Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މިޝިގަންގެ ދިވެހިރާއްޖެ

"މޯލްޑިވްސް އޮފް މިޝިގަން" އިނގޭތަ؟

ދިވެހިރާއްޖޭގެ ނަން ބޭނުންކޮށްގެން ޕްރޮމޯޓް ކުރަމުން ދާ ޓޯޗް ލޭކް ސަރަޙައްދަކީ، މަޝްހޫރު އެތައް ފަންނާނުންނަކަށްވެސް މިއަދު ޚާއްޞަ މަންޒިލަކަށް އޮތީ ވެފަ. ޓޭލަރ ސްވިފްޓް، އޯޕްރާ ވިންފްރީ އަދި އެމިނެމް ފަދަ މީހުން ޗުއްޓީ ހޭދަކޮށްލާ 'ހޮލިޑޭ ހޯމް'ތައް ޓޯޗް ލޭކް ސަރަޙައްދުގައި އެބަހުރި.

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 ޖޫން 2024 | އަންގާރަ 06:24
ނޫވިލު މޫދާއި އެ މޫދާ ގުޅިފައިވާ ހުދު ސާފު ދޮންވެލިގަނޑަކީ ޓޯޗް ލޭކްއަށް މިޝިގަންގެ ދިވެހިރާއްޖޭގެ ވަނަން ދޭން ފެށި ސަބަބުކަމަށްވޭ

ނޫވިލު މޫދާއި އެ މޫދާ ގުޅިފައިވާ ހުދު ސާފު ދޮންވެލިގަނޑަކީ ޓޯޗް ލޭކްއަށް މިޝިގަންގެ ދިވެހިރާއްޖޭގެ ވަނަން ދޭން ފެށި ސަބަބުކަމަށްވޭ

ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެ ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ނުފޫޒު ގަދަ ޤައުމުތަކުންވެސް ފާރަވެރިވަމުން އަންނަ ކަންކަމެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އެ ޤައުމުތަކުގެ ފިޔަވަޅުތިލަ ސާބިތު ކުރުމަށްޓަކައި މިއަދު ދިވެހިރާއްޖޭގެ ނަން ބޭނުން ކުރަމުން ދާ ކަން ދެނަހުރީމު ހެއްޔެވެ؟ ދައްކަން މި އުޅެނީ މިފަދަ އެތައް މަންޒިލްތަކެއްގެ ތެރެއިން، އެމެރިކާގެ މިޝިގަންގައި އޮންނަ ޓޯޗް ލޭކުގެ ވާހަކައެވެ.

މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ޓޯޗް ލޭކް ސޭންޑްބަރ ނުވަތަ ތުނޑި އިޝްތިހާރު ކުރަމުން ދަނީ "މިޝިގަންގެ ދިވެހިރާއްޖެ" ގެ ނަމުގައެވެ. ނުވަތަ "ދަ މޯލްޑިވްސް އޮފް މިޝިގަން"ގެ ނަމުގައެވެ. ސަބަބުތައް އިންތިހާއެވެ. އެތައް ދުވަހެއްގެ މަސައްކަތުން ފައިސާ އެއްކޮށްގެން ދިވެހިރާއްޖޭގެ ހިތްގައިމުކަން ދެކިލާ، ދިވެހިންގެ ހަންހާރަވެތި މެހެމާންދާރީ ތަޖުރިބާ ކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. ބައެއް މީހުންގެ ދަތުރުތަކަކީ އެތައް ބައްރެއް ހުރަސްކޮށް، އެތައް ގަޑިއިރަކަށް ދެމިގެންދާ ދަތުރުތަކެކެވެ.

ލިބުނު ފުރުޞަތުގެ ބޭނުން ހިފައިގެން ޓޯޗް ލޭކް ސޭންޑްބަރ އިޝްތިހާރު ކުރަން ފެށީއެވެ. ދިވެހިރާއްޖޭގެ ތަޖުރިބާތަކަށް ކެތްމަދުވެފައި ތިބި އެތައް ބަޔަކަށް، ކައިރި ހިސާބަކުން "ދިވެހިރާއްޖެ"އެއް ދައްކައިގެންނެވެ. ފަތުރުވެރިން އަތުލައިގަތުމަށް، އެމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން ބޭނުންކޮށްގެންނެވެ. ޓޯޗް ލޭކްއަކީ އެމެރިކާގެ ހުޅަނގު އައްސޭރިފަށުން ފެންނާނެ އެންމެ ސާފު ފެން ކޯރު ކަމަށް އެމީހުން ވަކާލާތު ކުރެއެވެ. ވިލުނޫކުލައިގެ ހިތްގައިމު މޫދާއި، ހުދު ދޮންވެލި ދުނޑީގެ ޖަޒުބާތުގައި އެތައް ބަޔަކު ޖައްސަމުންނެވެ. މި ފެށުނު ހޫނު މޫސުމުގެ ދުވަސްވަރު، ހަށިގަނޑަށް ފިނިކަމެއް ހޯދާލަން އެންމެ ފުރިހަމަ، އަދި އެންމެ ނަލަ ތަސްވީރުތަކުގެ ވާހަކައަށް ހިތްތައް ލަނބުވައިގެންނެވެ.

ފައިސާތަކެއް ޚަރަދުކޮށް ދިވެހިރާއްޖެއަށް ކުރާ ދަތުރު ނުކުރެވިގެން އެކަމާ ދެރަވާން ނުޖެހޭނެ ވަރަށް، މިޝިގަންގެ ޓޯޗް ލޭކް އިޝްތިހާރު ކުރުން ވަނީ މެކުހަށް ޖަހާފައެވެ. ރާއްޖެ ދަތުރު ކުރުމަށްޓަކައި މަތިންދާބޯޓެއްގައި އެތައް ގަޑިއިރެއް ބަންދުވެފައި އިންނަން ނުޖެހި، އެއަރޕޯޓްތަކުގައި ވަގުތުތައް ބޭކާރު ކޮށްލަން ނުޖެހި، ދިވެހިރާއްޖޭގެ ހިތްގައިމުކަން، އުފަން ވަޒަނުން ހާސިލު ކުރެވިދާނެ ކަން ސާބިތު ކޮށްދިނުމަށް، ތަފާތު އެތައް ހެއްކެއް ދައްކައެވެ. މި ބަލައިލަނީ އެފަދަ ބައެއް ކަންކަމަށެވެ.

ނޫވިލު މޫދާއި އެ މޫދާ ގުޅިފައިވާ ހުދު ސާފު ދޮންވެލިގަނޑަކީ ޓޯޗް ލޭކްއަށް މިޝިގަންގެ ދިވެހިރާއްޖޭގެ ވަނަން ދޭން ފެށި ސަބަބުކަމަށްވެއެވެ. މާ ފުން ނޫން ފެންގަނޑާއި ހިމުން ދޮންވެލި ތުނޑިއަކީ، މޫދަށް ފަރިތަ ނޫނެއް ކަމަކު ޤުދުރަތީ ހިތްގައިމުކަން ތަޖުރިބާ ކުރަން ބޭނުންވާ ޢާއިލާތަކަށްވެސް ފީނާ ހަދާލަން އެންމެ އެކަށީގެންވާ މަންޒިލް ކަމަށް ޓޯޗް ލޭކުން ވަކާލާތު ކުރެއެވެ. ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދާ އިރު ނަގާ ފަދަ ހިތްގައިމު ތަސްވީރުތަކާއި ވީޑީއޯތައް، ޓޯޗް ލޭކު ޗުއްޓީއެއްގައިވެސް ނެގޭނެކަން ކަށަވަރު ކޮށްދެއެވެ.

މޫދާ ދޯޅަ އަދި މޫދު ކުޅިވަރުތަކަށް ލޯބި ކުރާ މީހުންނަށްވެސް ޓޯޗް ލޭކްއަކީ އެވަރެއް ނެތް ތަނެއް ކަމަށް ދައްކަން މަސައްކަތް ކުރެއެވެ. ހުރިހާ ޢުމުރެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެ ފަދަ އެތައް ހަރަކާތެއް އެ ސަރަޙައްދުގައި ހިންގައެވެ. ޓޯޗް ލޭކަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު ކަމަކަށް ވެފައި އޮންނަނީ ކޯރުގައި ބޯޓު ދުއްވާލުމެވެ. ނުވަތަ ސްޕީޑްބޯޓުތަކާއި ޖެޓްސްކީތަކުގައި އަމިއްލައަށް ދުއްވާލަން ނުކުމެ، ޤުދުރަތީ ހިތްގައިމުކަން ދެކިލުމެވެ. އަމިއްލަ ތަކެތި ނެތް މީހުންނަށް ކުލީ އުސޫލުން މޫދު ކުޅިވަރުގެ ސާމާނުތައް ލިބޭނެ އިންތިޒާމުތައް އޮންނަނީ ހަމަޖައްސާފައެވެ.

ހިމޭން މޫދު ކުޅިވަރުތަކަށް ލޯބިކުރާ މީހުންނަށް ކަޔޭކިންގްއާއި ޕެޑަލްބޯޑިންގްގެ ފުރުޞަތު އޮވެއެވެ. މަސްވެރިކަމަށް ލޯބިކުރާ މީހުންނަށް މަސްދަތުރުތައް އިންތިޒާމުކޮށްދެއެވެ. ކައިރި ފިހާރަތަކުގައި، އެކަމަށް ބޭނުންވާ ހުރިހާ އެއްޗެއް ލިބެން ހުރެއެވެ.

ދިވެހިރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތެރޭގައި ދިވެހި ރާއްޖޭގެ ފަޚްރުވެރި ދިގު މާޒީގެ ވާހަކަތައް އަޑު އަހާލަން އަންނަ މީހުންވެސް މަދެއް ނޫނެވެ. ދިވެހި ތާރީޚާއި ޘަޤާފީ ހަރަކާތްތަކާ ބެހޭ މައުލޫމާތު ހޯދާ، އެކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވާ ފަތުރުވެރިންވެސް މަދެއް ނޫނެވެ. ދިވެހި އާދަކާދައިގެ ތެރެއިން ކައިވެނި ހަފުލާތައް ބާއްވާ ފަތުރުވެރިންވެސް އުޅެއެވެ.

ޓޯޗް ލޭކްއިން ޘަޤާފީ މުއްސަނދިކަންވެސް ޕްރޮމޯޓް ކުރެއެވެ. އެމެރިކާގެ އެހެން ހިސާބުތަކުން އާންމު ގޮތެއްގައި ތަޖުރިބާ ކުރަން ނުލިބޭ އެތައް ކަމެއް ޓޯޗް ލޭކްއިން ލިބޭނެ އިންތިޒާމުތައް އޮންނަނީ ހަމަޖައްސާފައެވެ. ބޮޑެތި ބާޒާރުތަކާއި ފެސްޓިވަލްތައް ބާއްވައެވެ. ކުލަގަދަ ގޮތެއްގައި މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. މުޖުތަމަޢުގެ އެއްވެސް މީހަކު ބާކީ ނުވެ، މި ހުރިހާ ކަމެއްގައި ބައިވެރިވެވޭނެ ވެއްޓެއް އޮންނަނީ ޤާއިމު ކޮށްދީފައެވެ.

އީކޯޓުއަރިޒަމް ނުވަތަ ޤުދުރަތީ ވެށީގެ މަންޒިލްތަކުން ފަތުރުވެރިކަމުގެ ފައިދާ ހާސިލު ކުރުމަކީ ދިވެހިރާއްޖޭގައި މިއަދު އޮތް ފަތުރުވެރިކަމުގެ ސިނާޢަތުގެ އަސާސް ކަމުގައި ދެންނެވިދާނެއެވެ. ކަން މިހެން އޮތް އިރު ޓޯޗް ލޭކްއިން ވަނީ އެކަމުގެ ފައިދާވެސް ނަގަން ފަށާފައެވެ. ތަފާތު އެކި ކަހަލަ މާހައުލުތަކާއި ޤުދުރަތީ ވެށީގެ ތަޖުރިބާތައް ކުރަން ބޭނުންވާ ފަތުރުވެރިންގެ ސަމާލުކަން ދަމައިގަންނަމުންނެވެ. ތެތްޗަކަ ބިންތަކާއި، ޖަންގަލިތަކާއި، ހިތްގައިމު ދަނޑުބިންތަކުން މުއްސަނދިވެފައި އޮތް ޓޯޗް ލޭކް ސަރަޙައްދަކީ، ތިމާވެށީގެ އިޝްޤުގައި ޖެހިގެން އުޅޭ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ ތަނަކީ ޓޯޗް ލޭކް ކަމަށް ދައްކައިދެއެވެ.

މި ހިއްސާ ކުރެވުނީ ބައެއް ކަންކަމެވެ. ދިވެހިރާއްޖޭގެ ނަން ބޭނުންކޮށްގެން ޕްރޮމޯޓް ކުރަމުން ދާ ޓޯޗް ލޭކް ސަރަޙައްދަކީ، މަޝްހޫރު އެތައް ފަންނާނުނަކަށްވެސް މިއަދު ޚާއްޞަ މަންޒިލަކަށް އޮތީ ވެފައެވެ. ޓޭލަރ ސްވިފްޓް، އޯޕްރާ ވިންފްރީ އަދި އެމިނެމް ފަދަ މީހުން ޗުއްޓީ ހޭދަކޮށްލާ 'ހޮލިޑޭ ހޯމް'ތައް ޓޯޗް ލޭކް ސަރަޙައްދުގައި އެބަހުއްޓެވެ. އެ ފަދަ މީހަކާ ބައްދަލުވޭތޯ ބަލައިލަންވެސް އެ ސަރަޙައްދަށް ދަތުރު ކުރާނެ މީހުން އުޅޭނެތާއެވެ.

ގާތްގަނޑަކަށް 2000 އެއްހާ މީހުންގެ އާބާދީ އޮތް ޓޯޗް ލޭކް، މިޝިގަންއަކީ މުޅި ދުނިޔޭގެ ނިސްބަތުން 3 ވަނައަށް އެންމެ ރީތި ކޯރު ކަމަށް ނޭޝަނަލް ޖިއޮގްރަފިކް ޗެނަލް (އެންޖީސީ) އިން ރޭންކު ކޮށްފައި އޮތް ތަނެކެވެ.

ފަތުރުވެރިކަމުގެ އިޤްތިޞާދީ ތަފާސް ހިސާބުތަކަށް ބަލާއިރު މިޝިގަންއަށް އަހަރެއްގެ މައްޗަށް މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. އަދި އެމީހުންގެ ފަރާތުން 22.8 ބިލިއަން ޑޮލަރު ލިބުނެވެ. ފަތުރުވެރިކަމުގެ ސަބަބުން، މިޝިގަންގެ ސަރަޙައްދުގައި އެކަނިވެސް 2 ލައްކައަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު ހުޅުވިފައި އެބަ އޮތެވެ.

ފަތުރުވެރިކަމަށް އިންތިހާއަށް ބަރޯސާވެގެން އޮތް މި ދިވެހިރާއްޖޭގެ ނަމާއި، ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ހިތްގައިމުކަމާއި ޗާލުކަމުގެ ބޭނުން ހިފައިގެން އެހެން ބަޔަކު ފަތުރުވެރިކަމުގެ ފޮނިމީރުކަން ލިބިގަންނަމުން ދާ އިރު، އަހަރެމެން ދިވެހިން ހަމަ މިހެން ތިބޭނީތޯ މިއީ އަމިއްލަ ނަފުސާކޮށްލަން ޖެހޭ ސުވާލެކެވެ.

މިޝިގަންގެ ދިވެހިރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

03 އެޕްރީލު 2017
ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް

ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް

29 މާރިޗު 2017
"ތަގްސް އޮފް ހިންދުސްތާން" ގައި ފާތިމާ ފެނިގެނެއް ނުދޭ

"ތަގްސް އޮފް ހިންދުސްތާން" ގައި ފާތިމާ ފެނިގެނެއް ނުދޭ

15 މާރިޗު 2017
ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

13 މާރިޗު 2017
މިނިސްޓްރީ އޮފް ސެކްސް ސްޕެއިން ސަރުކާރުން އުފައްދާ މިނިސްޓަރަކު އައްޔަން ކޮށްފި

މިނިސްޓްރީ އޮފް ސެކްސް ސްޕެއިން ސަރުކާރުން އުފައްދާ މިނިސްޓަރަކު އައްޔަން ކޮށްފި

01 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު