Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރަށް ކަންކަންނުވެ ބަނގުރޫޓުވާން ފެށީމާ ދައްކާ ބަހަނާ

ވެރިކަމަށް އައިންސުރެ ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް މިއަދުވެސް ހުރީ އެރަށްރަށުގެ ރައްޔިތުންނަށް ފެންނާށެވެ. ގާތްމީހުންނަށް ވަޒީފާތައް ބަހާލުން ފިޔަވައި ބިޔަ އެއްވެސް ކަމެއް އިތުރަށް ފަށާފައެއް ނެތެވެ. ސޮއި އެޅިއްޔާއެޅި އެއްބަސްވުމަކުން ވީކަމެއް ނެތެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 27 ޖޫން 2024 | ބުރާސްފަތި 06:48
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު، ސަރުކާރުން ބުނަނީ މާލީ ޙާލަތު ދަށް ކަމަށް، އެކަމަކު ދަތުރުތަކަށް ޚަރަދު ކުރަނީ މިލިއަނުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު، ސަރުކާރުން ބުނަނީ މާލީ ޙާލަތު ދަށް ކަމަށް، އެކަމަކު ދަތުރުތަކަށް ޚަރަދު ކުރަނީ މިލިއަނުން

އެއްވެރިކަމެއް ނިމި އަނެއް ވެރިކަމަކަށް ފެށެނީ ކުރިން ހުރި ހުރިހާ ކަމަކާއެކުގައެވެ. ކުރީގެ ސަރުކާރުގެ ހުރިހާ ކަމެއް އާ ސަރުކާރަށް ނަގުލުވާ ގޮތަށެވެ. އެއީ ފަށާފައިހުރި ޕްރޮޖެކްޓެއްވިއަސް، ރައްޔިތުންނަށްދޭ ޚިދުމަތެއް ވިއަސް އަދި ވާރުތަވަމުންދާ އަރަންޏަކާ ދަރަންޏެއްވެސް މެއެވެ. ކަންކަމުގައި ނަގާފައި ހުންނަ ލޯނުތައްވެސް އެއިން އިސްތިސްނާއެއް ނުވެއެވެ. ވެފައިވާ އެއްބަސްވުންތައް އެއިން ދޫކޮށްލެވޭކަށްވެސް ނޯވެއެވެ. ތަފާތުވަނީ ދެން އަންނަ ސަރުކާރަކުން ކަންކުރާ އުސޫލެވެ. އެކަންކަން އިތުރަށް ހަރުދަނާކުރާ ގޮތެވެ. ފޫބައްދާން ކުރާ ކަންކަމެވެ. ޚިދުމަތް ހުއްޓާނުލައި ދެވޭނެ އެހެން ގޮތްތައް ހޯދުމެވެ. ޕްރޮޖެކްޓްތަކަށް ބައެއް ބަދަލުތައް ގެނެޔަސް ހުއްޓާނުލައި އެކަންކޮށް ނިންމާލުމެވެ. އިތުރަށް ދަރަނި ނުނަގައި މެނޭޖް ކުރެވޭނެ ބީދައަކަށް ކަންކަން ބަދަލު ކުރުމެވެ.

ރައީސް ޑރ މުއިއްޒުގެ ވެރިކަމަކީވެސް އެހަމައިގެ ދަށުން އައި ވެރިކަމެކެވެ. ކެންޕޭން ދުވަސްވަރު ވިދާޅުވަމުން ގެންދެވީ ވެރިކަން ކުރެއްވުމުގެ ގާބިލްކަން ހުރިކަމަށެވެ. ޚާއްޞަކޮށް އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލައި އާ ކަންކަން ފަށްޓަވައިގެން މުޅިރާއްޖެ ތަރައްގީކުރައްވާނެ ކަމަށެވެ. މާލީ ގޮތުން އެކަމަކަށް އެއްވެސް ހުރަހެއް އޮތަ ނުދޭނެކަމަށެވެ. ޚުދު ރައީސް ޑރ މުއިއްޒު އޭރު ވިދާޅުވީ "ކަންކަން ހުރީ ހަމަޖެހިފައި ކަމަށާއި ފައިސާވެސް ވަނީ ލިބިފައި" ކަމަށެވެ. އެއްވެސް ދައްޗެއް ނެތްކަމަށެވެ. ބޭރުގެ ފަރާތްތަކުންވެސް ތިބީ ފައިސާދޭން ތައްޔާރަށޭވެސް ވިދާޅުވަމުން ދިޔައެވެ

އެމޭރުމުން ވިދާޅުވެ ފެށި ސަރުކާރަށް އަދި މިވަނީ އަހަރެއްވެސް ނުފުރިއެވެ. ސަރުކާރުގެ މައިގަނޑު ބަހަކީ "ކުރީގެ ސަރުކާރެވެ" އެސަރުކާރުން ކަންކޮށްފައި އޮތްގޮތެވެ. ނަގާފައިވާ ލޯނުތަކެވެ. ޕްރޮޖެކްޓްތައް ހިންގާފައި ހުރި ގޮތެވެ.  ސަރުކާރުގެ ވަޒީރަކަސް، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރަކަސް އެއްޗެއް ވިދާޅުވާނަމަ އެވާހަކައެއް ފަށަނީ "ކުރީގެ ސަރުކާރު" ކިޔާފައެވެ. ރައީސް މުއިއްޒު ވާހަކަފުޅެއް ދެއްކެވިއަސް އެނޫންގޮތަކަށް ނުފަށްޓަވައެވެ.

ނިކަން ހޭއަރައި ވިސްނާލަބަލާށެވެ. ތިޔަ ވިދާޅުވާ ކުރީގެ ސަރުކާރު މިހާރު ބާވެއްޖެއެވެ. ތިޔަ ލަވައެއް ރައްޔިތުންނަށް ކަމަކު ނުދެއެވެ. ތިޔަ ވާހަކައެއް މިއަދު ވިއްކޭކަށް ނެތެވެ. އަމުދުން ސަރުކާރަށް އަންނަން ވިދާޅުވި ވާހަކަތަކަށް ބުރަވެ ދިން ވޯޓުގެ ސަބަބުންނެވެ. ދެން ވިދާޅުވީ އެކަން އެގޮތައް ކުރެވޭނީ މަޖިލިސް މެޖޯރިޓީ ލިބިގެން ކަމަށެވެ. ބަލަ ސަރުކާރުން އެދުނުހާގޮތަކަށް ކަންކުރަން ފަސޭހަވާވަރުގެ ބޮޑު މެޖޯރިޓީއެއް ކީއްކުރަން ހެއްޔެވެ. މުޅި މަޖިލިސް ކަހަލަ ގޮތަކަށް އެއޮތީ ސަރުކާރަށް ހިތަކަށް ދީފައެވެ. އެމަޖިލިސް ބޭނުންކޮށްގެން ވެރިކަން ހިންގަން ފަހިވާނޭ ހުރިހާކަމެއް ކުރުމުގެ ފުރުސަތު ތިއޮތީ ތަށްމިނަށް ލިބިދީފައެވެ.

މަޖިލީހުގެ މެޖޯރިޓީއާއެކު ބޭނުންވީމާ ބޭނުންކަމެއް ކުރާތަންވެސް އެބަ ފެނެއެވެ. އެއްކަލަ އިންޑިއާ އޯކޭވީއެވެ. ފައިސާ ޗާޕުކުރަން ތައްޔާރުވަނީއެވެ. ސީދާ ރައްޔިތުންނާ ގުޅުންހުރި ޖީއެސްޓީ ބޮޑުކުރަން ތިޔަވަނީ ނިންމާފައެވެ. ކުރިން ޓެކްސް ނުނަގާ ގިނަ ބާވަތްތަކުން ޓެކްސް ނަގަން ކަނޑައެޅީއެވެ. އާސަންދަފަދަ ސަބްސިޑީތަކާ ކުޅެން ރާވަނީއެވެ. ޑިއުޓީތަކާއި ބައެއް ފީތައް އިތުރަށް މައްޗަށް ޖައްސާލަން ނިންމީއެވެ. އަތްގުޅިނުކާވަރުގެ ބިޔަބޮޑު ސިޔާސީ މަގާމްތަކަށް މުސާރަދޭނެ ފައިސާ ނެތިގެން އެކިއެކި ޑިވެލޮޕްމަންޓުގެ ނަމުގައި ލޯނުވެސް ނަގަނީއެވެ. ނަން ރީތިކޮށްލަށް އެމްއެމްއޭއިން ނަގާ ދަރަނި އިތުރުކޮށް އެއްވަޅުން ނަގައި އަނެއްވަޅަށްލާން ނިންމަނީއެވެ. މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. ސަރުކާރުން ބޭނުންވީމާ ބޭނުންހާ ކަމެއް ތިޔަދަނީ ކުރަމުންނެވެ.

ކޮންމެއަކަސް ސަރުކާރަށް ދެއްކޭނެ ބަހަނާއެއް ނެތެވެ. ވެރިކަމަށް އައިންސުރެ ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް މިއަދުވެސް ހުރީ އެރަށްރަށުގެ ރައްޔިތުންނަށް ފެންނާށެވެ. ގާތްމީހުންނަށް ވަޒީފާތައް ބަހާލުން ފިޔަވައި ބިޔަ އެއްވެސް ކަމެއް އިތުރަށް ފަށާފައެއް ނެތެވެ. ސޮއި އެޅިއްޔާއެޅި އެއްބަސްވުމަކުން ވީކަމެއް ނެތެވެ. މިއީކީ ރައްޔިތުންގެ މައްސަލައެއް ނޫނެވެ. މުޅި ދުނިޔޭގައި ސަލާންޖަހައިގެންވެސް ފައިސާފޮއްޗެއް ދިއްކޮށްލާނެ ބަޔަކު ނުވުން އެއީ ރައްޔިތުންގެ ކުށެއް ނޫނެވެ. ފިޗުން ރާއްޖޭގެ ރޭޓު އިންތިހާއަށް ދަށަށް ވައްޓާލުމަކީ ރައްޔިތުން ކުރިކަމެއް ނޫނެވެ. ސަރުކާރުގެ އަމަލުތައް ހުރިގޮތުންނެވެ. ރައްޔިތުން ކުރިއްޔާ ކުރީ ސަރުކާރުން ބޭނުންވާ ކަމެކެވެ. މަޖިލީސް ނަގައިދިނީއެވެ. ހައްދައިގެން ވޯޓު ހޯދި މަސްވެރިންނަށް ފައިސާ ނުދިނީމާ އެމީހުންވެސް ތެދުވާނެއެވެ. ޖީއެސްޓީއާ އެހެނިހެން ޓެކްސްތައް ބޮޑުވެ ތަކެތީގެ އަގު ބޮޑުވީމާ ރައްޔިތުންވެސް ދެނެއް ތުންފިއްތައިގެނެއް ނުތިބޭނެއެވެ. އެކަންކަމާ ދެކޮޅަށް "ކުރީގެ ސަރުކާރު"ގެ ޓެގް ދެނެއް ބޭނުންކުރެވޭނެ ޖާގައެއް ނެތެވެ. ކަންކަންނުވެ ބަނގުރޫޓުވާ އަތަށް އެޅީމާ ފާފަޅޮލޭ ނުގޮވާށެވެ. ބަހަނާ ނުދައްކާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟

ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟

14 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017
ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު