ނަމަ 2029ގެ ނިޔަލަށް 108 ގޮނޑި އަދި 2033 ވަނަ އަހަރު 115 މެމްބަރުން މަޖިލީހަށް އަންނާނެ ކަމަށާއި އެއީ އޮބި އޮންނަ ވަރުގެ ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޤާނޫނު އަސާސީ ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރި ޚާއްސަ މަޖިލީހުގައި ވެސް ހިމެނިވަޑައިގަންނަވާ މެމްބަރެއްގެ ހައިސިއްޔަތުން އެ ޤަރާރަށް ބަހުސް ކުރާ އިރު އެމަނިކުފާނަކީ ވަރަށް ދޮށީ މީހެއް ކަމުގެ އިޙުސާސް ކުރެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވަމުން ދިއުމަކީ އެހެން ޤައުމުތަކުން ކުރިމަތިލާ ހައްލުކޮށްފައިވާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މެމްބަރުން ގިނަވާ މައިގަނޑު ސަބަބަކީ ކޮންމެ 5000 ރައްޔިތަކަށް މެމްބަރެއް ހުންނަ ގޮތަށް އޮތުން ކަމަށާއި އެ ނޫން ސަބަބުތައް ވެސް އެބަ ހުރި ކަަމަށް ނާޒިމް ވިދާޅުވިއެވެ. ބައިނަލްްއަޤުވާމީ ގޮތުން މެމްބަރުން ކަނޑައެޅުމުގައި ކިއުބްރޫޓް ލޯ ބޭނުން ކުރާ ކަމަށާއި އެ މިންގަނޑުން ބަލާ ނަމަ ރާއްޖޭގެ މަޖިލީހުގައި ތިބެން ޖެހެނީ 72 މެމްބަރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއީ ބޯހިމެނުމުގެ ނަތީޖާ އިން ޤައުމުގެ އާބާދީގެ ނިސްބަތަށް ބަލާ ނަމަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަސައްކަތް ކުރާ އާބާދީއަށް ބަލާ ނަމަ އެ އަދަދު ހުންނަން ވާނީ 73 އާއި 80 އާއި ދެމެދު ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ އަންގާރަ ދުވަހުއެވެ. އެ ގަރާރު ހުށަހަޅުއްވަމުން ޝުޖާއު ވިދާޅުވީ މަޖިލީހުގެ މެމްބަރުން ދައުރަކަށް ވުރެ ދައުރެއް އިތުރުވަމުން ދިއުމާއި މެދު މެމްބަރުން ދެކޭ ގޮތް ދެނެގަތުމަކީ މި ގަރާރުގެ މަޤްސަދެއް ކަމަށެވެ. ކޮންމެ 5 އަހަރަކުން މެމްބަރުން އިތުރުވަމުންދާ ދިއުމަކީ އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވަނީ ދުނިޔޭގެ ނިސްބަތުން ބަލާ ނަމަވެސް ރާއްޖޭގެ މަޖިލީހަށް އައްޔަން ކުރާ މެމްބަރުންގެ އަދަދު އިތުރުކަމަށް ފާހަގަކުރައްވާފައެވެ. އަދި އެއީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުމެއް ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްމަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު