Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

ހިޒްބުﷲ ގެ ރޮކެޓް ހަމަލާއެއް އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ދީފި

ހިޒްބުﷲ އިން ބުނީ މި ހަމަލާ އަކީ ފަލަސްތީނުގެ ގާޒާ ރައްޔިތުންނަށް ތާއީދުކޮށް ހިތްވަރު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް. އަދި ލުބުނާނުގައި ޓާގެޓް ކޮށްގެން މީހުން މެރުމަށް އިޒްރޭލުން ހިންގާ އޮޕަރޭޝަނާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށްވެސް ބުނެފައިވޭ.

ރާއްޖެ އެމްވީ | 23 ޖޫން 2024 | އާދީއްތަ 12:22
ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ ޖަރްޖޫއާ ކައިރީގައި އޮންނަ ހިލްޓޮޕް އަވަށެއް ކަމަށްވާ އިމްލީތާގައި ހުންނަ ހިޒްބުالله މެމޯރިއަލް ލޭންޑްމާކްގައި އިން އަސްކަރީ ޑްރޯނެއް

ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ ޖަރްޖޫއާ ކައިރީގައި އޮންނަ ހިލްޓޮޕް އަވަށެއް ކަމަށްވާ އިމްލީތާގައި ހުންނަ ހިޒްބުالله މެމޯރިއަލް ލޭންޑްމާކްގައި އިން އަސްކަރީ ޑްރޯނެއް

ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ރޮކެޓް ހަމަލާއެއް ދީފިއެވެ.

ހިޒްބުﷲ އިން މިހަމަލާ އާ ބެހޭ ބަޔާނެއް އާދިއްތަ ދުވަހު ވަނީ ނެރެފައެވެ. އެ ބަޔާނުގައި ޑްރޯން ބޭނުންކޮށްގެން އެ ޖަމާއަތުގެ ހަނގުރާމަވެރިން ބައިތު ހިއްލެލް ގައި ހުންނަ އިޒްރޭލުގެ ސާހެލް ބްރިގޭޑްގެ ކޮމާންޑް ހެޑްކުއަރޓަރަށް ހަމަލާ ދިން ކަމަށް ބުނެފައިވެއެވެ.

މި ހަމަލާގައި އިޒްރޭލު ސިފައިންގެ ބަޔަކު މަރުވެ ބައެއް މީހުން ޒަޚަމްވެފައިވާ ކަމަށް ހިޒްބުﷲ ގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް އަދަދު ތައް ހާމަ ކޮށްފައެއް ނުވެއެވެ.

ހިޒްބުﷲ އިން ބުނީ މި ހަމަލާ އަކީ ފަލަސްތީނުގެ ގާޒާ ރައްޔިތުންނަށް ތާއީދުކޮށް ހިތްވަރު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ. އަދި ލުބުނާނުގައި ޓާގެޓް ކޮށްގެން މީހުން މެރުމަށް އިޒްރޭލުން ހިންގާ އޮޕަރޭޝަނާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށްވެސް ބުނެފައިވެއެވެ.

ހޮނިހިރު ދުވަހު ލުބުނާނުގެ ޚިއާރާ ޓައުން ގައި މަގުމަތީގައި ދުއްވަމުން އައި ކާރަކަށް ޑްރޯން ބޭނުން ކޮށްގެން އިޒްރޭލުން ހަމަލާދީ އެ ކާރުގެ ޑްރައިވަރު ވަނީ މަރާލާފައެވެ. ފަހުން އެނގުނު ގޮތުގައި މަރުވި މީހަކީ ލެބަނާންގެ ސިޔާސީ ޕާޓިއެއް ކަމަށްވާ އިސްލާމިކް ގްރޫފްގެ ލީޑަރެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންހިޒްބުﷲލެބަނަން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި
24 ނޮވެމްބަރު 2025

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި
22 ނޮވެމްބަރު 2025

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ
19 ނޮވެމްބަރު 2025

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ
14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު