Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފުށި ޖަލުގައި މީހަކު ނިޔާވުން

ޖަމީލްގެ މަރާއި އެކު ޖަލުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް - މީގެ ފަހުން ޖަލުގައި މަރުވާ އެންމެންގެ ޕޯސްޓްމޯޓަމް ހަދާނެ

މި ބަދަލުތައް ގެނެސްފައި ވަނީ ހުކުރު ދުވަހު މާފުށީ ޖަލުގައި ށ. ފުނަދޫ, ޒަމާނީ ވިލާ, މުހައްމަދު ޖަމީލް 45 ނިޔާވި މައްސަލަ އަށް ފަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 ޖޫން 2024 | ހޮނިހިރު 10:55
މާފުށި ޖަލުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

މާފުށި ޖަލުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

މާފުށީ ޖަލުގައި ގައިދީއަކު ނިޔާވި މައްސަލަ އަށް ފަހު ޖަލުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ހުކުރު ދުވަހު މާފުށީ ޖަލުގައި ށ. ފުނަދޫ, ޒަމާނީ ވިލާ, މުހައްމަދު ޖަމީލް 45 ނިޔާވި މައްސަަލައިގައި އޭނާ އާއި މެދު އިހުމާލުވެފައިވާ ކަމަށް އާއްމުން އައީ ތުހުމަތުކުރަމުންނެވެ. އޭނާ އަށް އަނިޔާކޮށްފައިވާ ކަަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ.

ނަމަވެސް ފުލުހުންގެ ތަހުގީގުން އެފަދަ ކަމެއް އެނގެން ނެތް ކަމަށާއި ޑޮކްޓަރުންގެ ވާހަކައިން ވެސް އޭނާ އަށް ޖިސްމާނީ އެއްވެސް އަނިޔާއެއް ލިބުނުކަން އެނގެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ޖަމީލުގެ މަރާއި މެދު ސުވާލު އުފައްދަމުން ދާތީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާއި މެދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން، ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ޖަމީލްގެ ޕޯސްޓްމޯޓަމް ހެދުމަށް މަސައްކަތް ކުރީ އޭނާގެ މަރާއި މެދު އާއްމުން ސުވާލު އުފައްދަމުން ދިއުމުން ކަމަށެވެ. އޭރު އޭނާގެ ހަށިގަނޑު ފުލުހުން ވަނީ އޭނާގެ އާއިލާ އާއި ހަވާލުކޮށްފައި ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޖަމީލުގެ ހަށިގަނޑު އާއިލާ އާއި ހަވާކުކުރީ ޖަލުގައި ނިޔާވާ ގައިދީންނާއި މެދު އާއްމުކޮށް އަމަލުކުރާ އުސޫލުން ކަންކަން ބެލުމަށް ފަހު ޝައްކު ކުރެވޭ ޒާތުގެ ކަމެއް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައި ނެތުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އާއިލާ އާއި ހަށިގަނޑު ހަވާލުކުރި ފަހުން ޕޯސްޓްމޯޓަމް ހެދުމަށް އަލުން ހަށިގަނޑާއި ހަވާލުވުމަށް ފުލުހުން އެދިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ޖަމީލުގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާގެ އިޒުނަ ހޯދަން އެމަނިކުފާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވެސް މަސައްކަތްކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންނަމަވެސް އާއިލާ އިން އެކަމަށް ހުއްދަ ދީފައި ނުވާ ކަމަށާއި އާއިލާ އިން ބޭނުންވީ ޖަމީލުގެ ކަށުކަމާއި ކެމީގެ ކަންކަން ކުރިއަށް ގެންދަން ކަމަށް އިހުސާން ވިދާޅުވިއެވެ.

މި ހާދިސާއަށް ފަހު ޖަލުގައި ކުރިން ޢަމަލުކުރަމުން އައި ބައެއް ކަންކަމަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން ޖަލުގައި މަރުވާ ގައިދީންގެ ހަށިގަނޑު އާއިލާ އާއި ހަވާލުކުރާނީ އެ މީހުންގެ ފުރިހަމަ ޕޯސްޓްމޯޓަމެެއް ހެދުމަށް ފަހު ކަމަށް އިހުސާން ވިދާޅުވިއެވެ. ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއަކު ފުލުހުންގެ ބެލުމުގެ ދަށުން ދޫކުރާނީ އެ މަރުހަލާ އަށް ފަހުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެއް ގަޑިއިރުން އެއް ގަޑިއިރުން ގައިދީންގެ ޚަބަރު ބެލުމަށް ވެސް ވަނީ ނިންމާފައެވެ.

އެ ބަދަލު ގެނައުމަށް ނިންމީ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުންނެވެ. ޖަލުގެ ފުޓޭޖުތަކުން އެނގޭ ގޮތުން ޖަމީލު އޭނާ އޮންނަ ގޮޅިއަށް ވަދެފައި ވަނީ އެރޭ 09:30ގަ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކަމަށާއި އެއަށްފަހު އެއްވެސް މީހަކު އެ ގޮޅިއަށް ވަދެފައި ނުވާ ކަމަށާއި ގޮޅީގެ ދޮރު ހުޅުވީ ހެނދުނު 06:30 ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ވަގުތުތަކުގައި ޖަލުގެ އޮފިސަރުން ވެސް ގޮޅިއަށް ނުވަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިހުސާން ވަނީ ޖަލުގައި ގައިދީން ނަމާދުގެ ސަޖިދައިގައި ގިނަ ވަގުތު ހޭދަ ކުރާ ކަމަށާއި މީގެ ފަހުން އެފަދަ ހާލަތުތަކުގައި ވެސް ގައިދީންގެ ހާލު ރަނގަޅުތޯ ބަލާނެ ކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު