Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ މާލީ ހާލަތު

ރާއްޖޭގެ މާލީ ހާލަތު ނުރައްކަލުގެ ތެރެއަށް، ފިޗް ރޭޓިންގ އިން ރާއްޖެ ދަރަނިވެރި ވެދާނެ ކަމުގެ ބިރު!

ކުރީ ދެ އަހަރު ރާއްޖޭގެ ރޭޓިން އޮތީ "ބީ މައިނަސް" ގައި ހިފެހެއްޓިފައި

ރާއްޖެ އެމްވީ | 26 ޖޫން 2024 | ބުދަ 18:04
ރާއްޖޭގެ މާލީ ހާލަތުދަށްވެ ދަރަނިވެރިވެދާނެކަމުގެ ބިރު އެބައޮތްކަމަށް ފިޗުން ވަނީ ބުނެފައި

ރާއްޖޭގެ މާލީ ހާލަތުދަށްވެ ދަރަނިވެރިވެދާނެކަމުގެ ބިރު އެބައޮތްކަމަށް ފިޗުން ވަނީ ބުނެފައި

އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ ފިޗް އިން ތައްޔާރު ކުރާ ރޭޓިން ގައި ރާއްޖެ "ސީސީސީ ޕްލަސް" އަށް ދައްކުރުމާއެކު، ރާއްޖެ ދަރަނިވެރި ވުމުގެ ބިރުބޮޑު ކަން ހާމަ ވެއްޖެއެވެ.

ފާއިތުވި ދެ އަހަރުވެސް "ބީ މައިނަސް" ގައި އޮތް ރާއްޖެ، ފިޗް އިން ބުދަ ދުވަހު ނެރުނު ރޭޓިންގ ގައި އޮތީ "ސީސީސީ ޕްލަސް" އަށް ދަށްކޮށްފައެވެ.

ފިޗް އިން "ސީސީސީ ޕްލަސް" ރޭޓިން މާނަ ކޮށްފައިވަނީ "ދަރަނި ނުދެއްކިދާނެ ކަމުގެ ހައިރިސްކް" އޮތުމުގެ ގޮތުގައެވެ.

ފިޗް އިން ފާހަގަ ކޮށްފައިވަ ގޮތުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަނީ ދަށްވެފައެވެ. އެއާއެކު ރާއްޖޭގެ ބޭރުގެ ދަރަނި އެހާ ބޮޑު ކޮށް އޮތުމާއެކު ދަރަނި ދައްކަން ޖެހޭ ތާރީޚަށް ދަރަނި އަދާ ކުރުމުގައި ސަރުކާރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް ދަތިތައް ކުރިމަތިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ފިޗް އިން ބުނެފައިވަނީ، 2025 އާއި 2026 ގައި ބޭރުން ނަގާފައިވާ ދަރަނިތަކަށް ފައިސާ ދެއްކުމަށް ބޭރުން ފައިސާ ހޯދަން ވިސްނާނަމަ އެކަމުގައި ބޮޑެތި ގޮންޖެހުތަކެއް ރާއްޖެއަށް ކުރިމަތިވާނެ ކަމަށެވެ.

ފިޗް އިން ފާހަގަ ކޮށްފައިވަނީ ރާއްޖޭގެ ފޮރިން ރިޒާވް އަށް ވަރަށް ބުރަ ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން މީގެ އެއް އަހަރު ކުރިން ރިޒާވް ގައި ހުރި 748 މިލިއަން ޑޮލަރު، މި އަހަރުގެ މެއި މަހާ ހަމައަށް އައި އިރު 492 މިލިއަން ޑޮލަރަށް ދަށް ވެގެން ދިއުން ފާހަގަ ކޮށްފައިވެއެވެ.

މިއިން ދޭހަކޮށްދެނީ ރާއްޖެއަށް ލިބޭ އެއްޗަކަށް ވުރެ ބޮޑަށް ޚަރަދު ކުރަން ޖެހިފައިވުން ކަމަށް ބުނެފައިވެއެވެ. ފޮރިން ރިޒާވް ދަށްވުމުގައި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު 100 މިލިއަން ޑޮލަރު ރިޒާވް ބޭންކް އޮފް އިންޑިއާ އަށް އަނބުރާ ދައްކަން ޖެހުން ފާހަގަ ކޮށްފައިވެއެވެ. އަނެއްކޮޅުން ކުރު މުއްދަތުގެ ގްރޮސް ފޮރިން ރިޒާވް 73 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށް ފިޗް އިން ހާމަ ކުރި ތަފްސީލްގައި ބުނެފައިވެއެވެ.

ރާއްޖޭގެ ފޮރިން ރިޒާވް ހުރި ނިސްބަތައް ބަލާއިރު 2024 ގައި ދައްކަން ޖެހޭ ދަރަނި ދެއްކުމުގެ ގާބިލްކަން ކުޑަކަން ފިޗް އިން ފާހަގަ ކުރެއެވެ. 2024 ވަނަ އަހަރު ސަރުކާން އަދާ ކުރަންޖެހޭ 233 މިލިއަން ޑޮލަރު ގެ ދަރަނި އޮތުމާއި އަދި ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ 176 މިލިއަން ޑޮލަރުގެ ދަރަނި އޮތް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަނެއްކޮޅުން 2025 ވަނަ އަހަރު އަދާ ކުރަންޖެހޭ 557 މިލިއަން ޑޮލަރުގެ ދަރަނި އެބައޮތެވެ. 2026 ގައި 1 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ދަރަނި ރާއްޖެއަށް އަދާ ކުރަން ޖެހޭކަން ފިޗް އިން ބުނެފައި ވެއެވެ.

ފިޗް އިން ބުނެފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާވާ ފައިސާއިން ދަރަނީގެ ބައެއް ދެއްކިދާނެ ކަމަށް ބެލެވުނު ނަމަވެސް ދަރަނި އަދާ ކުރުމުގައި ރާއްޖެއާ ގާތް ގުޅުން އޮންނަ ބޭރުގެ ފަރާތްތަކަށް ބަރޯސާވާން ޖެހޭނެ ކަމަށެވެ. އެސްޑީއެފް ގައި 11 ޖޫން 2024 ގެ ނިޔަލަށް ހުރީ 54.4 މިލިއަން ޑޮލަރަކީ ދައްކަން ޖެހޭ މިންވަރަށް ދަރަނި އަދާކުރަން އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ފިޗް އިން ބުނެފައިވެއެވެ.

ޖީޑީޕީގެ ނިސްބަތުން 2024 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 19.7 އިން ސައްތައިގައި ހުންނާނެ ކަމަށް ފިޗް އިން އަންދާޒާ ކުރެއެވެ. މިއީ މަތީ ނިސްބަތެއް ކަމަށް ފިޗް އިން ވަނީ ފާހަގަ ކޮށްފައެވެ. އެއީ 'ބީ' ނުވަތަ 'ބީ/ސީ/ޑީ" ދަރަޖައިގައި ރޭޓިން ހުންނަ މިންވަރަށް ވުރެ 6 ގުނަ މަތީ މިންވަރެއް ކަމަށް ފިޗް އިން ބުނެފައިވެއެވެ. ރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވާ ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ސަރުކާރުން މަޝްރޫއު ތަކަށް ކުރާ އިންވެސްޓްމަންޓް މަތިވުމާއި، ކާނާ އާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓް ކުރުމުގެ މައްޗަށް ބަރޯސާވެފައި އޮތުން ކަމަށާއި އެކަމުގެ ސަބަބުން ޑޮލަރުގެ ތާށިކަން ރާއްޖެއަށް ކުރިމަތިވާ ކަން ފިޗް އިން ބުނެފައިވެއެވެ.

ދަރަނި ފޫބެއްދުމަށް އެތެރެއިން ފައިސާ ހޯދުން ރާއްޖެއަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން ފިޗް އިން ފާހަގަ ކުރެއެވެ. އެމްއެމްއޭ އަށާއި ރާއްޖޭގެ ބޭންކް ތަކަށް ސަރުކާރުގެ ދަރަނި އުފުލޭނެ މިންވަރުވެސް މިހާރު ވަރަށް ބޮޑަށް ހަނިވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

ފާއިތުވި 2 އަހަރު ރާއްޖޭގެ ރޭޓިން އެއްވަރެއްގައި ހިފެހެއްޓިފައި އޮތް އިރުވެސް ދައުލަތުގެ ދަރަނިތައް ހަމަ އެގޮތުގައި ހުރިކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން ރޭޓިން އަށް މިހާ ބޮޑު ދަށްވުމެއް އައުމާ ގުޅޭ ގޮތުން މި ނޫހުން ވާހަކަ ދެއްކި މާލީ ތަޖުރިބާކާރަކު ވިދާޅުވީ، އެންމެ ފަހުން ފިޗް އިން ރާއްޖޭގެ ރޭޓިން އާއްމު ކުރީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށާއި، އެހެން ކަމުން އޭރުވެސް ރާއްޖޭން ޒިންމާންވާން ޖެހޭ ދަރަނި ތައް އެ ގޮތައް ހުއްޓާ ރޭޓިން އެއްވަރެއްގައި ހިފެހެއްޓިފައި އޮވެމެ، މި ސަރުކާރަށް މިވީ 7 މަސް ދުވަހުގެ ތެރޭގައި އެހާ ބޮޑަށަ ރޭޓިން ދަށަށް ދިއުމުން އެތައް ސުވާލެއް އުފެދޭނެ ކަމަށެވެ.

ފިޗް ރޭޓިންގ އަކީ އާއްމުކޮށް އަހަރުގެ ފަހުކޮޅު އޮކްޓޯބަރ ހިސާބުގައި ނެރޭ އެއްޗަކަށް ވެފައި އަހަރުގެ މިހާ ކުރިން ރާއްޖޭގެ ރޭޓިން ނެރުނީ ކީއްވެގެން ކަމަށް ގަބޫލު ކުރެވޭތޯ ދެންނެވުން އޭނާ ވިދާޅުވީ، އެއީ ގައުމު ދަރަނި ވުމުގެ ރިސްކް ވަރަށް ބޮޑުކަމަށް ފިޗް އަށް ފެނިއްޖެނަމަ ވީހާވެސް ކުރިއާލާ ކަމާބެހޭ ފަރާތްތަކަށް އިންޒާރެއް ދިނުމުގެ ގޮތުން ރިޕޯޓް ނެރުނީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ފިޗް ރޭޓިން އަކީ އެ ތަނެއްގައި އިންވެސްޓް ކުރުމުގެ ރިސްކް އޮތް ކުޑަބޮޑުމިން އިންވެސްޓް ކުރާ ފަރާތްތަކަށާއި ދަރަންޏަށް ފައިސާ ދޭ ފަރާތްތަކަށް އަންގައިދޭ ދުނިޔެ ގަބޫލު ކުރާ މިންގަނޑެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު