Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ސްވިޒަލެންޑު ވަރުގަދަ، ކުޅުންތެރިން ކުރި މަސައްކަތް ރަނގަޅު: ނާގަލްސްމަން

ޖަރުމަނުގެ ބެންޗުން އަރާ ކުޅުންތެރިންގެ ތެރޭގައި އެކަހަލަ ކުޅުންތެރިޔަކު ހުރުމަކީ، އޭނާ އަށް ލިބޭ ހިތްހަމަ ޖެހުމެއް ކަމަށް ނާގަލްސްމަން ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖޫން 2024 | އަންގާރަ 03:08
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން

ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން

ސްވިޒަލެންޑަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، ޖަރުމަނުގެ ކުޅުންތެރިން ކުރި މަސައްކަތް ރަނގަޅު ކަމަށް، ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަނުން ސްވިޒަލެންޑާ ދެކޮޅަށް ކުޅުނުު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. މެޗުގައި ސްވިޒަލެންޑުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޖަރުމަނުން ވަނީ ފަހު ވަގުތު ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ނާގަލްސްމަން ބުނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުންނައިރު، އެންމެ މުހިންމީ ލަނޑު ޖަހާނެ ކުޅުންތެރިން ތިބުން ކަމަށެވެ. ނާގަލްސްމަން ބުނީ މެޗުގެ ކުރިން އިދިކޮޅު ޓީމު ވަރަށް ރަނގަޅަށް ދަސްކުރާ ކަމަށާއި، މެޗުގެ ފުރަތަމަ 11 ކަނޑައަޅަނީ އެ ކަންކަމަށް ބަލައިގެން ކަމަށެވެ. އޭގެ ފަހުން ގެންނަން ޖެހޭ ބަދަލުތައް ބެންޗުން ގެންނާނެ ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

މެޗުން ޖަރުމަނު ސަލާމަތްވީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ނިކްލަސް ފުލްކްރޫގް ޖެހި ލަނޑުންނެވެ. ފުލްކްރޫގްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ، އޭނާ ޖެހީ ވަރަށް ރަނގަޅު އަދި މޮޅު ލަނޑެއް ކަމަށެވެ. ޚާއްސަކޮށް އެއީ ޖަރުމަނަށް ވަރަށް މުހިންމުވި ލަނޑެއް ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ. ޚާއްސަކޮށް ޖަރުމަނުގެ ބެންޗުން އަރާ ކުޅުންތެރިންގެ ތެރޭގައި އެކަހަލަ ކުޅުންތެރިޔަކު ހުރުމަކީ، އޭނާ އަށް ލިބޭ ހިތްހަމަ ޖެހުމެއް ކަމަށް ނާގަލްސްމަން ވަނީ ބުނެފަ އެވެ.

މެޗާ ގުޅޭ ގޮތުން އިތުރަށް ނާގަލްސްމަން ބުނީ، ސްވިޒަލެންޑަކީ ވަރަށް ވަރުގަދަ އަދި މޮޅު އިދިކޮޅު ޓީމެއް ކަމަށެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ، ކުރިން ވެސް އުންމީދު ކުރި ގޮތަށް ވާދަވެރި އަދި ޝައުޤުވެރި ކުޅުމެއް ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފަ އެވެ. މެޗަށް ބަލާއިރު، ޓެކްޓިކަލީ ޖަރުމަނުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، މެޗު އެއްވަރުވީ އެކަމުގެ ސަބަބުން ކަމަށް ނާގަލްސްމަން ބުންޏެވެ.

މެޗުން ޖަރުމަނަށް ޕޮއިންޓެއް ޙައްގު ކަމަށާއި، އެއް ވަނަ ޓީމުގެ ގޮތުގައި ގަދަ 16 ވަނަ ބުރުން ޖާގަ ލިބުމަކީ އޭނާ އަށް އަދި މުޅި ޓީމަށް ވެސް ލިބޭ ހިތްހަމަ ޖެހުމެއްގެ ގޮތުގައި ނާގަލްސްމަން ސިފަ ކުރި އެވެ. ނާގަލްސްމަން ބުނީ ކައުންޓަ އެޓޭކުގައި ރިސްކު ނެގުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. ސްވިޒަލެންޑުން މެޗުގައި ލީޑު ނަގާފައި ވަނިކޮށް، އަނބުރާ މެޗުގެ ތެރެއަށް އައުމަށް ޖަރުމަނުން ވަރަށް މަސައްކަތް ކުރި ކަމަށާއި، ނަތީޖާ ހަމަހަމަ ކުރެވުނީ ކުޅުންތެރިން ކުރި ހިތްވަރުން ކަމަށް އޭނާ ބުންޏެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖަރުމަނު ޖާގަ ހޯދާފައިވާއިރު، ޖަރުމަކީ މިއަހަރުގެ ޔޫރޯގައި ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު އަންނަ ޓީމެކެވެ.

ޔޫރޯ 2024 (ޖަރުމަނު)ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުހޫލިއަން ނާގަލްސްމަން

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ
08 ސެޕްޓެމްބަރު 2025

ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް

08 ސެޕްޓެމްބަރު 2025
ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
20 ނޮވެމްބަރު 2024

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި
14 އޮކްޓޯބަރު 2024

ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން

14 އޮކްޓޯބަރު 2024
ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން
13 އޮކްޓޯބަރު 2024

ނާގަލްސްމަން ޤަބޫލު ކުރާ ގޮތުގައި ޖަރުމަނަށް ފަރަގު ބޮޑުކޮށް މޮޅު ވެވޭނެ

13 އޮކްޓޯބަރު 2024
ނާގަލްސްމަން ޤަބޫލު ކުރާ ގޮތުގައި ޖަރުމަނަށް ފަރަގު ބޮޑުކޮށް މޮޅު ވެވޭނެ
12 އޮކްޓޯބަރު 2024

ބޮސްނިއާ އަތުން މޮޅުވެ ޖަރުމަނު އެއް ވަނައިގައި

12 އޮކްޓޯބަރު 2024
ބޮސްނިއާ އަތުން މޮޅުވެ ޖަރުމަނު އެއް ވަނައިގައި
08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު