Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ތަފާތެއް ނެތް، ޖަރުމަނު ނިކުންނާނީ މޮޅުވާން

ފުޓުބޯޅަ ކުޅެން ޖެހެނީ މޮޅުވާން ކަމަށާއި، ސްވިޒަލެންޑާ ދެކޮޅަށް ނިކުންނާނީ ވެސް މޮޅުވާން ކަމަށް ނާގަލްސްމަން ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖޫން 2024 | އާދީއްތަ 08:09
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން

ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ނިކުންނައިރު، ޖަރުމަނުން ވިސްނާނީ ހަމައެކަނި މޮޅުވާން ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

އޭނާ މިހެން ބުނީ އާދިއްތަ ދުވަހުގެ ރޭ ޖަރުމަނުން ސްވިޒަލެންޑާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނިކުންނައިރު ވެސް، ޖަރުމަނު އޮތީ ކުޅުނު ދެ މެޗުން މޮޅުވެ ގަދަ 16 ވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފަ އެވެ.

ނާގަލްސްމަން ބުނީ، މެޗުގައި ޖަރުމަނުން ގެންގުޅޭ ޕްލޭން ބަދަލު ނުވާ ކަމަށާއި، ވިސްނުން ހުރީ ހަމައެކަނި މޮޅުވާން ކަމަށެވެ. ނާގަލްސްމަން ބުނީ ޓީމުގެ ކުޅުންތެރިން ގާތު މެޗަކުން ބަލިވާ ރާގުގައި ވާހަކަ ދެއްކުމަކީ ކުރެެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވަަކިން ޚާއްސަކޮށް، ވާދަވެރި ކުޅުމެއް ދައްކަމުން އަންނައިރު އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ފުޓުބޯޅަ ކުޅެން ޖެހެނީ މޮޅުވާން ކަމަށާއި، ސްވިޒަލެންޑާ ދެކޮޅަށް ނިކުންނާނީ ވެސް މޮޅުވާން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ނާގަލްސްމަން ބުނީ، ޖަރުމަނު އޮތް ގްރޫޕަށް ބަލާއިރު ސްވިޒަލެންޑު އަކީ އެ ގްރޫޕްގެ އެންމެ ވާދަވެރި އެއް ޓީމު ކަމަށެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، އެ މެޗަކީ ޝައުޤުވެރި މެޗަކަށް ވާނެ ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފަ އެވެ.

އަމިއްލަ ޤައުމުގައި ކުރިއަށްދާ ޔޫރޯ މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައިވާ އެއް ޓީމަކީ ވެސް ޖަރުމަނެވެ. އަނެއްކޮޅުން ޖަރުމަނަކީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން ވެސް އަންނަ ޓީމެކެވެ. ނާގަލްސްމަން އަށް ހަވާލުކޮށްފައިވާ އެންމެ ބޮޑު މަސައްކަތީ ވެސް ޖަރުމަނަށް މުބާރާތް ކާމިޔާބު ކޮށްދިނުމެވެ.

ޔޫރޯ 2024 (ޖަރުމަނު)ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުހޫލިއަން ނާގަލްސްމަން

ކޮމެންޓް

އިތުރަށް ކިޔާލަން

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް

ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް

08 ސެޕްޓެމްބަރު 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން

ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން

14 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު