Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްވެރިންގެ ކަންބޮޑުވުންތައް

މަސްވެރިން އެދުނީ ވަޒީރާއި ބައްދަލުކުރަން، ބައްދަލުވީ ފުލުހުންގެ ސަފުތަކާއި!

މަސްވެރިން މިހާރު ކުރަމުންދާ މުޒާހަރާއަކީ އިދިކޮޅު ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތެއް ކަމަށް މި ސަރުކާރުގެ އިސް މީހުން ވަނީ ސިފަކޮށްފަ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 ޖޫން 2024 | އާދީއްތަ 14:30
އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ބައެއް މަންޒަރުތައް

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ބައެއް މަންޒަރުތައް

އެއްކޮޅުން މަސްވެރިން މުޒާހަރާކޮށް ހަނާވަނީއެވެ. މަހަށް ނުކުތުން ދޫކޮށް، މަސްކަނޑުތައް ދޫކޮށް ކުރި މަސައްކަތުގެ އުޖޫރަ ހޯދަން މަސްވެރިން އެތިބީ މުޒާހަރާ އަށް ނުކުމެއެވެ. މަސްވެރިން އެދަނީ މަސްވެރިންގެ މަސައްކަތުގެ ފައިސާ ދިނުމަށް އެދި އާދޭސްކުރަމުންނެވެ.

މަސްވެރިން ހުކުރު ދުވަހުން ފެށިގެން އައްޑޫގައި މެދު ނުކެނޑި މުޒާހަރާކުރަމުންދާއިރު މި އަޑު ސަރުކާރުގެ ކަންފަތާއި ހިސާބަށް ފޯރާހެން ހިއެއް ނުވެއެވެ. މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން އެކަށީގެންވާ ޖަވާބެއް ނުލިބޭކަމުގައިވާނަމަ މި އަޑުތައް މަޑުކޮށް ނުލާނެ ކަމަށް މަސްވެރިން ބުނަމުން ދިޔަ ނަމަވެސް މަސްވެރިންގެ ވަގުތާއި ހަކަތައިގެ އަގެއް ސަރުކާރަކަށް ނެތެވެ. މަސްވެރިން މިވަގުތު ސަރުކާރަށް ކުރަމުންދާ މައިގަނޑު ޑިމާންޑަކީ ފިޝަރީޒް މިނިސްޓަރު ވަޑައިގެން މަސްވެރިންނާ ބައްދަލު ކުރެއްވުމާއި، އެންމެ ކުޑަމިނުން 15 ދުވަސް ތެރޭގައި ފައިސާ ދޭނެކަމުގެ ޔަޤީންކަމެއް ދެއްވުމެވެ. މަސްވެރިންގެ އެންމެ ބޮޑު ޝަކުވާ އަކީ މަސްވެރިންނަށް ފައިސާ ނުދޭތާ 2 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ފައިސާ ދޭނެ ކަމުގެ ޔަޤީންކަމާއި ދޭނެ ދުވަހެއްވެސް ސަރުކާރަށް ބުނެދޭން ނުކުޅެދިފައި ވުމެވެ. މަސްވެރިން ބޭނުމީ 2 މަހާއި 17 ދުވަސްވީއިރު ދޭން ހުރި ލާރި ދޭނެ ދުވަހަކާއި ދޭނެ ކަމުގެ ޔަޤީންކަމެއް ލިބުމެވެ. އެކަމުގެ ސާފު ޖަވާބެއްގެ އިންތިޒާރުގައި ތިބި މަސްވެރިން ކަރު އެލުވާލީ މި ސަރުކާރު ގެނައުމަށް އިސްކޮށް އުޅުނު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މަސްވެރިންގެ މުޒާހަރާ އަކީ ސިޔާސީ ކަމެއްގެ ގޮތުގައި ސިފަކުރެއްވުމެވެ.

މަސްވެރިން މިހާރު ކުރަމުންދާ މުޒާހަރާއަކީ އިދިކޮޅު ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތެއް ކަމަށް ޝުޖާއުއަށް ސިފަކުރެވުނެވެ. އެ ވާހަކަތައް މީސްމީޑިއާ އަށް ޝުޖާއު ބަންޑުންކޮށްލެއްވީ ފިނި ކޮޓަރީގައި ހުންނަވައިގެން ކަަމަށް ވެދާނެއެވެ. އެހެންނަމަވެސް ހުކުރު ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން އެދަނީ ގަދަ ހޫނާއި ރޭގަނޑުގެ ވަގުތުތަކުގައި ވެސް މުޒާހަރާކުރަމުންނެވެ. އެއީ ސިޔާސީ ކަމެކޭ ބުނެ ފަރުޖައްސާލާ އިރު މި މަސްވެރިންގެ ހައްގާއި މެދު ކުޑަކޮށް ވެސް މި މަނިކުފާނަށް ވިސްނާލެވުނުހެން ހިއެއް ނުވެއެވެ.

މަސްވެރިން އެދުނީ ވަޒީރާއި ބައްދަލުކުރާށެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް މަސްވެރިން ޝަކުވާ އަޑު އެހުމަކީ މަސްވެރިން އެދުނު އެދުމެވެ. އެހެންނަމަވެސް މަސްވެރިންނާއި ބައްދަލުވީ ފުލުހުންގެ ސަފުތަކާއެވެ. ފުރަތަމަ ގިޔަރުގައި ތިބި ފުލުހުން މަސްވެރިންނާއި ބައްދަލުވުން ވީ މާޔޫސްވެފައި ތިބި މަސްވެރިންގެ ރިއްސާ ކަނދުރާގައި ޖެހި ތަފާއްޔަކަށެވެ. ގަދަ އަޑުން މަސްވެރިން އިއްވަމުން ދިޔައީ މަސްވެރިންގެ ހައްގު ކޮބާތޯ ކުރި ސުވާލުތަކެވެ. ސުލްހަވެރިކަމާއި އެކު މުޒާހަރާކުރަމުން ދިޔަ މަސްވެރިންގެ އަރިހަށް ސަރުކާރު މީހަކު ކީއްކުރަންތޯ، އެކްޓިވިސްޓަކު ވެސް ފޮނުވާލާކަށް ކެރިވަޑައެއް ނުގަތެވެ. އެހެންވީމަ ސިޔާސީ މުޒާހަރާތައް ރޫޅާ ބީދައިން ފުރަތަމަ ގިޔަރުގައި ފުލުހުން ފޮނުއްވައިގެން މުޒާހަރާ ތިޔަ ރޫޅާލެއްވީތާއެވެ.

އެކަމަކު މިއީ ލައްކަ ލަދުވެތި މަންޒަރެކެވެ. މަސްވެރިންގެ އަގު ދަށްކޮށްލުމެވެ. މަސްވެރިންނަށް ދިން ނިކަމެތިކަމެކެވެ. އެހެން ނޫން ނަމަ ކުޑަ މިނުން މަސްވެރިންގެ އަޑު އަހަން ސަރުކާރުން ބޭފުޅަކު ވަޑައިގަންނަވާނެކަން ގައިމެވެ. މިއަށް ވުރެ ބޮޑަށް މަސްވެރިން ހިތްދަތިކޮށްލެވޭނެތޯއެވެ؟ އަނެއްކާވެސް މަސްވެރިންގެ ގާތަށް ވަޑައިގަންނަވާނީ އިންތިޚާބެއް އައީމަތޯއެވެ؟

އައްޑޫ މަސްވެރިން ކުރަމުންދާ މުޒާހަރާމަސްވެރިން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2024

މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

10 ޑިސެމްބަރު 2024
މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި
10 ޑިސެމްބަރު 2024

ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ

10 ޑިސެމްބަރު 2024
ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ
09 ޑިސެމްބަރު 2024

ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް

09 ޑިސެމްބަރު 2024
ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް
07 ޑިސެމްބަރު 2024

"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"

07 ޑިސެމްބަރު 2024
"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"
05 ޑިސެމްބަރު 2024

ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ

05 ޑިސެމްބަރު 2024
ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު