Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ބެލްޖިއަމް ގައި ފެންވަރު އެބަހުރި: ޓަޑެސްކޯ

ޓީމުގެ ކުޅުންތެރިން ތިބޭނީ ހުރިހާ ޙާލަތަކަށް ވެސް ތައްޔާރުވެގެން ކަމަށާއި، މާޒީން އިބުރަތް ޙާސިލުކޮށްގެން ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2024 | އާދީއްތަ 20:20
ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓަޑެސްކޯ

ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓަޑެސްކޯ

ބެލްޖިއަމް ޤައުމީ ޓީމަކީ ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ، ފެންވަރު ހުރި ޓީމެއް ކަމަށް އެ ޓީމުގެ ކޯޗު ޑޮމެނިކޯ ޓަޑެސްކޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ޓަޑެސްކޯ ބުނީ، ފްރާންސް އަކީ ވަރަށް އުނދަގޫ އަދި މޮޅު އިދިކޮޅު ޓީމެއް ކަމަށެވެ. އެ ޓީމާ ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗަކީ، ހުރިހާ ގޮތަކުން ވެސް ބެލްޖިއަމަށް މުހިންމު މެޗެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރާ ހަމައަށް އައިއިރު، ބެލްޖިއަމް އަށް ކުރެވެނީ ވަރަށް ތަފާތު އިޙުސާސެއް ކަމަށް ޓަޑެސްކޯ ފާހަގަ ކުރި އެވެ. އޭނާ ބުނީ ގަދަ 16 އަށް ބެލްޖިއަމް އަށް އާދެވުނީ ވެސް ވަރަށް ބުރަ މަސައްކަތުން ކަމަށާއި، ދެން ކުރިއަށް އޮތް ބުރަށް ކޮލިފައިވާން ވެސް އެ މީހުން ބޭނުންވާ ކަމަށެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބެލްޖިއަމް އިން ރޮމޭނިއާއާ ދެކޮޅަށް ކުޅުނުއިރު، އެ މެޗުން ވަނީ ބަލިވެފަ އެވެ. ޓަޑެސްކޯ ބުނީ އެ މެޗުން ބަލިވުމާއެކު، ދެން މުބާރާތުގައި ކުރިއަށް ނުދެވޭނެ ކަމުގެ އިޙުސާސެއް ވެސް ކުރެވުނު ކަމަށެވެ. އެއީ ބެލްޖިއަމް އަށް ވަރަށް އުނދަގޫ ކަމަކަށްވި ކަމަށާއި، ދެ ދުވަސް ވަންދެން އެ އުނދަގުލުގެ ތެރޭގައި އުޅެން ޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ.

އެހެންކަމުން، އެ ފަދަ އިޙުސާސެއްގެ އަސަރަކީ ބެލްޖިއަމް އަށް އައު ކަމަކަށް ނުވާނެ ކަމެއް ކަމަށް ޓަޑެސްކޯ ދެކެ އެވެ. އެކަންކަމުން އަރައި ގަނެ، ފްރާންސްއާ ދެކޮޅަށް ނިކުންނައިރު، ހުރިގާ ގޮތަކުން އެ މެޗަށް ފޯކަސް ކުރަން ޖެހޭނެ ކަމަށް އޭނާ ފާހަގަ ކުރި އެވެ. ބެލްޖިއަމް އަށް ވަރަށް ފުރިހަމަ އަށް އެކަން ކުރެވޭނެ ކަމަށާއި، އެ ޓީމަކީ އެ ފެންވަރުގެ ޓީމެއް ކަމަށް ވެސް ޓަޑެސްކޯ ޤަބޫލު ކުރެ އެވެ.

ފްރާންސް މެޗަށް ބެލްޖިއަމް އިން ނިކުންނާނީ ވަރަށް ރޭވުންތެރިކަމާއި، ވިސްނުންތެރި ކަމާއެކު ކަމަށް ޓަޑެސްކޯ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ޓީމުގެ ކުޅުންތެރިން ތިބޭނީ ހުރިހާ ޙާލަތަކަށް ވެސް ތައްޔާރުވެގެން ކަމަށާއި، މާޒީން އިބުރަތް ޙާސިލުކޮށްގެން ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ބެލްޖިއަމް އިން ފްރާންސްއާ ދެކޮޅަށް ނިކުންނާނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ނުވައެއް ޖަހާއިރު އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު