ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 16:44
ޔަމަންގެ ހޫތީން ކޮންޓްރޯލް ކުރާ ސަރަހަދުން 7 ޑްރޯން އަކަށާއި، ޑްރޯން ކޮންޓްރޯލް ސްޓޭޝަން ހަރުކޮށްފައިވާ އުޅަނދަކަށް އެމެރިކާ ސިފައިން ވަނީ ހަމަލާދީފަ
ޔަމަންގެ ހޫތީން ކޮންޓްރޯލް ކުރާ ސަރަހަދުން 7 ޑްރޯން އަކަށާއި، ޑްރޯން ކޮންޓްރޯލް ސްޓޭޝަން ހަރުކޮށްފައިވާ އުޅަނދަކަށް އެމެރިކާ ސިފައިން ވަނީ ހަމަލާދީފަ
ރޮއިޓާސް
ޔަމަނުގެ ހޫތީން ދިން ހަމަލާ
އެމެރިކާ އިން ޔަމަންގެ ހޫތީންގެ 7 ޑްރޯން އަކަށާއި އުޅަނދަކަށް ހަމަލާ ދީފި
ޔަމަނުގެ ހޫތީން ހުކުރު ދުވަހު ބުނީ އިތުރު 4 ބޯޓަކަށް ހަމާލާދީފި ކަމަށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން "އެކްސް" ގައި ހާމަ ކުރި ބަޔާނެއްގައި ބުނެފައިވަނީ އެ ތަކެއްޗަށް ހަމަލާދިނީ އެ ތަކެއްޗަކީ އިއްތިހާދުގެ ބާރު ތަކަށާއި އެ ސަރަހައްދުން ދަތުރު ކުރާ ބޯޓު ފަހަރަށް ނުރައްކަލެއް ކަމަށް ދެކޭތީ ކަމަށެވެ.

ޔަމަންގެ ހޫތީން ކޮންޓްރޯލް ކުރާ ސަރަހަދުން 7 ޑްރޯން އަކަށާއި، ޑްރޯން ކޮންޓްރޯލް ސްޓޭޝަން ހަރުކޮށްފައިވާ އުޅަނދަކަށް އެމެރިކާ ސިފައިން ހަމަލާދީ އެ ތަކެތި ނައްތާލައިފި ކަމަށް އެމެރިކާއިން ހުކުރު ދުވަހު ބުނެފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން "އެކްސް" ގައި ހާމަ ކުރި ބަޔާނެއްގައި ބުނެފައިވަނީ އެ ތަކެއްޗަށް ހަމަލާދިނީ އެ ތަކެއްޗަކީ އިއްތިހާދުގެ ބާރު ތަކަށާއި އެ ސަރަހައްދުން ދަތުރު ކުރާ ބޯޓު ފަހަރަށް ނުރައްކަލެއް ކަމަށް ދެކޭތީ ކަމަށެވެ.

ހޫތީން ގެންދަނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން ރަތްކަނޑާއި، އިންޑިއާ ކަނޑު އަދި ގަލްފް އޮފް އެޑެން އިން ދަތުރު ކުރާ އާގުބޯޓު ފަހަރަށް ހަމަލާތައް ދެމުންނެވެ. ހޫތީ ޖަމާއަތުން ބުނަނީ އެ ހަމަލާތަކަކީ ގާޒާ ރައްޔިތުންނާ އެކުގައި ތިބިކަން ހާމަ ކުރުމުގެ ގޮތުން އިޒްރޭލާއި އެމެރިކާ އާ ގުޅުން ހުރި ބޯޓް ފަހަރަށް ދޭ ހަމަލާތަކެއް ކަމަށެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާން ޔަހްޔާ ސާރީ ހުކުރު ދުވަހު ބުނެފައިވަނީ އެ ޖަމާއަތުން އިތުރު 4 އުޅަނދަކަށް ހަމަލާ ދިން ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ރަތް ކަނޑުން ދަތުރު ކުރަނިކޮށް ބެލިސްޓިކް މިސައިލް ހަމަލާ ސީދާ އަމާޒުވި ޑެލޮނިކްސް ޓޭންކަރު ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ނަމަވެސް އިނގިރޭސި ވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ހުކުރު ދުވަހު ބުނީ 5 މިސައިލް ބޯޓާ މާ ދުރުނޫން ހިސާބަކަށް ވާސިލްވި ކަމަށާއި އުޅަނދަށް އޭގެ ސަބަބުން ގެއްލުމެއް ނުލިބޭ ކަމަށެވެ.

ހޫތީން ހުކުރު ދުވަހު ބުނެފައިވަނީ، ރަތްކަނޑުން ދަތުރު ކުރި ވޭލަރ ތެޔޮ ޓޭންކަރަށާއި، ކޮންޓޭނަރު އުފުލާ ޖޮހެނެސް މެއޭސްކް އަށައި އިއޮނިސް އާގު ބޯޓަށް ހަމަލާ ދިން ކަމަށެވެ.

ރަތް ކަނޑަކީ ދުނިޔޭގެ ކަނޑު މަގުން އުފުލާ މުދަލުގެ 12 އިން ސައްތަ އުފުލާ މަގު ކަމަށް ފާހަގަ ކުރެވޭއިރު، ހޫތީންގެ ހަމާލާތަކުގެ ސަބަބުން އާގު ބޯޓު ފަހަރު އާއްމު ކޮށް ދަތުރު ކުރާ މަގު ބަދަލު ކުރަން ޖެހުމުގެ ސަބަބުން، އިންޝުއަރެންސް އަގުތައް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާކަން ބޯޓު ފަހަރު އޮޕަރޭޓް ކުރާ ކުންފުނިތަކުން ވަނީ ބުނެފައެވެ.

ރަތްކަނޑު ހުރަސް ނުކޮށް ދަތުރު ކުރަން ޖެހޭތީ ގިނަ އުޅަނދު ފަހަރު މިހާރު ދަތުރު ކުރަން ޖެހެނީ ދެކުނު އެފްރިކާ ވަށާލައިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް